"ވާވު އިން ކެޔޮދޫ" އާ އެކު ވާވު އަތޮޅުގެ ރީތިކަމުގައި އިތުރު ކުލައެއް

Jan 31, 2022, 4:53 AM
"ވާވު އިން ކެޔޮދޫ" އާ އެކު ވާވު އަތޮޅުގެ ރީތިކަމުގައި އިތުރު ކުލައެއް

ވާވު ކެޔޮދޫ އަށް ކުރާ ދަތުރުގައި އަހަރެމެން ތިބެން ހަމަޖެހިފައި އޮތީ "ވާއު އިން" ގަޔޭ އެކުވެރިޔާ ބުނުމުން ހިތަށް ވަނީ އެ އަތޮޅުގެ "ވާއު" ކަމުގެ މަތިންނެވެ. މާލެ އަތޮޅުގެ ދެކުނުން އޮންނަ ކުޑަކުޑަ އެހެނަސް ހިތްގައިމު މި އަތޮޅަކީ، ރާއްޖޭގެ ރީތިކަން މާނަކޮށްދޭ ހުރިހާ ސިފައެއް ލިބިފައިވާ އަތޮޅެކެވެ. އެހެންވެ އެ ރީތިކަމުގައި އިތުރު ކުލައެއް ޖައްސައިދޭނެ ފަދަ ތަނަކަށް "ވާއު އިން" ވާނެ ކަމުގެ އުއްމީދުގައި ދަތުރަށް ފެށީމެވެ.

ކަނޑު މަޑު ރީތި ދުވަހެކެވެ. މާލެން ފުރައިގެން ވާވު އަތޮޅަށް ފޯރަނީ ދެ ކަނޑުއޮޅި ހުރަސްކޮށްފައި ނަމަވެސް، ބާނިތަކުގެ އަސަރެއް ނުކުރެ އެވެ. އެހާ ވެސް މަޑު ދުވަހެކެވެ. ސްޕީޑް ލޯންޗުގައި އެއް ނަމްބަރުން ފެށި ދަތުރުގައި އަތޮޅުގެ ބައެއް ރަށްރަށަށް ޖެއްސުމަށް ފަހު ކެޔޮދޫ އަށް ފޯރީ ދެ ގަޑިއިރުވާން ކައިރިވެފައިވަނިކޮށެވެ.

އަތޮޅުުގެ އިރުމަތީ ބިތުގައި، ވެރިކަންކުރާ ފެލިދޫގެ ދެކުނަށް އޮންނަ ކެޔޮދޫއާ ލޯންޗު ގާތްކުރިއިރު އަހަރެމެން ބަލާ "ވާއު އިން" ގެ ބަގީ އައިސް އޮތެވެ. އަހަރެމެންނަށް އެ ރަށުން އެންމެ ފުރަތަމަ މަރުހަބާ ކީ ބަގީ ޑްރައިވަރުގެ ހިނިތުންވުމެވެ. ބަގީގައި ކުރި ދޮޅު މިނެޓެއްހާއިރުގެ ދަތުރަށް ފަހު އަހަރެމެންނަށް ތިބެވުނީ "ވާއު އިން" ކުރިމަތީގަ އެވެ. ރަށުގެ އިރުމަތީ ކަނުގަ އެވެ.

"ވާއު އިން" ހޮޓެލް
"ވާއު އިން" ހޮޓެލް

"ވާއު އިން" ހޮޓެލް

ދެ ބުރިއަށް، އެންމެ މަތީ ބުރި ޓެރަހަކަށް ހަދާފައިވާ "ވާއު އިން" އަކީ ޒަމާނީ ފަރުމާއަކަށް ބިނާކޮށްފައިވާ އިމާރާތެއްގައި ގާއިމްކޮށްފައިވާ ހޮޓަލެކެވެ. ސަރުކާރުގެ މިހާރުގެ އުސޫލުން މިއީ ގެސްޓް ހައުސްއެއް ނަމަވެސް ތަނުގެ ފެންވަރަށް ބަލާއިރު، އާ ސްޓެންޑަޓުގެ ދަށުން ހޮޓަލެއްގެ ދަރަޖަށް މިތަނަށް ދާދި އަވަހަށް ލިބޭނެ އެވެ.

ގްރައުންޑް ފްލޯގެ މައި ދޮރޯށިން ވަދެގެން ދިޔައިރު ކަނާތް ފަރާތުގައި ހުރީ ރިސެޕްޝަނެވެ. ކުރިމަތީގައި ހުރީ ލޮބީ އޭރިއާ އެވެ. ވާތް ފަރާތުގައި ހުރީ ރެސްޓޯރެންޓެވެ. އެތަން ވަށައިގެން ހުރީ ފްރެންޗް ސްޓައިލް ދޮރުތައް ބަހައްޓައިފަ އެވެ. އެހެންވެ ކާން ތިބޭއިރު ވަށައިގެންވާ ގަސްތަކާއި މޫދު ފެންނާނެ އެވެ. ކުރެވޭނީ އަތިރިމަތީގެ އިހުސާސްތަކެވެ.

"ވާއު އިން" ގެ ރެސްޓޯރެންޓް
"ވާއު އިން" ގެ ރެސްޓޯރެންޓް

"ވާއު އިން" ގެ ރެސްޓޯރެންޓް

ފުރަތަމަ ބުރި ހާއްސަކޮށްފައިވަނީ ކޮޓަރިތަކަށެވެ. މި ބުރީގެ ކޮންމެ ކޮޓަރިއެއްގައި ރަނގަޅު ސައިޒެއްގެ ބެލްކަނީއެއް ހުރެ އެވެ. އެތަނުގައި ކޮފީ ޓޭބަލް ބަހައްޓާފައި ހުރެ އެވެ. ބެލްކަނީގެ ދޮރު ހުޅުވާލުމާ އެކު ވަށައިގެންވާ ބޯގަސްތަކުގެ ވިއު ފެންނާނެ އެވެ. ކުރެވޭނީ ބާޑް ހައުސްއެއްގައި ހުރެވޭ ކަހަލަ އިހުސާސެކެވެ. ކޮޓަރިތަކުގައި ހުރީ ލަގްޒަރީ ފިނިޝް އެކެވެ. ކޮޓަރީގައި ލާފައިވާ ކުލަ އާއި ބެޑް ލިނެން އިން ފެންނަނީ ހުދާއި އަޅިކުލައިގެ ތާޒާކަމެވެ. ކޮންމެ ފާހާނައެއްގައި ރެއިން ޝަވާއެއް ލާފައިވާ ޝަވާ ކިއުބިކަލްއެއް ހުރެ އެވެ. ގުދުރަތީ އައްޔާއި ވައި ވަންނާނެ ކުޑަދޮރުތައް ހުރެ އެވެ. ކޮޓަރީގައި ކޭބަލް ޓީވީ ހުރެ އެވެ. ރޫމް ސާވިސް ލިބެ އެވެ. ޑެއިލީ ހައުސްކީޕީންގެ ހިދުމަތްދެ އެވެ. ފްރީ ވައިފައި ހުރެ އެވެ.

ޖާގަ ތަނަވަސް ކޮޓަރިތަކުގެ ތެރޭގައި އާއިލާތަކަށް ހާއްސަ ބޮޑު ސައިޒުގެ ފެމިލީ ރޫމެއް ހުރެ އެވެ. ތުއްތު ކުދިން ގޮވައިގެންދާ ނަމަ ބޭބީ ކޮޓް ފޯރުކޮށްދޭނެ އެވެ. ހުރިހާ ކޮޓަރިތަކުގެ ތެރެއިން ވެސް އެންމެ ހިތްގައިމީ ޓެރަހުގައި ހަދާފައިވާ ރޫމެވެ. މިއީ ހަނީމޫން ކަޕުލްސްއަށް ވަރަށް ކަމުދާ ތަނަކަށް ވާނެ އެވެ. މި ރޫމް ނަގައިފި ނަމަ ހިތްގައިމު ޓެރަސް ހިތަކަށް ލިބޭނެ އެވެ.

މި ހޮޓަލުގެ އެންމެ ހިތްގައިމު ތަނަކީ ޓެރަހެވެ. ކުރިމަގުގައި ޖޫސް ބާ އަކަށް ބަދަލުވެގެންދާނެ ޓެރަހުގައި މިހާރު ވެސް ކޮފީ ޓޭބަލް އާއި ސަން ޑެކް ހުރެ އެވެ. އެތަނުގެ އެންމެ ހާއްސަ ކަމަކީ ވިއު އެވެ. މުޅި ރަށް ފެންނާނެހެން އައިލެންޑް ވިއުއެއް އަދި ކެޔޮދޫ ކަނޑުއޮޅީގެ ފެންނާހެން ސީ ވިއު އެއް ލިބެ އެވެ. އެތަނުގައި ތިބޭއިރު މުޅި ވާވު އަތޮޅަށް މަޝްހޫރު ޝިޕްރެކް ފެންނާނެ އެވެ. އެތަން އޮންނަނީ އިރުއަރާ ގަޑި އާއި އިރުއޮއްސޭ ގަޑީގެ ރަން އަލި އަދި ހަނދުވަރޭރޭ ރިހި އަލިން ޖަރީވެފަ އެވެ. އެ ޓެރަހަކީ ހެނދުނު ގަޑީގައި ފޮތެއް ކިޔާލަން، މެންދުރުގަޑީގައި އަވީގައި ޖެހިލަން، އިރުއޮއްސޭ ގަޑީގައި ޑްރިންކެއް ބޯލަން ނުވަތަ ރޭގަނޑު ކެންޑްލްލައިޓް ޑިނާއެއް ނަގާލަން އެއް ވަނަ އެވެ.

"ވާއު އިން" ގެ ޓެރަސް
"ވާއު އިން" ގެ ޓެރަސް

"ވާއު އިން" ގެ ޓެރަސް

މި ހޮޓަލުގެ ދެންމެ އެންމެ ހާއްސަ ކަމަކީ ލޮކޭޝަނެވެ. ތަން ހުންނަނީ މައި އާބާދީއާ ދުރުގައި ކަމުން މި ހޮޓަލުގައި ތިބޭއިރު ކުރެވޭނީ، މުޅި ދުނިޔެއަށް މަޝްހޫރު ރާއްޖޭގެ ކޮންސެޕްޓެއް ކަމަށްވާ ވަން އައިލެންޑް ވަން ރިސޯޓް އިހުސާސްތަކެވެ. ހޮޓަލުގެ ކުރިމަތީގައި އޮންނަ ރުށްގަސް "ބަގީޗާ" އަކީ ސިކުނޑީގެ ހުރިހާ ރިހުމެއް ފިލުވައިދޭނެ ފަދަ ތަނެކެވެ. އެތަނުގައި ތިބޭއިރު އިވޭނެ އަޑަކީ ފުށްޓަރަށް ރާޅުބިންދާލާ އަޑެވެ. ނޫނީ ވަޔާ ގަސްތައް ތެޅޭ އަޑެވެ. އެ ހުރިހާ އަޑެއް އެއްވެ ތަނަށް ވެރިވެފައި އޮންނަނީ ގުދުރަތީ މިއުޒިކެކެވެ.

"ވާއު އިން" އަށް އަންނަން ބޭނުންވާ މީހުންނަށް ޓްރާންސްޕޯޓް ހަމަޖައްސަން ދެ ގޮތެއް އޮންނާނެ އެވެ. އެއީ މި ރަށަށް އޮޕަރޭޓްކުރާ ދެ ލޯންޗު ސެކްޝަނުން ކުރެ ތަނަކުން ބުކިން ހެއްދުން ނުވަތަ ރޫމް ބުކްކުރާއިރު ހޮޓާ މެދުވެރިކޮށް ޓްރާންސްޕޯޓާ ހަމަޖެއްސުމެވެ.

މިތަނުގައި ބެޑް އެންޑް ބްރެކްފާސްޓް، ފުލްބޯޑް އަދި ރޫމް އޮންލީކޮށް ވެސް ކޮޓަރި ލިބެ އެވެ. މިތަނުގެ ކެއުން ވެސް ރަނގަޅެވެ. ބްރެކްފަސްޓް، ލަންޗް އަދި ޑިނާ ބުފޭގައި ކޮންޓިނެންޓަލް އަދި ދިވެހި ކެއުންތައް ހުރެ އެވެ. ދިވެހި ރަހަތައް ތަޖުރިބާކޮށްލަން ބޭނުންވާ ބޭރު މީހުންނަށް އެ ފުރުސަތު އޮވެ އެވެ. ހަށިގަނޑަށް ބަލައިގެން އުޅޭ ނަމަ އެފަދަ ކެއުންތައް ވެސް ބުފޭގައި ހުރެ އެވެ. ކައްކަނީ ދިވެހި އަންހެނުންނެވެ.

"ވާއު އިން" ގެ ވިއު
"ވާއު އިން" ގެ ވިއު

"ވާއު އިން" ގެ ވިއު

"ވާއު އިން" އަށް އަންނަން މީހުންނަށް އެކްސްކާޝަންގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ. މަޝްހޫރު ވާވު ޝިޕްރެކް ބަލާލަން ދާން ބޭނުން ހެއްޔެވެ؟ ވާވު އަތޮޅުގެ މަސްވެރިކަން ތަޖުރިކޮށްލަން އިރުއޮއްސޭ ދަޅައިގައި މަހަށް ޖައްސާލާ ހިތްވޭ ހެއްޔެވެ؟ މިޔަރު ބަލާލަން ނުވަތަ ސްނޯކްލިން އަށް ޖައްސާލާ ހިތްވޭ ހެއްޔެވެ؟ ނޫނީ ދާން ބޭނުންވަނީ ސޭންޑްބޭންކަކަށް ހެއްޔެވެ؟ އެ ހުރިހާ ކަމެއް ވެސް ކޮށްލެވިދާނެ އެވެ.

ކެޔޮދޫގެ އެންމެ ހިތްފަސޭހަ ހިސާބުގައި، ޒަމާނީ ވަސީލަތްތަކާ އެކު، ބިނާކޮށްފައިވާ "ވާއު އިން" އަކީ އާއިލާ އާއި ރަށްޓެހިންނާ އެކު ނުވަތަ އެކަނި ވިޔަސް، ސިކުނޑި އަށް ޖަމާވެފައިވާ ސްޓްރެސްތައް ދުއްވާލައި ސުލްހަ މަސަލަސްކަމުގެ ތެރޭގައި އަރާމު ޗުއްޓީއެއް ހޭދަކޮށްލަން ކަމުދާނެ ތަނެކެވެ.

"ވާއު އިން" އަށް ދާން ބޭނުން ނަމަ އެތަނުގެ ވެބްސައިޓް ނުވަތަ ބުކިން ޑޮޓް ކޮމް އިން ބުކްކޮށްލެވޭނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

އެމެރިކާއިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި

އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، ރައީސް ޓްރަމްޕްގެ ދެކޮޅުހެދުންތަކާ އެކުވެސް އެގައުމުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ލޯނު ނަގާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ބޮޑުވި ނަމަވެސް، މިއީ އިގްތިސާދީ ހަމަޖެހުމަށްޓަކައި އެޅި ޒިންމާދާރު ފިޔަވަޅެއް ކަމަށް ފެޑަރަލް ރިޒާވްއިން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox