ރާއްޖޭގައި ފުރަތަމަ ފަަހަރަށް ޓީ10 ކްރިކެޓް މުބާރާތެއް ބާއްވަނީ

Feb 8, 2022, 2:07 PM
ޓީ20 ކްރިކެޓް ލީގުގެ މެޗެއްގެ ތެރެއިން: ޓީ10 ކްރިކެޓް ތައާރަފް ކުރާއިރު، ފުރަތަމަ މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވާނެ ކަމަށް ބެލެވޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޓީ20 ކްރިކެޓް ލީގުގެ މެޗެއްގެ ތެރެއިން: ޓީ10 ކްރިކެޓް ތައާރަފް ކުރާއިރު، ފުރަތަމަ މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވާނެ ކަމަށް ބެލެވޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީ10 ކްރިކެޓް މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނެފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ފޯރިގަދަކޮށް ބާއްވަމުން އަންނަ ޓީ10 ކްރިކެޓް، ރާއްޖެ އަށް ތައާރަފްކޮށް، ކުރިއަށްގެންދާ ފުރަތަމަ މުބާރާތް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މި މުބާރާތުގައި ޓީމުތަކުން ބައިވެރިވުމުގެ މުއްދަތް މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.

ކްރިކެޓް ބޯޑްގެ ނައިބް ރައީސް އަހުމަދު ހުސެއިން (ކުޑަދޮނާ)، މިއަދު "އަދަދު" އަށް ވިދާޅުވީ ޓީ10 ކްރިކެޓް ރާއްޖޭގައި ވެސް ފަށައި، މުބާރާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅުންތެރިން ކުޅެން ވާދަވެރި އިތުރު މުބާރާތެއް ހޯދައިދިނުމާއި ކްރިކެޓްގެ ދުނިޔޭގައި ކުރިއަރަމުން އަންނަ ޓީ10 ކްރިކެޓް ރާއްޖޭގައި ވެސް ފޯރީގައި ކުރިއަށް ދިއުމުގެ ބޭނުމުގައި ކަމަށެވެ.

"10 އޯވަރު ވީމަ ވަރަށް އިންޓެންސްކޮށް މިދާނީ. ލަނޑު ހެދުމުގައި ވެސް އަނެއްކާ ފޯރި ވެސް ގަދަކޮށް ދާނީ. ދެ ގަޑިއިރެއްހާއިރު ތެރެއަށް މެޗެއް މި ދަނީ. ވަރަށް ރަނގަޅަށް މި ކަހަލަ މުބާރާތްތައް އެހެން ގައުމުތަކުގައި ވެސް ބާއްވަމުން އަންނާތީވެ، ވިސްނުން އައީ ރާއްޖޭގައި ވެސް މި ފަދަ މުބާރާތެއް ކުރިއަށް ގެންދަން،" ކުޑަދޮނާ ވިދާޅުވި އެވެ.

ކްރިކެޓް ބޯޑުން މައުލޫމާތު ދޭ ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް ޓީމު ފުރަތަަމަ ޓީ10 ކްރިކެޓް މުބާރާތުގައި ވާދަކުރާނެ އެވެ.

ދާދި ފަހުން ކްރިކެޓް ބޯޑުން ވަނީ ރާއްޖޭގެ ޓީ20 ކްރިކެޓް ލީގު ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ.

ކްރިކެޓް ބޯޑްގެ ރައީސްކަމާ މުހައްމަދު ފައިސަލް އިންތިހާބުވެ، ރާއްޖޭގެ ކްރިކެޓް ރަނގަޅު ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ތަފާތު ކަންތައްތަކެއް އަންނަނީ ތައާރަފް ކުރަމުންނެވެ. އެ ގޮތުން ކްރިކެޓްގެ މައުލޫމާތާއި މެޗުތަކުގެ ނަތީޖާ ވަގުތުން ބަލައިލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މޯލްޑިވްސް ކްރިކެޓް އެޕް އެއް ލޯންޗް ކުރުމުގެ އިތުރުން، 2030 އަށް އަމާޒުކޮށް ދުރުރާސްތާ ޕްލޭނެއް ވަނީ އެކުލަވާލައިފަ އެވެ.

މީގެ އިތުރުން ރާއްޖެ އަށް އިންޑޯ ކްރިކެޓް ތައާރަފް ކުރުމުގެ އިތުރުން ގައުމީ ކްރިކެޓް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދައްކާ ޕާފޯމަންސަށް ބަލައި، ބޯނަސް ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox