ކޮޕީ ކުރި ކަމުގެ ތުހުމަތާ އެކު ލަގްޒެމްބޯގްގެ ބޮޑު ވަޒީރު ޑިގްރީ ދޫކޮށްލައިފި

ލަގްޒެމްބޯގްގެ ބޮޑު ވަޒީރު ޒާވިއާ ބެޓެލް. -- ފޮޓޯ: އާރްޓީއީ

ލަގްޒެމްބޯގްގެ ބޮޑު ވަޒީރު ޒާވިއާ ބެޓެލް. -- ފޮޓޯ: އާރްޓީއީ

ލަގްޒެމްބޯގް (ފެބްރުއަރީ 2) - ކޮޕީ ކުރި ކަމުގެ ތުހުމަތު ފެންމަތިވުމާ އެކު ލަގްޒެމްބޯގްގެ ބޮޑު ވަޒީރު ޒާވިއާ ބެޓެލް 1999 ވަނަ އަހަރު ހާސިލްކުރި ޑިގްރީ ސެޓްފިކެޓް ދޫކޮށްލަން ނިންމަވައިފި އެވެ.

ބެޓެލް ވިދާޅުވީ ފްރާންސްގެ ޔުނިވާސިޓީ އޮފް ލޮރެއިންއިން އެމަނިކުފާނަށް އެރުވި މާސްޓާޒް ފެންވަރުގެ ޑިގްރީ އަނބުރާ ގެންދިޔުމަށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

"ޕްލެޖިއެރިޒަމް" ނުވަތަ އެހެން މީހުންގެ ލިޔުންތަކާއި ހިޔާލުތައް އަމިއްލަ އެއްޗެއްގެ ގޮތުގައި ދައްކާފައިވާ ކަމަށް ކުރި ތުހުމަތުތަކަށް ބެޓެލް އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ.

އެ ތުހުމަތުތައް ފެންމަތި ކުރީ މިދިޔަ އޮކްޓޯބަރު މަހު ރިޕޯޓާ ނޫހުންނެވެ. އެ ނޫހުން ބުނީ 1998 ވަނަ އަހަރު ބެޓެލް ލިޔުއްވި ތީސީސްގެ ބޮޑު ބަޔެއް ވަނީ "ޕްލެޖިއަރައިޒް" ކޮށްފައި ކަމަށެވެ.

ބެޓެލްގެ މާސްޓާޒް ޑިގްރީގެ ތީސީސް ލިޔުއްވީ ޔޫރަޕްގެ އިންތިހާބުތަކުގައި ވޯޓުލުމަށް ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުންނެވެ.

އެކަން ނޫހުން ރިޕޯޓު ކުރުމާ އެކު ބެޓެލް ވިދާޅުވީ އަހަރުތަކެއް ކުރިން ހިނގި ކަމެއް ސާފުކޮށް ހަނދާން ނެތް ކަމަށާއި އޭރު ތަފާތުކޮށް ކަން ކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށެވެ.

ގާނޫނީ ވަކީލް ކަމުގެ ތަމްރީން ލިބިވަޑައިގެންފައިވާ އުމުރުން 48 އަހަރުގެ ބެޓެލްއަށް ޔުނިވާސިޓީ އޮފް ލޮރެއިންއިން އިތުރު މާސްޓާޒް ޑިގްރީ ސެޓްފިކެޓެއް ވެސް އަރުވާފައިވެ އެވެ.

ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނީ ޑިގްރީ ތީސީސް އަލުން ލިޔުއްވުމަށް ބެޓެލްއަށް އަންގަވާފައިވާ ކަމަށާއި އެހެން ލިޔުންތަކަށް ރެފެރެންސް ދިނުމަށް ޔުނިވާސިޓީގެ މިހާރު ގައިޑްލައިން އެޑޮޕްޓް ކުރަން އަންގަވާފައި ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox