ބްރެޒިލުން އައި ދެ މީހެއްގެ އަތުން ހަތަރު ކިލޯ ކޮކެއިން އަތުލައިގެންފި

އެ ދެ މީހުން އަތުލައިގަން ކޮކެއިން: ޖުމްލަ ހަތަރު ޕެކެޓުގެ މަގުތަމީ އަގަކީ 21.3 މިލިއަން ރުފިޔާ. -- ފޮޓޯ: ކަސްޓަމްސް

އެ ދެ މީހުން އަތުލައިގަން ކޮކެއިން: ޖުމްލަ ހަތަރު ޕެކެޓުގެ މަގުތަމީ އަގަކީ 21.3 މިލިއަން ރުފިޔާ. -- ފޮޓޯ: ކަސްޓަމްސް

އަނެއްކާވެސް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ބްރެޒިލް ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ކަސްޓަމުން މިއަދު ހާމަކޮށްފި އެވެ.

މި ދެ މީހުންނަކީ ފެބްރުއަރީ 4 ވަނަ ދުވަހު ރާއްޖެއަށް ބްރެޒިލް މަގުން އައި އެ ގައުމުގެ 21 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ އަންހެނެކެވެ.

ކަސްޓަމުން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން މި ދެ މީހުންގެ ލަގެޖު ޗެކުކުރި އިރު ފިރިހެން މީހާގެ ލަގެޖުން 1.7 ކިލޯ އަދި އަންހެން މީހާގެ ލަގެޖުން 2.5 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.

ޖުމްލަ ބަރުދަނުގައި 4.2 ކިލޯ ހުރި މި މަސްތުވާތަކެތި ޓެސްޓުކުރި އިރު ކޮކެއިންއަށް ޕޮޒިޓިވް ކަމަށް ކަސްޓަމުން ބުންޏެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 21.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.

ކަސްޓަމުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މި ކޮކެއިން ބަންދުކޮށްފައި ހުރީ ހަތަރު ޕެކެޓެއްގެ ތެރޭގަ އެވެ. އެ ޕެކެޓުތައް ބަންދުކޮށްފައި ހުރީ ވަށައިގެން ކާބަން ފިލްމު އޮޅާފަ އެވެ. މިއީ އެކްސްރޭ މެޝިނުތަކަށް އޮޅުވާލަން ސްމަގުލަރުން އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ.

ބްރެޒިލް މަގުން 2021 ގައި އަތުލައިގެންފާ ކޮކެއިންގެ ބަރުދަނާއި މަގުމަތީ އަގު

  • ޖެނުއަރީ - 3.12 ކިލޯ (10.9 މިލިއަން ރުފިޔާ)
  • އޮގަސްޓު - 3.17 ކިލޯ (15.9 މިލިއަން ރުފިޔާ)
  • އޮގަސްޓު - 16.7 ކިލޯ (83 މިލިއަން ރުފިޔާ)
  • ނޮވެމްބަރު - 18.8 ކިލޯ (94 މިލިއަން ރުފިޔާ)

މިފަހަކަށް އައިސް ބްރެޒިލް މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ދަނީ އިތުރުވަމުންނެވެ. ނިމުނު އަހަރަށް އެކަނި ބެލި ނަމަވެސް 41.8 ކިލޯގެ ކޮކެއިން އަތުލައިގަތެވެ.

އެއީ މަގުމަތީ އަގުތަކުން ހިސާބުކުރާއިރު ގާތްގަނޑަކަށް 204 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox