ރާއްޖޭގައި ފުރަަތަމަ ފަހަރަށް އެއާޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރަން ފަށައިފި

އެމްއޭސީއެލް އިން މިއަދު ފެށި އެއާޓްރެފިކް ކޮންޓްރޯލަރުންގެ ތަމްރީނުގެ ބައިވެރިންނާއި އިންސްޓްރަކްޓަރުން ފޮޓޯއަކަށް ހުއްޓިގެން

އެމްއޭސީއެލް އިން މިއަދު ފެށި އެއާޓްރެފިކް ކޮންޓްރޯލަރުންގެ ތަމްރީނުގެ ބައިވެރިންނާއި އިންސްޓްރަކްޓަރުން ފޮޓޯއަކަށް ހުއްޓިގެން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމްއޭސީއެލުން ބުނީ މީގެ ކުރިން އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ރާއްޖޭން ބޭރަށް މީހުން ފޮނުވައިގެން ހަދާ އެ ތަމްރީނުތައް މިއަދު ރާއްޖޭގައި ފެށީ މެލޭޝިއާގެ މާހިރެއްގެ އެހީގައި ކަމަށެވެ.

އެމްއޭސީއެލްގެ ކޮމިއުނިކޭޝަން މެނޭޖަރު ޝަމްއާން ޝާކިރު "އަދަދު"އަށް ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރަން އެކުންފުނިން މިއަދު ފެށި ޕްރޮގްރާމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އައިކާއޯއިން ވެސް ބަލައިގެންފައިވާ ޕްރޮގްރާމެއް ކަމަށެވެ. މިއަދު ފެށި ތަމްރީނުގައި ބައިވެރިވެރިވީ މިހާރުވެސް ވަޒީފާގައި ތިބި އަށް މީހެކެވެ.

އެކަމަކު ކުރިއަށް އޮތް ތަނުގައި ގާބިލުކަން އިތުރުކޮށް، އިތުރު މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން މި ތަމްރީނުތަކަކީ ވަރަށް ހަރަދުބޮޑުކޮށް، ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރަން އެމްްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރާވާފައިވާ ޓަވަކޮންޓްރޯލް ތަމްރީނާއި އާ ރަންވޭއަށް އަހުލުވެރިވުމުގެ ތަމްރީނު، ރާއްޖޭން ބޭރުގައި ކުރިއަށް ގެންދާ ނަމަ ހަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

އެއީ 22 މުވައްޒަފުން ތަމްރީނުކުރުމަށެވެ.

" މި ދެ ތަމްރީނު ރާއްޖޭން ބޭރުގައި ކުރިއަށް ގެންދާ ނަމަ އެއީ 6.9 މިލިޔަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

ތަމްރީނުތައް ރާއްޖޭގައި ކުރިއަށް ގެންދާ ނަމަ ހިނގާނެ ހަރަދަކީ ހަމަ އެކަނި އިންސްޓްރަކްޓަރުންނަށް ދޭން ޖެހޭ އުޖޫރައަަށް ހިނގާ ހަރަދެވެ. އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރުމަށް ބޭނުންވާ ސިމިއުލޭޓާ އެމްއޭސީއެލުން ގާއިމްކުރީ ހަތަރު މިލިޔަން ރުފިޔާ ހަރަދުކޮށްގެންނެވެ.

އެ ސިމިއުލޭޓާ ގާއިމްކޮށް، ތަމްރީނުކުރުމުގެ ގާބިލުކަން ހޯދީ އެމްއޭސީއެލް އިން އަބަދުވެސް މުވައްޒަފުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ މަސައްކަތް ކުރަން ޖެހޭނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox