ކޮމަންޑޫ ދާއިރާއިން އިންތިހާބުކުރީ ފިކުރެއް، އެ ވިސްނުން ބަދަލުވާން ޖެހޭ ސަބަބެއް ނެތް: ރައީސް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ކޮމަންށޑޫ ދާއިރާއިން ވޯޓްދިނީ ފިކުރަކަށް ކަމަށް.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ކޮމަންށޑޫ ދާއިރާއިން ވޯޓްދިނީ ފިކުރަކަށް ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވަން 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓުދިނީ ފިކުރަކަށް ކަމަށާއި އެ ވިސްނުން ބަދަލުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ) ގެ ކެމްޕޭނަށް އެ ދާއިރާއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކޮމަންޑޫ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ, 2019 ވަނަ އަަހަރުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން، އޭރު ނިންމި ނިންމުމަކީ ފަސް އަހަރަށް ނިންމި ނިންމުމެއް ކަމަށެވެ. އެ ނިންމުން ދަމަހައްޓަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިލާހީ ގާނޫނާ އެއްގޮތަށް ކަންތައްތައް ނިމި [ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު] ހުސައިން ވަހީދު އަަޅުގަނޑުމެންނާ ވަކިވެ އެ ދިޔައީ. އެހެން ނަމަވެސް ތިޔަ ބޭފުޅުން 2019 ވަނަ އަހަރު ރައްޔިތުން މަޖިލީހަށް އިންތިހާބުކުރީ ފިކުރެއް. އެ ފިކުރު އެބަ އޮތް. އެ ވިސްނުން އެބަ އޮތް. އެކަން ދަމަހައްޓަން ޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެ އިންތިހާބުގައި ނިންމި ނިންމުމަކީ ފަސް އަހަރު ދުވަހަށް ނިންމި ނިންމުމެއް ކަމަށާއި އެއީ ސަރުކާރަށް ތާއީދުކުރުމާއި އެކު ސަރުކާރުން ހިންގަން ނިންމާފައި ހުރި މަޝްރޫއުތަކަށް މަޖިލީހުގައި ބަސް އިއްވުން ކަމަށެވެ.

"އެކަން އެގޮތުގައި ބޭއްވުމަކީ މިދާއިރާގެ ތަރައްގީއަށް ޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންތައްތައް އަވަސްވެ، ފުރިހަމަވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ހުންނެވީ އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިންތިހާބުކުރި ފިކުރުގަ އެވެ. އޭނާ ހުންނެވީ ހަމަ އެ ވިސްނުމުގަައި އެ ފިކުރުގައި މަސައްކަތްކުރައްވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ކޮމަންޑުއާއި ފޯކައިދުއާއި މަރޮށީގައި ތިއްބެވި ރައްޔިތުންގެ ވިސްނުން ބަދަލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީއަށް ކެމްޕޭންކުރައްވަން ރަައީސް އެދާއިރާއަށް ވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ. އެމަނިކުފާނުގެ އަރިހުގައި މިފަހަރު، ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ވެސް ވަޑައިގެންނެވި އެވެ. ދެލީޑަރުން އެކުގައި ކޮމަންޑޫ ދާއިރާއަށް މީގެ ކުރިން ކުރައްވަން އުޅުއްވި ދަތުރުފުޅުގައި ރައީސަށް ވަޑައިނުގެންނެވުނީ ކޮވިޑްގެ އާލާސްކަންފުޅާ ހެދި އެވެ.

ކޮަމަންޑޫ ދާއިރާގެ ބައިއިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox