ބަގްދާދް އެއާޕޯޓަށް ރޮކެޓް ހަމަލާތަކެއް، ދެ ބޯޓަށް ގެއްލުންވެއްޖެ

ބަގްދާދް އެއާޕޯޓަށް ފޮނުވި ރޮކެޓް ހަމަލާއެއްގައި ބޯޓަކަށް ގެއްލުންވެފައި. -- ފޮޓޯ: އޭއެފްޕީ

ބަގްދާދް އެއާޕޯޓަށް ފޮނުވި ރޮކެޓް ހަމަލާއެއްގައި ބޯޓަކަށް ގެއްލުންވެފައި. -- ފޮޓޯ: އޭއެފްޕީ

ބަގްދާދް، އިރާގް (ޖެނުއަރީ 28) - އިރާގުގެ ވެރިރަށް ބަގްދާދްގެ އެއާޕޯޓަށް ހުކުރު ދުވަހު ފޮނުވި ހަ ރޮކެޓް ހަމަލާގައި ދެ ބޯޓަށް ގެއްލުންވެއްޖެ އެވެ.

އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ބުނީ ރޮކެޓްތައް އަމާޒުވީ ބަގްދާދް އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ނުވަތަ ޕާކިން ސަރަހައްދަށް ކަމަށެވެ. އެ ހަމަލާތަކުގައި ދެ ބޯޓަށް ވަނީ ގެއްލުންވެފަ އެވެ.

ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.

އިރާގީ އެއާވޭޒްއިން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ފޮޓޯތަކުން ފެންނަނީ ބޯޓެއްގެ ކުރީކޮޅަށް ރޮކެޓް ހަމަލާއެއް އަރައި، ލޯވަޅެއް އެޅިފައިވާ މަންޒަރެވެ. ނަމަވެސް އެއީ މިހާރު ބޭނުން ނުކުރާ ބޯޓެއް ކަމަށާއި ހަމަލާގެ ސަބަބުން އެއްވެސް ދަތުރަކަށް ހުރަސް ނޭޅޭ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ފަހަކަށް އައިސް ބަގްދާދްގެ ގްރީން ޒޯންގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ފޮނުވާ ރޮކެޓް އަދި ޑްރޯން ހަމަލާތައް ވެސް ވަނީ އިތުރުވެފަ އެވެ. އޭގެ އިތުރުން އެއާޕޯޓުގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް ފެސިލިޓީ އާއި އެމެރިކާ ސިފައިން އިރާގުގައި ތިބޭ މަރުކަޒުތަކަށް ދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފަ އެވެ.

ހަމަލާތަކުގެ ޒިންމާ އެއްވެސް ބަޔަކު އާއްމު ގޮތެއްގައި ނުނަގަ އެވެ. ނަމަވެސް ތުހުމަތު ކުރެވެނީ އިރާނަށް ތާއީދު ކުރާ ގްރޫޕްތަކާއި އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓުންނަށެވެ.

ފާއިތުވި ހަފްތާތަކުގައި އިރާގުގެ ސިޔާސީ މީހުންނަށް އަމާޒުކޮށްދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ގްރެނޭޑް ބޮމުގެ ހަމަލާތަކުގެ އިތުރުން ސިޔާސީ މީހެއްގެ ގޭ ކައިރިއަށް ދިން ރޮކެޓް ހަމަލާއެއް ފާހަގަކުރެވެ އެވެ.

އެމެރިކާގެ ފައުޖުން އިރާގުގައި ހިންގާ އޮޕަރޭޝަން ރަސްމީކޮށް ނިންމާލީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެއީ އިރާގު ސަރުކާރުން އެމެރިކާ ސިފައިންގެ އެހީއާ އެކު އައިއެސްގެ މައްޗަށް ކުރި ހޯދިތާ ހަތަރު އަހަރު ފަހުންނެވެ.

ނަމަވެސް އިރާގު ސިފައިންނަށް ތަމްރީން ދީ، އެހީވެ ހެދުމަށް އެމެރިކާގެ 2،500 ސިފައިންނާއި ބައިނަލްއަގްވާމީ އަސްކަރީ ކޯލިޝަނުގެ 1،000 ސިފައިން އެ ގައުމުގައި އަދިވެސް އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox