މި އަހަރު ފައިޒާއަށް 50 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފި

ފައިޒާއިން ވަނީ ކޮވިޑާ ދެކޮޅަށް ހާއްސަ ވެކްސިނެއް އަދި ބޭސް ގުޅައެއް ވެސް އުފައްދާފައި. -- ފޮޓޯ: ބެންކޮކް ޕޯސްޓް

ފައިޒާއިން ވަނީ ކޮވިޑާ ދެކޮޅަށް ހާއްސަ ވެކްސިނެއް އަދި ބޭސް ގުޅައެއް ވެސް އުފައްދާފައި. -- ފޮޓޯ: ބެންކޮކް ޕޯސްޓް

ނިއު ޔޯކް، އެމެރިކާ (ފެބްރުއަރީ 9) - މި އަހަރު ކޮވިޑް ވެކްސިނާއި ބޭސް ގުޅަ ވިއްކައިގެން ފައިޒާއަށް 50 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.

ފައިޒާއިން ޖަރުމަނުވިލާތުގެ ބަޔޯއެންޓެކާ ގުޅިގެން އުފެއްދި ކޮވިޑް ވެކްސިނަށް އެންމެ ފުރަތަމަ ހުއްދަ ދިނީ އެމެރިކާގަ އެވެ. މި އަހަރަށް ލަފާކުރި އާމްދަނީއަކީ 2021 ވަނަ އަހަރަށް ވުރެ ކުޑަ ތަންކޮޅެއް ދަށް އާމްދަނީ އެކެވެ. ނަމަވެސް މި އަހަރު ލިބޭނެ ކަމަށް ބެލެވޭ އާމްދަނީގެ ބޮޑު ބަޔަކީ ކޮވިޑާ ދެކޮޅަށް އުފެއްދި ޕެކްސްލޮވިޑް ބޭހުން ލިބޭ އާމްދަނީ އެވެ.

ކުންފުނީގެ ޗީފް އެގްޒެކްޓިވް އަލްބާޓް ބޫރްލާ ވިދާޅުވީ ބަލިމަޑުކަމުގައި އަދާކުރަމުން ދިޔަ ދައުރުގެ ސަބަބުން ކުންފުނި މުޅި އުމުރަށް ބަދަލުވެފައިވާ ކަމަށެވެ.

ފައިޒާގެ ކޮވިޑް ވެކްސިނާއި ބޭހުން ލިބޭ އާމްދަނީ ބޮޑު ނަމަވެސް، އެހެން ދިމަދިމާލުން ލިބޭ އާމްދަނީ ދަށެވެ. އެގޮތުން އިންޓާނަލް މެޑިސިން އާއި އިންފްލެމޭޝަން އާއި އިމިއުނޮލޮޖީ ދާއިރާގެ އާމްދަނީ 2021 ވަނަ އަހަރު ވެއްޓުނެވެ.

ފައިޒާއަށް 2021 ވަނަ އަހަރު ލިބުނު ޖުމްލަ ފައިދާއަކީ 22 ބިލިއަން ޑޮލަރެވެ. އެއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރެވެ. އެ އަހަރު ލިބުނު އާމްދަނީއަކީ 81.3 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 36.8 ބިލިއަން ޑޮލަރު ލިބުނީ ކޮވިޑް ވެކްސިނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox