އިސްކަންދަރު ދޮރުމަތީގައި މި ހިނގަނީ ކޮން ކަމެއް؟

Feb 5, 2022, 5:51 AM
އިސްކަންދަރު ކުރިމަތީގައި އެމްޑީޕީން މަސައްކަތް ކުރަމުންދާ ތަން: ޕީޕީއެމް މީހުން ބުނަނީ އެތަން އިންތިހާބު ދުވަހުގައި ނުހިންގޭނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިސްކަންދަރު ކުރިމަތީގައި އެމްޑީޕީން މަސައްކަތް ކުރަމުންދާ ތަން: ޕީޕީއެމް މީހުން ބުނަނީ އެތަން އިންތިހާބު ދުވަހުގައި ނުހިންގޭނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ މާލޭ ވޯޓު ފޮށި ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުރި ތަނެއްގައި އެމްޑީޕީން ކެމްޕެއިންކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުންތަކެއް ރުޅިވެރިކަން ފާޅުކުރަމުން އެބަ ދެ އެވެ.

އިސްކަންދަރުގެ ދޮރުމަތީގައި ރީތީ ފޮޓޯއާ ޖެހިގެން ފެހި ކުލަލާފައިވާ ގަރާޖެއް ފާޑު ތަނެއްގެ ތެރޭގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި ދާއިރާތަކުގެ މެމްބަރުންނާއި އެކްޓިވިސްޓުން ހެނދުނުއްސުރެ ތިއްބެވެ. ފެންނަ ފެނުމަށް އެތަން އެ މީހުން ބޭނުންކުރަމުން ދިޔައީ ވޯޓުލާން އަންނަ މީހުންގެ ރަޖިސްޓްރީ ނެގުން ފަދަ އިދާރީ ކަންކަމަށެވެ. އެތަނުގައި ކެމްޕެއިނުގެ ހަރަކާތެއް ހިންގާތަނެއް ނުފެނެ އެވެ.

އެކަމަކު އެތާ ދޮށުގައި އެއްވެ ތިބި ޕީޕީއެމް/ ޕީއެންސީ އެކްޓިވިސްޓުން ދިޔައީ ވޯޓުލާން އަންނަ މީހުން އެތަނަށް ވައްދާ ފައިސާ ބަހާ ކަމަށް ތުހުމަތުކުރަމުންނެވެ. އަދި އެއީ ކެމްޕެއިން ޖަގަހައެއް ކަމަށާއި ވޯޓުލާ މަރުކަޒު ކައިރީ ކެމްޕެއިން ނުކުރެވޭނެ ކަމަށް ބުނެ އަޑުގަދަކުރަމުން ދިޔަ އެވެ. އެ ހިތްހަމަނުޖެހުންތަކުގެ ތެރޭގައި "އިންޑިއާ އައުޓް" އޭ ވެސް ގޮވި އެވެ.

އެތަނުގައި އިސްކޮށް ހުރި ޕީޕީއެމްގެ އެކްޓިވިސްޓަކު ވަނީ އެތަން ބަންދުކޮށްދޭން މަސައްކަތްކޮށްދިނުމަށް އެތަނުގައި ހުރި ފުލުހެއް ގާތު އާއި ނޫސްވެރިއެއް ގާތު އެދިފަ އެވެ. އަދި އެތަނުގައި ހުރި އިދިކޮޅުގެ އިސް ބޭފުޅެއް ގާތު ވެސް އެ ޝަކުވާ ކުރި އެވެ. އެކަމަކު އެ ބޭފުޅާގެ ފަރާތުން މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. އޭނާ ވިދާޅުވީ ކެމްޕެއިންކޮށް ނިމިއްޖެ ކަމަށާއި މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތު ކަމަށެވެ.

އެކަމަކު ވެސް އެކްޓިވިސްޓުން ހިތްހަމަނުޖެހި އެތާ ދޮށުގައި އެއްވެ ދޮރުގައި ޖަހައި ހެދި އެވެ. އެއާ އެކު އެތަނުގެ ދޮރު ހުޅުވި އެވެ. އެ ވަގުތު ދެ ޕާޓީގެ އެކްޓިވިސްޓުންގެ މެދުގައި ޒުވާބު ހިނގި އެވެ. އެ ޒުވާބު ހޫނުވެ ދެންމެ ދެންމެ ގަޔަށް އަތްލައިފާނެހެން ހީވި ދަނޑިވަޅު ވެސް ދިޔަ އެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓެއް ފަހަތުން ޕީޕީއެމް އެކްޓިވިސްޓުންތަކެއް އިންޒާރު ދެމުން ދިޔަ އެވެ. އެކަމަކު ހަމަނުޖެހުމެއް ނުހިނގަ އެވެ.

އެތަނުގައި ގިނައީ ޕީޕީއެމްގެ އަންހެން އެކްޓިވިސްޓުންނެވެ. އެ އެކްޓިވިސްޓުންގެ ރުޅިވެރިކަމާ އެކު ހަޅޭއްލަވައްމުން ދިޔައި އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ ޒުވާން މެމްބަރުން ވަނީ އަތް ޖަހައި، އެ މީހުން ރުޅިއަރުވަން މަސައްކަތްކޮށްފަ އެވެ.

އެތަނަށް ފުލުހުންގެ ސީނިއާ އޮފިސަރަކާއި އާއްމު އޮފިސަރަކު ގޮސް ކޮންޓްރޯލް ކުރެވޭތޯ މަސައްކަތްކުރި އެވެ. ސީނިއާ އޮފިސަރު ވަނީ އެމްޑީޕީގެ އިސް މީހެއް ގާތު ވާހަކަތަކެއް ދައްކައިފަ އެވެ. ޖަވާބުގައި އޭނާ ބުނީ އެތަނުގައި ކުރަމުން ދިޔައީ އިދާރީ މަސައްކަތެއް ކަމަށާއި އެކަން ނުހުއްޓޭނެ ކަމަށެވެ. މިހާރު ވެސް ޕީޕީއެމްގެ އެކްޓިވިސްޓުން ގެންދަނީ އެތަނުގައި ތިބި މީހުން ނެރެ ތަން ބަންދުކުރަން ގޮވަމުންނެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ މުހައްމަދު ރާޝީދު އެވެ. ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އާއި އެމްއެންޕީގެ އަބްދުލްހަންނާނު އިދުރީސް ވެސް މިއަދުގެ އިންތިހާބުގައި ވާދަ ކުރައްވާނެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނެއް މިއަދު ބާއްވަނީ، ގިނަ އެ ގޮނޑި ފުރުއްވި މެމްބަރު ހުސެއިން ވަހީދު މިދިޔަ ޑިސެމްބަރު 14، 2021 ގައި އަވަހާރަވުމުންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ ބައްޔަކަށް ގިނަ ދުވަސްތަކެއްވަންދެން ފަރުވާ ކުރެއްވުމަށްފަހު އެވެ.

ކޮމަންޑޫ ދާއިރާގެ ދިރިއުޅޭ 4618 މީހުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބެނީ 3309 މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox