ރަޔަން: ވަޅުގައި ތާށިވި ކުއްޖާގެ ޖަނާޒާއަށް މޮރޮކޯއިން ތައްޔާރުވަނީ

ރަޔަން ވަޅުން ނެގުމަށް ފަހު އެމްބިއުލޭންސަށް އަރުވަނީ. -- ފޮޓޯ: އޭއެފްޕީ

ރަޔަން ވަޅުން ނެގުމަށް ފަހު އެމްބިއުލޭންސަށް އަރުވަނީ. -- ފޮޓޯ: އޭއެފްޕީ

އިގްރާނޭ، މޮރޮކޯ (ފެބްރުއަރީ 7) - ހަތަރު ދުވަސް ވަންދެން ވަޅެއްގައި ތާށިވެފައި ހުރި މޮރޮކޯގެ ފަސް އަހަރުގެ ފިރިހެން ކުއްޖާގެ ޖަނާޒާގެ ކަންކަން ހޯމަ ދުވަހު ނިންމަން އެ ގައުމުން ތައްޔާރުވެއްޖެ އެވެ.

ސަތޭކާ ފޫޓު ފުން ވަޅުގަނޑަކަށް ރަޔަން ވެއްޓުނީ އޭނާގެ ބައްޕަ އެ ވަޅު މަރާމާތު ކުރަން އުޅެނިކޮށެވެ. ރަޔަން ސަލާމަތް ކުރުމުގެ މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ބިންގަނޑު ކަނޑައިގެން ގޮސް، ވަޅުގެ ތެރެއަށް ފަސް އެޅުމުގެ ބިރެވެ.

ބުރަ މަސައްކަތަކަށް ފަހު ރެސްކިއު ޓީމުން ވަޅުގެ ތެރެއިން ރަޔަން ނެގީ ހޮނިހިރު ދުވަހުގެ ރެއެވެ. އޭރު ރަޔަންގެ ހާލަތާ ގުޅޭ ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. އެހެންވެ، އެ ސަރަހައްދަށް ޖަމާވި މީހުން ދިޔައީ އުފާ ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ވެސް ސޭވް ރަޔަން ހޭޝްޓެގް ބޭނުންކޮށްގެން މީހުން ދިޔައީ އުފާ ކުރަމުންނެވެ. އެހެންވެ، އޭގެ އިރުކޮޅެއް ފަހުން ރަޔަން މަރުވެފައިވާކަން ހާމަކުރުމާ އެކު އެންމެންނަށް ލިބުނީ ފުން ހިތާމައެކެވެ.

ރަޔަންގެ ޖަނާޒާ އޮންނާނީ ހޯމަ ދުވަހު އޭނާގެ އުފަން އިގްރާނޭ އަވަށުގަ އެވެ. އެއީ އުތުރު މޮރޮކޯގެ ރިފް ފަރުބަދަ މަތީގައި އޮންނަ ފަގީރު ހިސާބެކެވެ. ރަޔަން މަރުވި ހާދިސާ ހިނގީ ވެސް އެ އަވަށުގަ އެވެ. އެ ހާދިސާއަށް ފަހު އަވަށް އޮތީ ހުއްޓުމަކަށް އައިސްފައި ކަމަށް ނޫސްތަކުން ބުނެ އެވެ.

ބުރަ މަސައްކަތަށް ފަހު ރަޔަން ސަލާމަތް ނުކުރެވުނު އިރު، މީގެ ކުރިން 2019 ވަނަ އަހަރު ވެސް މިފަދަ ގޮތަކަށް ސްޕެއިންގައި އުމުރުން ދެ އަހަރުގެ ކުއްޖަކު 70 މީޓރުގެ ފުން ވަޅަކަށް ވެއްޓިގެން މަރުވި އެވެ. އެ ކުއްޖާ ސަލާމަތް ކުރެވޭތޯ 13 ދުވަހުގެ އޮޕަރޭޝަނެއް ކުރިއަށް ގެންިދޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox