ނިއު ދިއްލީއަށް އާދަޔާ ހިލާފަށް ފިނި ގަދަވެއްޖެ

ނިއު ދިއްލީއަށް އާދަޔާ ހިލާފަށް ފިނި ގަދަވުމުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ވަންނާނެ ގެދޮރެއް ނެތި މަގުމަތީގައި ދިރިއުޅޭ މީހުންނަށް. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީއަށް އާދަޔާ ހިލާފަށް ފިނި ގަދަވުމުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ވަންނާނެ ގެދޮރެއް ނެތި މަގުމަތީގައި ދިރިއުޅޭ މީހުންނަށް. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 30) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް އާދަޔާ ހިލާފަށް ފިނި ގަދަވެ، ވަންނާނެ ގެދޮރެއް ނެތި މަގުމަތީގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައެއް މީހުން މަރުވެއްޖެ އެވެ.

ގާތްގަނޑަކަށް 20 މިލިއަން މީހުން ދިރިއުޅޭ މެގަސިޓީގައި އަހަރުގެ އެކި ދުވަސްވަރު އެކި ކަހަލަ މޫސުމީ އަސަރުތައް ކުރެ އެވެ. އެގޮތުން އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި ކުއްލިއަކަށް ބޯކޮށް ވާރޭ ވެހުމާއި ވައި ތަގައްޔަރުވުމުގެ މައްސަލަ ފާހަގަކުރެވެ އެވެ.

މި ޖެނުއަރީ މަހަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރެކޯޑް ކުރި އެންމެ ފިނި ގަދަ ޖެނުއަރީ މަހެވެ. އޭގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަނީ ފަގީރުންނަށެވެ.

"ވަރަށް ބޮޑަށް އެބަ ފިނިވޭ، އެއީ ހަގީގަތެއް،" މަގުމަތީގައި ޓެންޓެއް ޖަހައިގެން ދިރިއުޅޭ އުމުރުން 30 އަހަރުގެ މުކޭޝް އޭއެފްޕީއަށް ބުންޏެވެ.

މުކޭޝް އާއި މަގުމަތީގައި ދިރިއުޅޭ އެހެން ބައެއް މީހުން ފިނިން ސަލާމަތްވުމަށް އަލިފާންގަނޑެއް ރޯކޮށް، ވަށައިގެން ވަރަށް ގިނައިރު ކޮންމެ ދުވަހަކު ވެސް ތިބެ އެވެ. އެއީ މި މަހު ވަރަށް ގިނައިން މުޅި ދިއްލީއިން ވެސް ފެންނަމުންދާ މަންޒަރެއް ކަމަށް އޭއެފްޕީއިން ބުންޏެވެ.

މުކޭޝް، އިތުރު ބަޔަކާ އެކު އަލިފާންގަނޑެއް ކައިރީގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ
މުކޭޝް، އިތުރު ބަޔަކާ އެކު އަލިފާންގަނޑެއް ކައިރީގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

މުކޭޝް، އިތުރު ބަޔަކާ އެކު އަލިފާންގަނޑެއް ކައިރީގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

"މިދިޔަ 10 ދުވަހު ވަރަށް ބޮޑަށް ފިނިވި، ވަކިން ހާއްސަކޮށް މިދިޔަ ހަފްތާގައި، އިރުގެ އަލިކަން ލިބުނީ ވަރަށް މަދުން. ފިނިން ސަލާމަތް ވާން އަހަރުމެން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ، އެހެންވެ އެއީ މި ދުވަސްވަރު ވަރަށް ވިސްނަން ޖެހޭ ކަމެއް،" މުކޭޝް ބުންޏެވެ.

ދިއްލީގެ މަގުމަތީގައި ދިރިއުޅޭ މީހުންނާ ގުޅޭ ފަހުގެ ތަފާސްހިސާބެއް ނެތެވެ. ނަމަވެސް އިންޑިއާގެ 2011 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ސިޓީގައި 47،000 މީހުން ދިރިއުޅެނީ މަގުމަތީގަ އެވެ.

ނަމަވެސް އެކްޓިވިސްޓުން ބުނާ ގޮތުގައި ހަގީގީ އަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރު ވާނެ އެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި ބޯހިޔާވަހިކަން ނެތް މީހުންނަށް ހާއްސަ މަރުކަޒުތަކުގެ ކެޕޭސިޓީއަކީ އެންމެ 9،300 މީހުންނެވެ.

ސެންޓާ ފޯ ހޮލިސްޓިކް ޑިވެލޮޕްމަންޓްގެ ސުނިލް ކުމާރް އަލޭދިއާ ބުނީ އާދަޔާ ހިލާފަށް ފިނި ގަދަވުމުގެ ސަބަބުން އެ ސިޓީއިން މި މަހު 176 މީހުން މަރުވެފައިވާ ކަމަށެވެ.

"އިންތިހާއަށް ފިނިވަމުން ދާތީ، މަގުމަތީގައި ދިރިއުޅޭ ގިނަ ބަޔަކު މަރުވޭ،" އޭނާ ބުންޏެވެ.

މަގުމަތީގައި ދިރިއުޅޭ މީހުންތަކެއް. -- ފޮޓޯ: އުގޮލިނީ
މަގުމަތީގައި ދިރިއުޅޭ މީހުންތަކެއް. -- ފޮޓޯ: އުގޮލިނީ

މަގުމަތީގައި ދިރިއުޅޭ މީހުންތަކެއް. -- ފޮޓޯ: އުގޮލިނީ

އިންޑިއާގެ މޫސުމާ ބެހޭ ބިޔުރޯއިން ނޫސްތަކަށް ބުނީ އެހެން އަހަރުތަކުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު، މި އަހަރު ފިނިހޫނުމިން ހުރީ 2-6 ޑިގްރީ ސެލްސިއަސް ދަށުގައި ކަމަށެވެ.

"މިއީ އާދައިގެ ހާލަތެއް ނޫން،" ބާރްތީ އިންސްޓިޓިއުޓް އޮފް ޕަބްލިކް ޕޮލިސީގެ އަންޖަލް ޕްރަކާޝް ބުންޏެވެ.

އޭނާ ލަފާކުރި ގޮތުގައި މޫސުމީ ގޮތުން އާދަޔާ ހިލާފު ކަންކަން ފާހަގަވުން ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް އިތުރުވެ، އަންނަ ބަދަލުތަކުގެ އަސަރު ވެސް ބޮޑުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox