އައިއޯއައިޖީ އަށް ގައުމީ ބެޑްމިންޓަން ޓީމު ކްލަބްތަކާ ގުޅިގެން އެކުލަވާލަނީ

Jan 28, 2022, 8:38 AM
އެންމެ ފަހުން ބޭއްވި ބެޑްމިންޓަންގެ މިކްސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެންމެ ފަހުން ބޭއްވި ބެޑްމިންޓަންގެ މިކްސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މަޑަގަސްކަރާގައި އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ކްލަބްތަކާ ގުޅިގެން ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލުމުގެ މަޝްވަރާތަކެއް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކުރިއަށް ގެންގޮސްފި އެވެ.

މި މަހު 22 ވަނަ ދުވަހު ބީއޭއެމުން ވަނީ ބެޑްމިންޓަންގައި އެންމެ ހަރަކާތްތެރި ކްލަބްތަކާ ބައްދަލުކޮށް، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރަން ވަރުގަދަ ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލާނީ ކްލަބްތަކާ ގުޅިގެން ކަމަށް ބުނެފަ އެވެ.

އެ ގޮތުން ކްލަބްތަކުން ވެސް ގައުމީ ޓީމުގެ ޓްރަޔަލްގައި ބައިވެރިވެ، ހުރިހާ ކްލަބެއް ޝާމިލުވާ ގޮތަށް އެންމެ ރަނގަޅު ގައުމީ ޓީމެއް އެކުލަވާލުމަަށް ވަނީ ތާއީދުކޮށްފަ އެވެ. ވަރުގަދަ ގައުމީ ޓީމެއް އެކުލަވާލުމުގެ ޓާގެޓްގައި ބެޑްމިންޓަން ކްލަބްތަކާއި އެކެޑަމީތަކުން ބީއޭއެމާ ގުޅިގެން މަސައްކަތްކުރާއިރު އެއް އަމާޒެއްގައި ކުރިއަށް ދިއުމަށް ބީއޭއެމުން ވަނީ ވަރަށް ބޮޑު އިލްތިމާސެއް ކޮށްފަ އެވެ.

ބީއޭއެމް އިން ކްލަބްތަކާ އެކުގައި ބޭއްވި ބައްދަލުވުމަށް ފަހު.

ބެޑްމިންޓަން އެސޯސިއޭޝަނާ އެކު މި ބައްދަލުވުމުގައި ބައިވެރިވި ކްލަބްތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސީއެސް ސްޕޯޓްސްގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބް ހިމެނެ އެެވެ. މީގެ ތެރެއިން ރިވައިވަލް ސްޕޯޓްސް ކްލަބުން އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީއާ އެކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ.

އައިއޯއައިޖީ އަކީ ބެޑްމިންޓަން އެސޯސިއޭޝަނުން ކޮންމެ ފަހަރަކު ވެސް ދުރާލާ ޕްލޭންތަކެއް ހަދައިގެން ބައިވެރިވާ މުބާރާތެކެވެ. އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ އައިމިނަތު ނަބީހާ ވަނީ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ބެޑްމިންޓަނުން މިދިޔަ އަހަރުތަކުގައި ވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ރުހުން ލިބިފައިވާ މުބާރާތްތަކުގައި ވެސް ރަން މެޑަލް ހޯދައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން 2023 ވަނަ އަހަރުގެ އައިއޯއައިޖީގައި ކްލަބްތަކާ ގުޅިގެން ގައުމީ ޓީމެއް އެކުލަވާލުމުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ގޭމްސްގައި ޓީމު އިވެންޓް ބައިން ރަން މެޑަލެއް ހޯދުމެވެ. މީގެ ކުރިން ޓީމު އިވެންޓް ބައިން ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމުން ވަނީ ރިހި މެޑަލާއި ލޯ މެޑަލް ހާސިލްކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox