ރަޔަން: ވަޅުގައި ތާށިވި ކުއްޖާއާ ގާތަށް މޮރޮކޯގެ ރެސްކިއު ޓީމުން ޖެހިލައިފި

ރަޔަން ސަލާމަތް ކުރަން ހިންގާ އޮޕަރޭޝަން. -- ފޮޓޯ: އޭއެފްޕީ

ރަޔަން ސަލާމަތް ކުރަން ހިންގާ އޮޕަރޭޝަން. -- ފޮޓޯ: އޭއެފްޕީ

މީގެ ހަތަރު ދުވަސް ކުރިން މޮރޮކޯގައި 100 ފޫޓު ފުން ވަޅުގަނޑަކަށް ވެއްޓުނު ފަސް އަހަރުގެ ރަޔަންއާ ގާތަށް ރެސްކިއު ޓީމުން ޖެހިލައިފި އެވެ.

ރަޔަން ސަލާމަތް ކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ އިރު، ރެސްކިއު ޓީމުން ބުނީ އެ ކުއްޖާއާ މީޓަރެއްހާ ގާތުގައިވާ ޓަނަލަކާ ހަމައަށް ފޯރާފައިވާ ކަމަށެވެ.

އޮޕަރޭޝަން ކުރިއަށްދާ އިރު ބިންގަނޑު ކަނޑައިގެން ގޮސްފި ނަމަ އިތުރު ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބަ އޮތެވެ. ރެސްކިއު ޓީމުގެ އޮފިޝަލަކު ބުނީ ރަޔަން ދިރިހުރިކަން ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ.

ރެސްކިއު ޓީމުގައި އެންމެ އިސްކޮށް އުޅޭ އަބްދުލް ހާދީ ތަމްރާނީ އޭއެފްޕީއަށް ބުނީ ކެމެރާއިން ފެންނަނީ ރަޔަން އެއް އަރިއަކަށް އޮށޯވެގެން އޮތް މަންޒަރު ކަމަށެވެ.

"މި ވަގުތު ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ނޭނގޭ. އަޅުގަނޑުމެންގެ ދުއާއަކީ އޭނާ ދިރިހުރުން،" މޮރޮކޯގެ ޓީވީއަކަށް ތަމްރާނީ ބުންޏެވެ.

ބުރާސްފަތު ދުވަހު ވަޅު ތެރެއަށް ކެމެރާއެއް ތިރިކޮށްގެން ނެގި މަންޒަރުތަކުން ފެނުނު ގޮތުގައި ރަޔަން ހުރީ ސަލާމަތުންނެވެ. ނަމަވެސް ބޮލަށް ކޮންމެވެސް ވަރެއްގެ ޒަހަމްތައް ލިބިފައި ހުއްޓެވެ.

ރެސްކިއު ޓީމުން ވަނީ އޮކްސިޖަން މާސްކާއި، ކާބޯތަކެތި އަދި ފެން ވަޅުގެ ތެރެއަށް ތިރިކޮށްފަ އެވެ. ނަމަވެސް ރަޔަންއަށް އެ ތަކެތީގެ ބޭނުން ހިފުނުކަމެއް ސާފެއް ނޫނެވެ.

ރަޔަންއަށް ބޭނުންވާ ސިއްހީ ފަރުދާ ދޭން ތައްޔާރަށް ތިބި މެޑިކަލް ޓީމެއް ވެސް އެ ސަރަހައްދުގައި ސްޓޭޝަންކޮށްފައިވެ އެވެ. އޭގެ އިތުރުން ހެލިކޮޕްޓަރެއް ވެސް އެ ތަނުގައި ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ރަޔަން ސަލާމަތް ކުރަން ރެސްކިއު ޓީމުން ވަނީ ވަޅުގެ ކައިރިން ބިމު އަޑިއަށް ކޮނެ، "ހޮރިޒޯންޓަލް"ކޮށް ވަޅާ ދިމާލަށް ކޮންނަން ފަށާފަ އެވެ.

ރަޔަންގެ ބައްޕަ ބުނީ ދަރިފުޅު ވަޅަން ވެއްޓުނީ، އޭނާ ވަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އޭނާ އާއި ރަޔަންގެ މަންމަ ތިބީ ކަންބޮޑުވެ ފުން ހިތާމައެއްގައި ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox