އިންޑިއާގައި ދިން ހަމަލާއަކާ ގުޅޭ 49 މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ

މީގެ 14 އަހަރު ކުރިން ދިން ހަމަލާގައި 58 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި. -- ފޮޓޯ: އޭއެފްޕީ

މީގެ 14 އަހަރު ކުރިން ދިން ހަމަލާގައި 58 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި. -- ފޮޓޯ: އޭއެފްޕީ

އަހްމަދުއާބާދް، އިންޑިއާ (ފެބްރުއަރީ 8) - އިންޑިއާގެ ހުޅަނގު އަހްމަދުއާބާދް ސިޓީގައި 2008 ވަނަ އަހަރު ދިން ހަމަލާއެއްގައި ބައިވެރިވި 49 މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.

ރާވައިގެން ދިން ހަމަލާގައި އަހްމަދުއާބާދުގެ މާކެޓުތަކާއި، ބަސްތަކާއި، އާއްމުން އެއްވާ އެހެން ތަންތަނުގައި ބޮން ގޮއްވި އެވެ. އޭގެ ސަބަބުން 56 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެކަމުގެ ޒިންމާ ނެގީ އިންޑިއަން މުޖާހިދީން ނަމަކަށް ކިޔާ ގްރޫޕަކުންނެވެ. އެ ގްރޫޕުން ބުނީ ހަމަލާއަކީ 2002 ވަނަ އަހަރު އަހްމަދުއާބާދުގައި ހިނގި ދީނީ ހަމަނުޖެހުމެއްގެ ބަދަލު ހިފުން ކަމަށެވެ.

ޕްރޮސެކިއުޓަރު އަމިތް ޕަޓޭލް އަހްމަދުއާބާދް ކޯޓުގެ ބޭރުގައި ނޫސްވެރިންނަށް ވިދާޅުވީ 80 ވަރަކަށް މީހުންނަށް ދައުވާ ކުރި ނަމަވެސް 28 މީހުން ސަލާމަތްވެފައިވާ ކަމަށެވެ.

ބާކީ ތިބި 49 މީހުންގެ މައްޗަށް ސާބިތުވީ މީހުން މެރުމާއި، ޖިނާއީ ކުށް ހިންގުމަށް ބައިވެރިވި ކަމަށެވެ. އެ މީހުންނަށް ހުކުމް ކުރުން އޮންނާނީ ބުދަ ދުވަހު އެވެ.

ގާތްގަނޑަކަށް 10 އަހަރަށް ދިގުދެމިގެން ދިޔަ ޝަރީއަތުގައި 1،000 އަށް ވުރެ ގިނަ މީހުން ހެކިބަސް ދީފައިވެ އެވެ.

އިޖުރިއާރީ މައްސަލަތަކާ ހެދި މައްސަލަ ހުއްޓިފައި ވެސް އެތައް ދުވަހެއް އޮތެވެ. އޭގެ ތެރޭގައި ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ އިއުތިރާފުގެ ބަޔާން އަނބުރާ ގެންދަން ފެށި ގާނޫނީ މައްސަލައެއް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ތުހުމަތު ކުރެވޭ މީހުންގެ ދެބައިކޮށްފައި އެއްބައި މީހުން 2013 ވަނަ އަހަރު ޖަލުން ފިލަން އުޅުނު މައްސަލަ ވެސް ޖެހުނެވެ. އެ މީހުން މަސައްކަތް ކުރީ ބިމު އަޑިން ޓަނަލެއް ކޮނެ، ޖަލުން ނުކުންނާށެވެ.

ހުރިހާ އެންމެން ވެސް ޝަރީއަތުގެ މުއްދަތުގައި ތިބީ ޖަލުގައި ބަންދުކޮށްފަ އެވެ. ނަމަވެސް ސްކިޒޮފްރީނިއާ ޖެހުނު އެކަކު ސިއްހީ ސަބަބުތަކަށްޓަކައި ކަފާލާތުގެ ދަށުން ދޫކޮށްލި އެވެ.

އަހްމަދުއާބާދްގައި 2002 ވަނަ އަހަރު ދީނީ ހަމަނުޖެހުން ހިނގީ މުސްލިމުންނާއި ހިންދޫންނާ ދެމެދު އެވެ. އޭރު ހާހަކަށް ވުރެ ގިނަ މީހުން މަރުވި އިރު، ގިނައިން ހިމެނެނީ މުސްލިމުންނެވެ.

ހަމަނުޖެހުން ފެށީ ރޭލެއްގައި ރޯވެ ހިންދޫންގެ 59 މީހުން މަރުވުމުންނެވެ. އޭރު ތުހުމަތު ކުރި ގޮތުގައި މުސްލިމުން ގަސްތުގައި ރޯކުރީ އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި ރޯވީ އެކްސިޑެންޓަކުންނެވެ.

ބޮޑު ހަމަނުޖެހުމުގައި ހިންދޫން މުސްލިމުންނަށް އަނިޔާކޮށް، ބަޑި ޖަހައި، ހުޅު ޖަހައި، ބޯބުރިކޮށް މަރަމުން ދިޔަ އިރު، އަހްމަދުއާބާދް ނިސްބަތްވާ ގުޖަރާތު ސްޓޭޓުގެ ޗީފް މިނިސްޓަރަކީ މިހާރު ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.

ހިންދޫން ހިންގި ލާއިންސާނީ އަމަލުތަކަށް މޯދީ ދޫދީގެން ހުންނެވި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެކަމުން އުފަންވި އިންޑިއަން މުޖާހިދީން ގްރޫޕުން 2008 ވަނަ އަހަރު މުޅި އިންޑިއާގައި ގިނަ ހަމަލާތަކެއް ދިނެވެ.

އެގޮތުން ވެރިރަށް ނިއު ދިއްލީ އާއި އުތުރުގައި އޮންނަ ޓޫރިސްޓުންގެ މެދުގައި މަގްބޫލު ޖައިޕޫރަށް ދިން ހަމަލާތަކުގައި ވެސް ބަޔަކު މަރުވި އެވެ.

އެ އަހަރުގެ ނޮވެމްބަރު މަހު، މުމްބާއީގައި ހަތިޔާރު ހިފައިގެން ނުކުތް ބަޔަކު ހޮޓެލްތަކާއި އެހެން މުހިއްމު ޓާގެޓްތަކަށް ވެސް ހަމަލާދީ 166 މީހުން މަރާލި އެވެ. ނަމަވެސް އިންޑިއާއިން އެ ހަމަލާގެ ތުހުމަތު ކުރަނީ ޕާކިސްތާނުގެ ހަނގުރާމަވެރިންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox