ފްލައިޓް ނުޖެއްސި މަޑުކުރަން ޖެހޭ މައްސަލައަށް ބޮޑު ހައްލެއް

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގައި ޖައްސާފައިވާ ބޭރުގެ ބައެއް ބޯޓު ފަހަރު: މިހާރު ރަންވާ ކްލިއަ ކުރުމަށް ނަގާނީ ދެ މިނިޓް-- ފައިލް ފޮޓޯ/ އެމްެއޭސީއެލް

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގައި ޖައްސާފައިވާ ބޭރުގެ ބައެއް ބޯޓު ފަހަރު: މިހާރު ރަންވާ ކްލިއަ ކުރުމަށް ނަގާނީ ދެ މިނިޓް-- ފައިލް ފޮޓޯ/ އެމްެއޭސީއެލް

އާ ރަންވޭ ޓެކްސީވޭ އެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާއެކު އެންމެ ބާރުބޮޑު ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފްލައިޓް ޖެއްސުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެން ގޮސްފި އެވެ.

ރާއްްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާ އެއާލައިންތަކާއި ޗާޓަރު ދަތުރުކުރާ އެއާލައިންތައް ހިމެނޭހެން 33 އެއާލައިނަކުން އަންނަނީ ވީއައިއޭ އަށް ފްލައިޓް އޮޕަރޭޓް ކުރަމުންނެވެ. މި އެއާލައިންތަކާއި ރާއްޖޭގެ ޑޮމެސްޓިކް އެއާލައިންތަކުން ވެސް ބޭނުންކުރަނީ އެންމެ ފުރަތަމަ ގާއިމްކުރި ރަންވޭ އެވެ.

އެއާޕޯޓަށް އެންމެ ބާރުބޮޑުވާ ވަގުތު އެއް ގަޑިއިރަށް ވުރެ ވެސް ގިނަ ވަގުތު "ހޯލްޑިން ޕެޓާން" އެއްގައި ލޭންޑް ކުރުމުގެ ހުއްދަ ލިބުމާ ހަމަޔަށް ފްލައިޓްތައް މަޑުކުރަން ޖެހިފައި އެބަ ހުއްޓެވެ.

އާ ރަންވޭ ޓެކްސީވޭ އަކަށް ބަދަލުކުރުމުން ގަޑިއަކު ރަންވޭ އިން ހިދުމަތް ދެވޭ އިންޓަނޭޝަނަލް ފްލައިޓުތަކުގެ އަދަދު އަށް ފްލައިޓުން 16 ފްލައިޓަށް އިތުރުވާނެ ކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު މި ނޫހަށް ވިދާޅުވި އެވެ.

"ބޮޑު ބޯޓެއް ޖައްސައިފިއްޔާ ރަންވޭ ކްލިއާ ކުރަން ކުރިން އެބަ ނަގާ 10 މިނިޓް، މިހާރު ނަގާނީ ދެ މިނިޓް،" ފްލައިޓްތައް ފުރުމާއި ޖެއްސުމުގެ ވަގުތަށް އައި ބަދަލު ހާމަކުރަމުން ޝަމްއާން ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ދެކޭ ގޮތުގައި ރަން އިން ޖާގަ ނުލިބިގެން ބޯޓު ނުޖެއްސި އޮތުމާއި ޖާގަ ނުލިބިގެން ނުފުރި އޮތުމުގެ މައްސަލައަށް މިއަދު ގެނައި ބަދަލާއެކު ހައްލެއް ލިބިގެންދާނެ އެވެ.

މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް އާ ރަންވޭ ކައިރީގައި ހުރުމުން، ފްލައިޓް ޖެއްސުން އެންމެ ރައްކާތެރި ކަމަކަށް ނުވާތީ އެ ރަންވޭ ބޭނުންކުރަން ނުފަށަ އެވެ. ވީއައިއޭ ގައި އަލަށް ގާއިމްކުރި ސީޕްލޭން ޓާމިނަލަށް ހިދުމަތްތައް ބަދަލުކޮށް ކުރިޔަށް އޮތް އެޕްރީލް މަހުގެ ތެރޭ އެތަން ބޭނުންކުރަން އަންނަނީ ތައްޔާރު ވަމުންނެވެ.

ދިގުމިނުގައި 3،400 މީޓަރު ހުންނަ އާ ރަންވޭ ހުޅުވީ ސެޕްޓެމްބަރު 5، 2018 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox