މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވާތީ، އެ ސަރަހައްދުގެ ބޮޑުބައެއް ބަންދުކުރަން ނިންމައިފި އެވެ.
ކޮންމެ އަހަރަކު ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފަ އެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވަވާ ޖަލްސާ މަޖިލިސްކުރާ ގޭގާއި ބާއްވަން ހަމަޖެހިފައިވަތީ އެ ސަރަހައްދުގެ މަގުތައް ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން މާދަމާ ފަތިހު 5:45އިން ފެށިގެން ޖަލްސާ ނިމެންދެން އެސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށާއި ހިނގާ މީހުންނަށް ބަންދުކުރުމަށްވަނީ ހަމަޖެހިފަ އެވެ.


މާދަމާ ބަންދުކުރަން ނިންމާފައިވާ މަގުތައް ދައްކުވައިދޭ ޗާޓެއް-- ފޮޓޯ: ފުލުހުން
މީގެ އިތުރުން އެ ރަަސްމިއްޔާތަށް މެދުޒިޔާރަތްމަގު މަޖީދިއްޔާ ސްކޫލު ކައިރިން ފެށިގެން ދަރުމަވަންތަ ސްކޫލް ކައިރީ ޕާކިންގް ޒޯނާއި މަޖިލިސް އިދާރާ ކުރިމަތިން އޮންނަ ޕާކިންގް ޒޯން ހުސްކުރުމަށްވަނީ ހަމަޖެހިފަ އެވެ.
އެހެންކަމުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދު މެންދުރުފަހު 3:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މަޖިލިސް ޗުއްޓީއަށް ދިޔައީ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް ދައުރުން ބޭރުން ތިން ޖަލްސާއެއް ބާއްވައިފައިވެ އެވެ.













