ކްރިޕްޓޯއާ ގުޅިފައިވާ ރަހީނު ކުރުމުގެ މައްސަލައެއްގައި އިންޑިއާ ފުލުހަކު ހައްޔަރުކޮށްފި

ފުލުސް މީހާ ޑިމާންޑް ކުރީ 40 މިލިއަން ޑޮލަރުގެ އަގަށްވާ ބިޓްކޮއިން ދިނުމަށް. -- ފޮޓޯ: ފްރީ މެލޭޝިއާ ޓުޑޭ

ފުލުސް މީހާ ޑިމާންޑް ކުރީ 40 މިލިއަން ޑޮލަރުގެ އަގަށްވާ ބިޓްކޮއިން ދިނުމަށް. -- ފޮޓޯ: ފްރީ މެލޭޝިއާ ޓުޑޭ

މުމްބާއީ، އިންޑިއާ (ފެބްރުއަރީ 2) - އިންޑިއާގައި ކްރިޕްޓޯ ކަރަންސީގެ މުއާމަލާތް ކުރާ މީހަކު ރަހީނުކޮށް، 40 މިލިއަން ޑޮލަރުގެ އަގަށްވާ ބިޓްކޮއިން ހޯދަން މަސައްކަތް ކުރި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ދިލިޕް ތުކަރަމް ހާންދާރޭއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ. އެ މީހުން ރަހީނު ކުރީ އުމުރުން 38 އަހަރުގެ ވިނޭ ނައިކް އެވެ. ޖެނުއަރީ 14 ވަނަ ދުވަހު އެކަން ހިންގުމަށް ފަހު، ޑިމާންޑު ކުރީ އޭނާގެ ރައްކާކޮށްފައި ހުރި ޑިޖިޓަލް ކަރަންސީ އެއްކޮށް ދިނުމަށެވެ.

އޭނާގެ އަތުގައި 40 މިލިއަން ޑޮލަރު ނުވަތަ ތިން ބިލިއަން ރުޕީޒްއަށް ވާ ވަރުގެ ޑިޖިޓަލް ފައިސާ ހުއްޓެވެ. އޭގެ އިތުރުން އޭނާ ރައްކާކޮށްފައި ހުރި 800،000 ރުޕީޒްގެ ނަގުދު ފައިސާ ވެސް ދޭން ޑިމާންޑް ކުރި އެވެ.

ރަހީނު ކުރުމަށް ފަހު ޖެހިގެން އައި ދުވަހު ނައިކް ދޫކޮށްލީ، ފުލުހުން ފާރަލާކަން ފަޅާ އެރުމުންނެވެ. ރަހީނު ކުރުމުގައި ބައިވެރިވި އެންމެން ދޫކޮށްލީ ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި އަންގާރަ ދުވަހު އެވެ.

"އަޅުގަނޑުމެން ހައްޔަރު ކުރީ އަށް މީހުން. އޭގެ ތެރޭގައި މިކަން ރޭވުމުގައި އުޅުނު ފުލުހުންގެ ކޮންސްޓަބަލްއެއް ވެސް ހިމެނޭ،" ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.

ކްރިޕްޓޯ ކަރަންސީގެ މާކެޓު އިންޑިއާގައި ފުޅާވެ، އެތައް މިލިއަން ބަޔަކު އޭގެ މުއާމަލާތް ކުރި ނަމަވެސް އެކަމާ ގުޅޭ ގަވާއިދުތަކެއް ނުހުރެ އެވެ.

ގިނަ އަދަދެއްފެ ފޭކު މުއާމަލާތްތަކެއް ކުރަން ފެށުމުން، 2018 ވަނަ އަހަރު ކްރިޕްޓޯ ކަރަންސީ މަނާ ކުރި ނަމަވެސް، މީގެ ދެ އަހަރު ކުރިން ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން އުވާލާފަ އެވެ.

މި ހަފްތާގައި އިންޑިއާ ސަރުކާރުން ބުނީ ވާޗުއަލް ފައިސާއިން ހޯދާ ފައިސާއިން 30 ޕަސެންޓުގެ ޓެކްސް ނަގަން ނިންމާފައިވާ ކަމަށާއި މަރުކަޒީ ބޭންކު މެދުވެރިކޮށް ރަސްމީ "ޑިޖިޓަލް ރުޕީޒް" ވެސް ތައާރަފް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox