ރިސެސްއަށްފަހު މަހެއް، ސުޕްރިމް ކޯޓުގައި އަޑުއެހުމެއް އަދި ނުބޭއްވޭ

ސުޕްރިމް ކޯޓު: އެ ކޯޓުގައި ނުނިމި ގިނަ މައްސަލަތަކެއް ހުރިއިރު، ރިސެސްއަށްފަހު މަހެއް ވެގެން ދިޔައިރުވެސް އެއްވެސް އަޑުއެހުމެއް ނުބޭއްވޭ، އަދި ތާވަލްވެސް ނުކުރެވޭ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސުޕްރިމް ކޯޓު: އެ ކޯޓުގައި ނުނިމި ގިނަ މައްސަލަތަކެއް ހުރިއިރު، ރިސެސްއަށްފަހު މަހެއް ވެގެން ދިޔައިރުވެސް އެއްވެސް އަޑުއެހުމެއް ނުބޭއްވޭ، އަދި ތާވަލްވެސް ނުކުރެވޭ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރިސެސްގެ މުއްދަތަށްފަހު ސުޕްރީމް ކޯޓުގެ މަސައްކަތް ފެށިތާ މަހެއް ވާން ދާއިރު، އަދިވެސް އެ ކޯޓަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއްގެ އަޑުއެހުމެއް ނުބޭއްވޭ ކަމަށް ބުނެފި އެވެ.

އެއްމަހުގެ ރިސެސްއަކަށްފަހު އެންމެ މަތީ ކޯޓުގެ މަސައްކަތްތައް ފެށީ މިމަހުގެ ތިންވަނަ ދުވަހު އެވެ. ނަމަވެސް މިހާތަނަށް އެ ކޯޓުގައި ތާވަލްކުރެވިފައި ވަނީ އެންމެ މައްސަލައެކެވެ. އެއީ 2012 ވަނަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި ބިދޭސީއަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ކަމަރުލް އިސްލާމް ފަރާތުން އެކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެކެވެ.

ނަމަވެސް އެ މައްސަލައިގެ އަޑުއެހުން ވެސް އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް ސުޕްރިމް ކޯޓުގެ މީޑީޔާ އޮފިޝަލް "އަދަދު"އަށް ވިދާޅުވި އެވެ.

"އިއްޔެގެ އަޑުއެހުން ވަނީ ޕޯސްޕޯން ކޮށްފައި (އެހެން ދުވަހަކަށް ފަސްކޮށްފައި)، އަޑުއެހުންތައް ތާވަލް ކުރެވުމުން ސައިޓުން ފެންނާނެ. އަޑުއެހުމެއް ނުބޭއްވުނަސް ބެކްގްރައުންޑްގައި (ކޯޓުގެ) މަސައްކަތްތައް ކުރިއަށް އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އާންމުކޮށް ހިނގާ ހަފްތާއާއި ކުރިއަށް އޮތް ހަފްތާއަށް ތާވަލްކުރެވިފައިވާ އަޑުއެހުންތައް ސުޕްރީމް ކޯޓުގެ ވެބްސައިޓުން ފެންނަން ހުރެ އެވެ. ނަމަވެސް ރިސެސްގެ މުއްދަތަށްފަހު އިއްޔެ ހެނދުނު 11:00 އަށް ތާވަލްކުރެވުނު މަރުގެ މައްސަލައިގެ އިތުރުން އެއްވެސް އަޑުއެހުމެއް ތާވަލްކުރެވިފައިވާ ކަމަކަށް އެ ކޯޓުގެ ރަސްމީ ވެބްސައިޓުން ނުދައްކަ އެވެ.

ރިސެސްގެ މުއްދަތުގެ ތެރޭގައި، ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ އެވެ.

ނިމުނު އަހަރު ސުޕްރީމް ކޯޓުގެ ރިސެސްއާ ހަމައަށް އެކޯޓުން 116 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުގެ ރަސްމީ ވެބްސައިޓުން ދައްކަ އެވެ. 2019 ވަނަ އަހަރު ސުޕްރީމް ކޯޓަށް އައު ފަނޑިޔާރުން އައްޔަނުކުރެެވުނު ފަހުން އެ ކޯޓުގެ އަޑުއެހުންތައް ޔޫޓިއުބް އަދި ޓުވީޓާ މެދުވެރިކޮށް ލައިވްކުރެ އެވެ.

ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ.

ނަމަވެސް އެ މުއްދަތަށްފަހު މަހެއްވާން ދާއިރުވެސް، އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީއަތް ނުހިނގާތީ ބައެއް ވަކީލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox