މި އަހަރު އިގްތިސޯދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާނީ އިންޑިއާ ކަމަށް ލަފާކޮށްފި

ކޮވިޑާ ގުޅިގެން ހުއްޓުމަކަށް އައި އިންޑިއާގެ އިގްތިސާދު އަލުން ހިނގަން ފެށީ މިދިޔަ އަހަރު. -- ފޮޓޯ: އޭއެފްޕީ

ކޮވިޑާ ގުޅިގެން ހުއްޓުމަކަށް އައި އިންޑިއާގެ އިގްތިސާދު އަލުން ހިނގަން ފެށީ މިދިޔަ އަހަރު. -- ފޮޓޯ: އޭއެފްޕީ

މުމްބާއީ، އިންޑިއާ (ޖެނުއަރީ 31) - މި އަހަރު އިގްތިސާދީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެ ގައުމަކީ އިންޑިއާ ކަމަށް ލަފާކޮށްފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ހެދި އޭޝިއާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު ގާތްގަނޑަކަށް އެއްކޮށް ހުއްޓުނެވެ. އިންޑިއާ ލޮކްޑައުން ކުރުމުގެ ސަބަބުން އުފެއްދުންތެރިކަމާއި އާއްމުންގެ ހަރަދު ކުރާ މިންވަރު ވަރަށް ބޮޑަށް ވެއްޓުނެވެ. އެއީ 1947 ވަނަ އަހަރު އެ ގައުމަށް މިނިވަންކަން ލިބުނު ފަހުން ނުލިބޭ ވަރުގެ ގެއްލުމެކެވެ.

ނަމަވެސް ބަލިމަޑުކަމުގެ ކުރިން އިގްތިސާދު އޮތް ހާލަތަށް މިދިޔަ އަހަރު އަލުން އަނބުރާ ދިޔަ އެވެ. އެކަން ހާސިލް ކުރީ މިދިޔަ މާޗް މަހު ޑެލްޓާ ވޭރިއެންޓް ފެތުރި ހޮސްޕިޓަލްތައް ހުއްޓުމަކަށް އައިސްފައި އޮއްވަ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި މާޗް 2021 އިން މާޗް 2022 އަށް 9.2 ޕަސެންޓުގެ އިގްތިސާދީ ކުރިއެރުމެއް އަންނާނެ އެވެ.

Advertisement

ނަމަވެސް ކުރިއަށް އޮތް މާލީ އަހަރު އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އިންޑިއާ ސަރުކާރުން ހޯމަ ދުވަހު ޕާލިމެންޓަށް ހުށަހެޅި އަހަރީ އިގްތިސާދީ ސާވޭގައިވާ ގޮތުން މި ފެށޭ މާލީ އަހަރު އިގްތިސާދީ ކުރިއެރުން ހުންނާނީ 8.0-8.5 ޕަސެންޓުގަ އެވެ.

އިންޑިއާ ސަރުކާރުން ލަފާކޮށްފައިވާ ކުރިއެރުމަކީ އެހެން ބޮޑެތި އިގްތިސާދުތައް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ބޮޑެވެ. އައިއެމްއެފްއިން އަންދާޒާ ކުރަނީ ޗައިނާއަށް ލިބޭނީ 4.8 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

އޮމިކްރޯން ވޭރިއެންޓާ ހެދި ދުނިޔޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް މިދިޔަ ހަފްތާގައި އައިއެމްއެފްއިން އަންދާޒާ ކުރި އެވެ. ނަމަވެސް އައިއެމްއެފް އިން ލަފާކުރަނީ 2022 ވަނަ އަހަރު އިންޑިއާގެ އިގްތިސާދަށް ނުވަ ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށެވެ.

އިންޑިއާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރި ނަމަވެސް، އެނެލިސްޓުން ބުނީ އެ އަންދާޒާއަކީ "މާ ބޮޑަށް ހަގީގާތާ ދުރު" އަންދާޒާއެއް ކަމަށެވެ.

"އެ ވަނީ ބައެއް ކަންކަން ވާނީ މިހެންނޭ ބުނެ ނިންމާލާފައި. ކޮވިޑްގެ ހަތަރު ވަނަ ރާޅެއް ނާންނާނެ ކަމަށް ނިންމާފައި. ސާފު ނުކުރާ ތެލުގެ އަގު ހުންނާނީ 70-75 ރުޕީޒްއަށް ކަމަށް ބުނެފައި. މިއީ ހުސް ބަހުސް ކުރެވޭނެ ކަންކަން،" ބޭންކް އޮފް ބަރޯޑާގެ ޗީފް އިކޮނޮމިސްޓް މަދަން ސަބްނަވީސް އޭއެފްޕީއަށް ވިދާޅުވި އެވެ.

އިގްތިސާދާ ގުޅޭ އަހަރީ ސާވޭ އާއްމުކޮށްފައިވާ އިރު، މި ފެށޭ މާލީ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަންގާރަ ދުވަހު ޕާލިމެންޓަށް ހުށަހަޅާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox