ޑުބާއީގައި ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފަށަނީ

އެއް ފަހަރު ބޭނުންކޮށްފައިވާ އެއްލާލާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމަކީ ޑުބާއީގައި ވަރަށް އާއްމު ކަމެއް.

އެއް ފަހަރު ބޭނުންކޮށްފައިވާ އެއްލާލާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމަކީ ޑުބާއީގައި ވަރަށް އާއްމު ކަމެއް.

ޑުބާއީ، ޔޫއޭއީ (ފެބްރުއަރީ 8) - ދެމެހެއްޓެނިވި ތަރައްގީއާ ދިމާލަށް މިސްރާބު ޖެހުމަށް ޑުބާއީގައި ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފަށަން ނިންމައިފި އެވެ.

ޑުބާއީގައި ހޯމް ޑެލިވެރީ އާއި ސުޕާމާކެޓްތަކާއި ބޮޑެތި ފިހާރަތަކުގައި ވެސް އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ބާވަތުގެ ޕްލާސްޓިކް ކޮތަޅު ވަރަށް އާއްމެވެ.

"ތިމާވެށީގެ ދެމެހެއްޓެނިވި ސިޔާސަތަކާ އެއްގޮތަށް، ޕްލާސްޓިކްގެ ބާވަތްތައް އާއްމު ދިރިއުޅުމުގައި ބޭނުން ކުރުން މަދު ކުރަން ބާރު އެޅުމުގެ ގޮތުން، ޑުބާއީގެ އެގްޒެކްޓިވް ކައުންސިލުން ނިންމީ ކޮންމެ ކޮތަޅަކުން 0.07 ޑޮލަރުގެ އަގެއް ނަގަން،" ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

އަންނަ ޖުލައި މަހުން ފެށިގެން އެ ނިންމުމަށް އަމަލު ކުރަން ފަށާނެ އެވެ. އެއާ އެކު ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ބޭސް ފިހާރަ އަދި ހޯމް ޑެލިވެރީއަށް ވެސް ބޭނުންކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް އާއްމުން ފައިސާ ދައްކަން ޖެހޭނެ އެވެ.

ޑުބާއީގެ އިދާރާތަކުން ބުނީ މިއީ ދެ އަހަރުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު މަނާކުރަން ރާވާފައިވާ ސިޔާސަތެއްގެ ދަށުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އިތުރު މަރުހަލާތަކަށް ބަހާލައިގެން އާ ފިޔަވަޅުތައް ވެސް ކުރިއަށް އޮތް ތަނުގައި އަޅަމުން ދާނެ އެވެ.

އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކާ 2021 ވަނަ އަހަރުގެ ކުރިން އެއްކޮށް ދުރުވުމަށް ހާއްސަ ތިމާވެށީގެ ސިޔާސަތެއް އިއުލާނު ކުރީ މާޗް 2020 ވަނަ އަހަރު އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވެރިރަށް އަބޫ ދާބީގައި އަދި އެއްވެސް ގަވާއިދެއް ތަންފީޒެއް ނުކުރެ އެވެ.

ޕްލާސްޓިކް ކޮތަޅާ ދެކޮޅު ގަވާއިދުތައް ޑުބާއީގައި ތަންފީޒު ކުރަން ފަށާފައިވާ އިރު މޫސުމީ ބަދަލާ ގުޅޭ ކޮޕް28 ބައްދަލުވުން 2023 ވަނަ އަހަރު އޮންނާނީ ޔޫއޭއީގަ އެވެ. ޔޫއޭއީގެ އަމާޒަކީ 2050 ވަނަ އަހަރުގެ ކުރިން ކާބަން ނިޔުޓްރަލްވުމެވެ.

ނަމަވެސް މެދުއިރުމަތީގެ އެހެން ގައުމުތައް ފަދައިން ޔޫއޭއީގެ އިގްތިސާދު ވެސް ބަރޯސާވެފައި އޮތީ ތެލުގެ ވިޔަފާރިއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox