އިންޑިއާގެ ދައުލަތުން އިސް ނަގައިގެން ޑިޖިޓަލް ރުޕީޒް ތައާރަފް ކުރަނީ

ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން ދައުލަތުގެ ބަޖެޓު ޕާލިމެންޓަށް ހުށަހެޅުއްވީ އަންގާރަ ދުވަހު. -- ފޮޓޯ: އޭއެފްޕީ

ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން ދައުލަތުގެ ބަޖެޓު ޕާލިމެންޓަށް ހުށަހެޅުއްވީ އަންގާރަ ދުވަހު. -- ފޮޓޯ: އޭއެފްޕީ

މުމްބާއީ، އިންޑިއާ (ފެބްރުއަރީ 1) - އިންޑިއާގެ ދައުލަތުން އިސް ނަގައިގެން "ޑިޖިޓަލް ރުޕީޒް" ތައާރަފުކޮށް، ވާޗުއަލް ފައިސާއިން ހޯދާ ފައިދާއިން 30 ޕަސެންޓުގެ ޓެކްސް ނަގަން ހުށަހަޅައިފި އެވެ.

އެ ހުށަހެޅުމަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިންޑިއާގެ ކްރިޕްޓޯ ކަރަންސީ މާކެޓަށް ލިބުނު ދެރައެކެވެ. އިންޑިއާގެ ކްރިޕްޓޯ ކަރަންސީ މާކެޓަށް މިހާތަނަށް އެއްވެސް ގަވާއިދެއް ނެތެވެ.

އިންޑިއާގެ އިތުރުން އެހެން ބޮޑެތި ގައުމުތަކުން ވެސް ދަނީ ކްރިޕްޓޯ ކަރަންސީގެ މާކެޓް ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރަމުންނެވެ. ޗައިނާއިން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ކްރިޕްޓޯ ކަރަންސީގެ ހުރިހާ މުއާމަލާތެއް މަނާކޮށްފަ އެވެ.

"ވާޗުއަލް ޑިޖިޓަލް އެސެޓް ބޭނުންކޮށްގެން ހިންގާ މުއާމަލާތްތައް ވަނީ އިންތިހާއަށް އިތުރުވެފައި،" ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން އަންގާރަ ދުވަހު ޕާލިމެންޓުގައި ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އެ މާކެޓު ފުޅާވަމުން ދާތީ ފުރިހަމަ ޓެކްސްގެ އޮނިގަނޑެއް އޮތުން މަޖުބޫރު ކަމަށެވެ. ކްރިޕްޓޯ ކަރަންސީ އާއި އެހެން ޑިޖިޓަލް އެސެޓްތަކުގެ މުއާމަލާތުން ލިބޭ ފައިދާއިން 30 ޕަސެންޓުގެ ޓެކްސް ނަގަން ސަރުކާރުން ހުށަހެޅި އެވެ.

އޭގެ އިތުރުން ބްލޮކްޗެއިން ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް މާޗް 2023 ގެ ކުރިން "ޑިޖިޓަލް ރުޕީޒް" މަރުކަޒީ ބޭންކުން ތައާރަފް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"މަރުކަޒީ ބޭންކްގެ ޑިޖިޓަލް ފައިސާ ތައާރަފް ކުރުމުން ޑިޖިޓަލް އިގްތިސާދު އިތުރަށް ކުރިއަރާނެ. ޑިޖިޓަލް ފައިސާއާ އެކު މިހާރަށް ވުރެ ހަރަދު ކުޑަކޮށް އަދި ފުރިހަމަކޮށް ފައިސާ މެނޭޖް ކުރުމުގެ ނިޒާމެއް ވެސް ބިނާކުރެވޭނެ،" ނިރްމަލާ ވިދާޅުވި އެވެ.

މީގެ 10 އަހަރު ކުރިން އިންޑިއާގެ މާކެޓަށް ތައާރަފުވި ކްރިޕްޓީ ކަރަންސީއާ މެދު ކަމާ ބެހޭ އިދާރާތަކުން ކަންބޮޑުވެ އެވެ. އެގޮތުން ވާޗުއަލް ކަރަންސީ ބޭނުންކޮށް، ވަގު މުއާމަލާތްތައް އިތުރުވުމުން، 2018 ވަނަ އަހަރު މަރުކަޒީ ބޭންކުން ކްރިޕްޓީ ކަރަންސީ މަނާކުރި އެވެ.

ނަމަވެސް ދެ އަހަރު ފަހުން ސުޕްރީމް ކޯޓުން އެ ނިންމުން އުވާލި އެވެ. އެއާއެކު އަނެއްކާވެސް ޑިޖިޓަލް މާކެޓް ވަރަށް ބޮޑަށް ފުޅާވެ، ޖޫން 2021 އާ ހަމައަށް 650 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ.

މިދިޔަ އަހަރު ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ބިޓްކޮއިން އިން ޒުވާން ޖީލަށް ނުރައްކާ އެބަ އޮތް ކަމަށާއި "ނުބައި މީހަކަށް" އެ ލިބިއްޖެ ނަމަ "ޒުވާނުން ހަލާކުވެދާނެ" ކަމަށެވެ.

އޭގެ ފަހުން ސަރުކާރުން ވިސްނީ "ހުރިހާ ޕްރައިވެޓް ކްރިޕްޓޯ ކަރަންސީ" މަނާ ކުރުމަށެވެ. ނަމަވެސް އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.

އަންގާރަ ދުވަހު ޕާލިމެންޓަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން އިންފްރާސްޓްރަކްޗާއަށް ކުރާ ހޭދަ އިތުރު ކުރާނެ އެވެ. އެގޮތުން މަގުތަކާއި، ރޭލުތަކާއި، ބޯހިޔާވަހިކަމާއި، ހަކަތަ އަދި ދިފާއީ ކަންކަމަށް ހަރަދު ކުރަން ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox