ހަތަރު މިނެޓު ތެރޭ ނަތީޖާ ލިބޭ، ޔަގީންކަން ބޮޑު ކޮވިޑް ޓެސްޓެއް ޗައިނާއިން އުފައްދައިފި

ކޮވިޑްގެ ޓެސްޓް ކިޓުތަކަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައި. -- ފޮޓޯ: އޭއެފްޕީ

ކޮވިޑްގެ ޓެސްޓް ކިޓުތަކަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައި. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ފެބްރުއަރީ 8) - ޕީސީއާރް ލެބް ޓެސްޓާ އެއް ވަރަށް ޔަގީންކަން ބޮޑު، ނަމަވެސް ހަތަރު މިނެޓުގެ ތެރޭގައި ނަތީޖާ ލިބޭ މުޅިން އާ ކޮވިޑް ޓެސްޓެއް ޗައިނާގެ ސައިންސްވެރިން އުފައްދައިފި އެވެ.

ކޮވިޑާ ދެކޮޅަށް އެންމެ ޔަގީންކަން ބޮޑު ނަތީޖާއެއް ލިބެނީ ޕީސީއާރް ޓެސްޓުން ކަމަށް އޮންނަނީ ބެލެވިފަ އެވެ. ނަމަވެސް އޭގެ ނަތީޖާ ލިބެން ގަޑިއިރުތަކެއް ނަގަ އެވެ.

ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން ކޮވިޑަށް ޓެސްޓު ކުރަން ޑިމާންޑް ބޮޑުވާން ފެށުމާ އެކު ބައެއް ގައުމުތަކަށް ވަނީ ބެކްލޮގް މައްސަލަ ދިމާވެފަ އެވެ.

Advertisement

ޝަންހާއީގެ ފުޑަން ޔުނިވާސިޓީގެ ސައިންސްވެރިން ބުނީ އެކަމަށް ހައްލެއް ލިބިފައިވާ ކަމަށެވެ.

ނޭޗާ ބަޔޯމެޑިކަން އިންޖިނިއަރިން ޖާނަލްގައި ޝާއިއު ކުރި ދިރާސާގައިވާ ގޮތުން އަލަށް އުފެއްދި ސެންސާއެއްގެ އެހީގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބެ އެވެ.

ސެންސާއަށް ފޯރުކޮށްދޭ ސާމްޕަލްތަކުގެ ޖެނެޓިކް މެޓީރިއަލް އެނެލައިޒް ކުރަން ބޭނުން ކުރަނީ މައިކްރޯއިލެކްޓްރޯނިކްސް އެވެ. އެ ޓެކްނޮލޮޖީގެ އެހީގައި ހަތަރު މިނެޓުން ނަތީޖާ ލިބެ އެވެ.

ޓެކްނޮލޮޖީ ޓެސްޓް ކުރީ ޝަންހާއީއިން ކޮވިޑް ޖެހިފައިވާ 33 މީހުންގެ ސާމްޕަލް ނަގައިގެންނެވެ. އެ 33 މީހުންގެ ސާމްޕަލްގެ ޕީސީއާރް ޓެސްޓު ވެސް ހެދި އެވެ. ދިރާސާގައިވާ ގޮތުން އާ ޓެކްނޮލޮޖީގެ ނަތީޖާ އާއި ޕީސީއާރް ޓެސްޓުގެ ނަތީޖާ "ވަރަށް ފުރިހަމައަށް" އެއް ގޮތެވެ.

އެހެންވެ، އިތުރު 54 ސާމްޕަލެއް އެގޮތަށް ޓެސްޓު ކުރި އެވެ. އެއީ ކޮވިޑް ނުޖެހި ހުން އައިސްފައި ތިބި މީހުންނާއި، އިންފްލުއެންޒާ ޖެހިފައި ތިބި މީހުންނާއި، ކޮވިޑް ޖެހިފައި ތިބި މީހުން އަދި ސިއްހަތު ރަނގަޅަށް ތިބި މީހުންގެ ސާމްޕަލްތަކެވެ. އެ ސާމްޕަލްތަކުގެ ނަތީޖާއިން އެއްވެސް "ފޯލްސް ޕޮޒިޓިވް"އެއް ނުފެނެ އެވެ.

އެ ޓެކްނޮލޮޖީ އުފެއްދި ސައިންސްވެރިން ބުނީ އެކަމަށް ހާއްސަ ޑިވައިސް ފުރިހަމަކޮށް، ނެރެން ފެށުމާ އެކު ފަސޭހަކަމާ އެކު އަވަހަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. އެގޮތުން މިއީ އެއާޕޯޓްތަކާއި، ހެލްތު ފެސިލިޓީތަކަށް ބޭނުންހުރި ޓެކްނޮލޮޖީއަކަށް ވާނެ ކަމަށް ފާހަގަކުރެ އެވެ.

ސީޕީއާރް ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުމުގެ އިތުރުން، އެކަމަށް ލެބޯޓަރީ އިންފްރާސްޓްރަކްޗާ ވެސް ބޭނުންވެ އެވެ. ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓު ފަސޭހައިން ލިބެން ހުރި ނަމަވެސް، އެއީ ޕީސީއާރް އަށް ވުރެ ނަތީޖާގެ ޔަގީންކަން ކުޑަ އެއްޗެކެވެ.

ކޮވިޑް ޓެސްޓު ކިޓު އެންމެ ގިނައިން އުފައްދާ އެއް ގައުމަކީ ޗައިނާ އެވެ. ކަސްޓަމްސްގެ ޑޭޓާ ދައްކާ ގޮތުން ޑިސެމްބަރު މަހު ޗައިނާއިން 1.6 ބިލިއަން ޑޮލަރުގެ ކިޓް އެކްސްޕޯޓް ކުރި އެވެ. އެއީ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 144 ޕަސެންޓު އިތުރުވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox