ރަފެލްސް މޯލްޑިވްސް މަރަދޫ ރިސޯޓް ކައިރި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އަނދައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލީ އެ ރިސޯޓާ އެންމެ ކައިރީގައި އޮންނަ ގދ. ތިނަދޫގައި ހުންނަ އެމްއެންޑީއެފްގެ ފަޔަ ސްޓޭޝަންގެ ސިފައިންނެވެ.
މިރޭ 9:23 ހާއިރު އަލިފާންގަނޑު ނިއްވާލެވުނުއިރު ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
ރަފެލްސް މޯލްޑިވްސް މަރަދޫ ރިސޯޓް ކައިރި އޮތް މި ލޯންޗުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.













