މައިބަދަ ބިނދި ޕެރެލައިޒްވެފައި ހުރި މީހަކު އިމްޕްލާންޓެއްގެ އެހީގައި ހިނގައިފި

މައިކަލް ރޮކަޓީއަށް އަނިޔާވީ އެކްސިޑެންޓެއްގައި. -- ފޮޓޯ: ޗެސްޓާ ސްޓެންޑާޑް

މައިކަލް ރޮކަޓީއަށް އަނިޔާވީ އެކްސިޑެންޓެއްގައި. -- ފޮޓޯ: ޗެސްޓާ ސްޓެންޑާޑް

މައިބަދަ ބިނދި، ޕެރެލައިޒްވެފައި ހުރި މީހަކު، ސްވިޓްޒަލޭންޑްގެ ސައިންސްވެރިން އުފެއްދި އިމްޕާންޓެއްގެ އެހީގައި، އަލުން ހިނގައިފި އެވެ.

މައިބަނދަ އެއްކޮށް ބިނދިފައި ހުރި މީހަކު މީގެ ކުރިން މިގޮތަށް ހިނގާފައެއް ނުވެ އެވެ. ސްވިޓްޒަލޭންޑްގެ ސައިންސްވެރިންގެ އެ ޓެކްނޮލޮޖީ ފައިދާ އެހެން ބައެއް މީހުންނަށް ވެސް ދަނީ ކުރަމުންނެވެ.

އެގޮތުން ވާގިގޮސްފައި ހުރި ޕޭޝަންޓަކަށް ވަނީ ދަރިއަކު ލިބިފަ އެވެ. އެ ޓެކްނޮލޮޖީއާ ގުޅިގެން ހޯދަމުންދާ ކުރިއެރުމާ ބެހޭ ދިރާސާ ޝާއިއުކުރީ ނޭޗާ މެޑިސިން ޖާނަލްގަ އެވެ.

Advertisement

އިޓަލީގެ މައިކަލް ރޮކާޓީ ޕެރެލައިޒްވީ މީގެ ފަސް އަހަރު ކުރިން ހިނގި ސައިކަލް އެކްސިޑެންޓެއްގަ އެވެ. އޭނާގެ މައިބަދަ އެއްކޮށް ބިނދި، ފައިގެ އިހުސާސްތައް ކެނޑުނެވެ.

ނަމަވެސް ސާޖަރީއެއްކޮށް އޭނާގެ މައިބަދައިގައި ހަރު ކުރި އިލެކްޓްރިކަލް އިމްޕްލާންޓެއްގެ އެހީގައި މިހާރު އޭނާއަށް ހިނގެ އެވެ. ނަމަވެސް މިއީ މައިބަދައަށް ލިބޭ އަނިޔާއަށް ފަރުވާއެއް ނޫން ކަމަށް ސައިންސްވެރިން ބުނެ އެވެ.

މި ޓެކްނޮލޮޖީއަކީ އުނދަގޫ ޓެކްނޮލޮޖީއަކަށް ވާތީ އާއްމު ދިރިއުޅުމުގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ. ނަމަވެސް މިއީ ކުރިއެރުމެއްގެ ގޮތުގައި އެ މީހުން ފާހަގަކުރެ އެވެ.

މައިބަދައިގައި ހުންނަ ނާރުގެ އެހީގައި ސިކުނޑިން ފަޔަށް ސިގްނަލްތައް ފޮނުވަ އެވެ. ނަމަވެސް އަނިޔާވެ، ނާރުތަކަށް ގެއްލުންވުމުން ބައެއް މީހން ޕެރެލައިޒްވެ އެވެ.

މައިކަލްގެ މައިބަދަ އެއްކޮށް ބިނދުމުން އޭނާ ވެސް ހުރީ އެއްކޮށް ޕެރެލައިޒްވެފަ އެވެ. ނަމަވެސް އިމްޕްލާންޓްގެ އެހީގައި ސިކުނޑިން އޭނާގެ ފަޔަށް ސީދާ ސިގްނަލް ފޮނުވައިދެ އެވެ. އެހެންކަމުން އިމްޕްލާންޓް އޮންކޮށްފައި ހުންނަ ވަގުތުތަކުގައި އޭނާއަށް ހިނގެ އެވެ.

މިހާތަނަށް ނުވަ މީހެއްގެ މައިބަދައިގައި އިމްޕްލާންޓް ހަރުކޮށްފައިވާ އިރު އެ އެންމެންނަށް ވެސް ހިނގެ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު އާއްމު ދިރިއުޅުމުގައި މި ޓެކްނޮލޮޖީ ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އިމްޕްލާންޓް ބޭނުން ކުރަނީ ހިނގަން ފަރިތަކޮށް، މަސްތަކާއި ސިއްހަތު ރަނގަޅު ކުރުމަށެވެ.

މި ޓެކްނޮލޮޖީ އުފެއްދުމުގައި އިސްކޮށް އުޅުނު ޕްރޮފެސަރު ގްރެގޮޔާ ކޫޓީނޭ ވިދާޅުވީ ޕެރެލައިޒްވެފައިވާ މީހުންގެ އާއްމު ދިރިއުޅުމުގައި އިމްޕްލާންޓް ބޭނުން ކުރުމާ ހަމައަށް ދެވޭނީ އަދި ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox