ޗައިނާގެ ސިފައިން އިންޑިއާ ޒުވާނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށްފި

އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު ކައިރީގައި ބައެއް ފަހަރު ސިފައިންގެ މެދުގައި ކުރިމަތިލުންތައް ހިނގާ. -- ފޮޓޯ: ބްރިކޯޑާ

އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު ކައިރީގައި ބައެއް ފަހަރު ސިފައިންގެ މެދުގައި ކުރިމަތިލުންތައް ހިނގާ. -- ފޮޓޯ: ބްރިކޯޑާ

ގުވަހަޓި، އިންޑިއާ (ފެބްރުއަރީ 3) - އިންޑިއާ އާއި ޗައިނާއާ ދެމެދު ދެބަސްވުން އުފެދިފައި އޮންނަ ހިމަލަޔާ ފަރުބަދަ މަތީގެ ބޯޑަރު ކައިރިން ހައްޔަރު ކުރި އިންޑިއާ ޒުވާނަކަށް ޗައިނާ ސިފައިން އަނިޔާ ކުރި ކަމަށް އާއިލާއިން ތުހުމަތުކޮށްފި އެވެ.

މިރަމް ތެރޮން ނަމަކަށް ކިޔާ ޒުވާނާ ހައްޔަރު ކުރީ އިރު އުތުރު އަރޫނަޗަލް ޕްރަދޭޝް ސްޓޭޓުގައި ޝިކާރަ ކުރަން ނުކުމެ އުޅެނިކޮށެވެ. އޭނާގެ ބައްޕަ އޭއެފްޕީއަށް ބުނީ 19 އަހަރުގެ ދަރިފުޅު ނުވަ ދުވަސް ވަންދެން ހުރީ ޗައިނާ ސިފައިން ބަންދުކޮށްފައި ކަމަށެވެ.

އެ މުއްދަތުގައި އަނިޔާކޮށް، "އިލެކްޓްރިކް ޝޮކް" ޖައްސާފައިވާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ. ދަރިފުޅުގެ އަތުގައި ބިޑި އަޅުވާފައި ހުރި ތަނުގެ ނިޝާން އަދިވެސް އެބަހުރި ކަމަށާއި ދަރިފުޅު ހުރީ ޝޮކުގައި ކަމަށް އަޕަންގް ތެރޮން ބުންޏެވެ.

ކަނު ބަނދެ، ފަހަތަށް ބިޑި އަޅުވައިގެން ހިނގަން ދަރިފުޅަށް މަޖުބޫރު ކުރުވި ކަމަށް ވެސް އޭނާ ބުންޏެވެ.

ފޮރިން އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން އަރިންދަމް ބަގްޗީ ނޫސްވެރިންނަށް ވިދާޅުވީ މިރަމް ހައްޔަރު ކުރި މައްސަލަ ޗައިނާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި އިންޑިއާ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް، ޖެނުއަރީ 27 ވަނަ ދުވަހު ބަންދުން ދޫކޮށް، އިންޑިއާ އާ ހަވާލުކުރިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިންޑިއާގެ އަސްކަރިއްޔާއިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އަށް ޝުކުރު އަދާކުރުމަށް ފަހު ބުނީ، "ޒުވާނާ ދޫކޮށްލުމުން ސުލްހަ އާއި ހަމަޖެހުން ކުރިއަރުވަން އިތުރު ފުރުސަތެއް ލިބިއްޖެ" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox