ލަވަކިޔުންތެރިޔާ ކްރިސް ބްރައުންއަށް ރޭޕްގެ ތުހުމަތު

ލަވަކިޔުންތެރިޔާ ކްރިސް ބްރައުން. -- ފޮޓޯ: އޭއެފްޕީ

ލަވަކިޔުންތެރިޔާ ކްރިސް ބްރައުން. -- ފޮޓޯ: އޭއެފްޕީ

ލޮސް އެންޖެލިސް، އެމެރިކާ (ޖެނުއަރީ 29) - ލަވަކިޔުންތެރިޔާ ކްރިސް ބްރައުންއަށް ރޭޕްގެ ތުހުމަތުކޮށް، ކެލިފޯނިއާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފި އެވެ.

ކޯޓު ލިޔުންތަކުގައި ޖޭން ޑޯގެ ނަމުން އިޝާރާތްކޮށްފައިވާ އަންހެނަކު ތުހުމަތު ކުރީ ރެޕް އާޓިސްޓްސް ޑިޑީ ފްލޮރިޑާގައި ދިރިއުޅޭ ގޭގައި އޮތް ޔޮޓެއްގައި ކްރިސް ބްރައުން އޭނާއަށް މަސްތުވާތަކެތި ދީގެން، ރޭޕްކުރި ކަމަށެވެ.

ބަދަލުގެ ގޮތުގައި 20 މިލިއަން ޑޮލަރު ހޯދަން އޭނާ ވަނީ ދައުވާކޮށްފަ އެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން ކޮރިއޯގްރާފް ކުރުމާއި، ނެށުން އަދި މޮޑެލް ކުރުމާއި މިއުޒިކަލް އާޓިސްޓެއްގެ ގޮތުގައި އުޅޭ އަންހެން މީހާ ޑިސެމްބަރު 30، 2020 ވަނަ އަހަރު މަޔާމީއަށް ދިޔުމާ އެކު ޔޮޓަށް ދާން ދައުވަތު ދިނީ ކްރިސް ބްރައުން އެވެ.

އަންހެން މީހާ ތުހުމަތު ކުރިގ ގޮތުގައި ޔޮޓުގައި އޭނާއަށް ދިން ރާ ތަށި ބޮއެގެން "ބޯ އަނބުރާ ގޮތްވެ، ގައިން ވަރުދާން ފެށި" ކަމަށެވެ. އޭގެ ފަހުން ކޮޓަރިއަކަށް ގެންގޮސް، ރޭޕްކުރީ ކްރިސް ބްރައުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ގާނޫނީ ވަކީލުން އެރިއެލް މިޗެލް އަދި ޖޯޖް ވްރެބެކް ޓީއެމްޒީ ނޫހަށް ވިދާޅުވީ ހާދިސާ ހިނގުމުން ވަގުތުން ފުލުހުންނަށް އަންގާފައި ނުވަނީ އަމާޒުވެދާނެ ފާޑުކިޔުމަކަށް ބިރުން ކަމަށެވެ.

ރޭޕްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަދަނީ ދައުވާއެއް އުފުލާފައި ވާއިރު، ޖިނާއީ ދައުވާއެއް އުފުލާނެކަން އަދި ސާފެއް ނޫނެވެ.

ތުހުމަތު ފެންމަތިވުމާ އެކު ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ކްރިސް ބްރައުން އިންސްޓަގްރާމް މެދުވެރިކޮށް ބުނީ އެއީ ދޮގެއް ކަމަށާއި "މިޔުޒިކް ނުވަތަ ޕްރޮޖެކްޓެއް ފަށަން އުޅޭ ކޮންމެ ފަހަރަކު" މި ކަހަލަ ކަމެއް ހިންގާ ކަމަށެވެ.

މީގެ ކުރިން ކްރިސް ބްރައުންގެ މައްޗަށް ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ ރިއާނާއަށް އަނިޔާކުރި ކަމަށް ސާބިތުވެފަ އެވެ. ރިއާނާއަށް ލިބިފައި ހުރި އަނިޔާތަކުގެ ސަބަބުން 2009 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްގައި ވެސް ބައިވެރިއެއް ނުވެވުނެވެ.

އޭގެ އިތުރުން ޕެރިސްގެ ލަގްޒަރީ ހޮޓަލެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރި އެވެ. ނަމަވެސް ރަސްމީކޮށް ދައުވާ އުފުލާފައެއް ނުވެ އެވެ. އެ ފަހަރު ވެސް ކްރިސް ބްރައުން ބުނީ އެއީ ދޮގު ތުހުމަތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox