ޓްވިޓާއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށް ތުހުމަތުކޮށްފި

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 27) - ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަން އިންޑިއާ ސަރުކާރަށް ޓްވިޓާއިން އެހީވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ތުހުމަތު ކުރައްވައިފި އެވެ.

ޓްވިޓާގެ ސީއީއޯއަށް ފޮނުވި ސިޓީއެއްގައި ރާހުލް ވިދާޅުވީ އެމަނިކުފާނުގެ ޓްވިޓާ އެކައުންޓަށް މީހުން ފޮލޯކުރިން "ކުއްލިއަކަށް" މިދިޔަ އޯގަސްޓް މަހު ހުއްޓުނު ކަމަށެވެ. އެގޮތުން މަހަކު އެވްރެޖުކޮށް އެތައް ހާސް ބަޔަކު ފޮލޯ ކުރަމުން ދަނިކޮށް، ކުއްލިއަކަށް ސުމަކަށް ވެއްޓުނު ކަމަށް ވިދާޅުވި އެވެ.

"ޓްވިޓާގެ އިންޑިއާ އޮފީހުގެ މީހުންގެ ފަރާތުން ސިއްރުން ލިބުނު ޔަގީން މައުލޫމާތު އެނގުނީ އަޅުގަނޑުގެ އަޑު ކަނޑުވާލަން ސަރުކާރުން އެ މީހުންނަށް އިންތިހާއަށް ޕްރެޝަރު ކުރަމުންދާކަން،" ޑިސެމްބަރު 27 ވަނަ ދުވަހު ފޮނުވި ސިޓީގައި ރާހުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ނޭނގުމެއްގެ ތެރޭގައި ޓްވިޓާއިން ބައިވެރިވަނީ ހިޔާލު ފާޅުކުރުމަށް ހުރަސް އެޅުމުގައި" ކަމަށާއި އިންޑިއާގައި "ހުދުމުހުތާރް ވެރިކަމެއް ފުޅާކުރަން ޓްވިޓާއިން އެހީނުވާނެކަން ކަށަވަރު ކުރުމަކީ ކުންފުނީގެ ބޮޑު ޒިންމާއެއް" ކަމަށެވެ.

އިދިކޮޅު ފިކުރު ނައްތާލަން ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށޤ އަބަދުވެސް ތުހުމަތު ކުރެވެ އެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެ އެވެ.

މި ހަފްތާގައި ޓްވިޓާއިން ބުނީ ކޮންޓެންޓް ނަގައިދިނުމަށް އެދި ހަތަރު ވަނަ އަށް އެންމެ ގިނައިން އެ ކުންފުނީގައި އެދެނީ އިންޑިއާ ސަރުކާރުން ކަމަށެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޖަޕާން، ރަޝިއާ އަދި ތުރުކީ އެވެ. ޗައިނާ އާއި އުތުރު ކޮރެއާއިން އޮންނަނީ ޓްވިޓާ ބްލޮކްކޮށްފަ އެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒް އިން ބުނީ މިދިޔަ އަހަރު އިންޑިއާގެ ދަނޑުވެރިން ކުރި މުޒާހަރާތަކާ ދިމާކޮށް ސޯޝަލް މީޑިއާގައި ކޮންޓެންޓް ސެންސަރު ކުރުމަށް އިންޑިއާ ސަރުކާރުން އެޅީ ހައިރާންވާހާ ބޮޑެތި ފިޔަވަޅުތަކެއް ކަމަށެވެ.

އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުމަކީ ވެސް އިންޑިއާ ސަރުކާރުން ވަރަށް ގިނައިން ކުރާ ކަމެކެވެ. އެގޮތުން އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގައި 2019 ވަނަ އަހަރު ހިންގި ބޮޑު ސެކިއުރިޓީ އޮޕަރޭޝަނަކާ ދިމާކޮށް، މަސްތަކެއް ވަންދެން އެތަނުން އިންޓަނެޓް ކަނޑާލި އެވެ.

މިދިޔަ އަހަރު ސަރުކާރުން ތައާރަފް ކުރި އާ ގަވާއިދެއްގެ ދަށުން އިންޑިއާގެ އިސްތިގްލާލާއި، ދައުލަތުގެ ސަލާމަތާއި، އާއްމު މަސްލަހަތަށް ހުރަސް އެޅޭ ފަދަ ޕޯސްޓެއް ދައުރުވާ ނަމަ، އެ ޕޯސްޓް ރިމޫވްކޮށް، އެންމެ ފުރަތަމަ ޕޯސްޓް ކުރީ ކާކުތީ ބަލަން ސޯޝަލް މީޑިއާ ކުންފުނިތަކަށް މަޖުބޫރުވެ އެވެ.

އެ ގަވާއިދަކީ ސަރުކާރަށް ފާޑުކިޔާ މީހުންނާ ދެކޮޅަށް ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް ބުނެ، ސޯޝަލް މީޑިއާ ކުންފުނިތަކާއި އެކްޓިވިސްޓުން ވަނީ ގަވާއިދު ބާތިލްކުރުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ކޮންގްރެސް ޕާޓީގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ރާހުލްގެ ސިޓީއަށް ޓްވިޓާއިން ޖަވާބުދިންތާ ދެ ދުވަސް ތެރޭގައި އެމަނިކުފާނުގެ ފޮލޯވަރުންގެ އަދަދު ކުއްލިއަކަށް 100،000 އިން އިތުރުވި ކަމަށެވެ.

ޓްވިޓާގެ ތަރުޖަމާނަކު އޭއެފްޕީއަށް ވިދާޅުވީ އެ ޕްލެޓްފޯމްގައި ފޮލޯ ކުރާ މީހުންގެ އަދަދުތައް ބަދަލުވަނީ ޕްލެޓްފޯމްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށާއި ސްޕޭމްއާ ދެކޮޅަށް ކޮންމެ ހަފްތާއަކު ވެސް އެތައް މިލިއަން އެކައުންޓެއް ނައްތާލަމުން ދާތީ ކަމަށެވެ.

"ބައެއް އެކައުންޓްތަކަށް ވަރަށް ކުޑަ ބަދަލެއް ފާހަގަވި ނަމަވެސް، ބައެއް ކޭސްތަކުގައި އެ އަދަދު ވަރަށް ބޮޑު ތަނުން މަތިވެދާނެ."

ޖުމްލަ 75.1 މިލިއަން މީހުން ފޮލޯކުރާ މޯދީއަކީ ޓްވިޓާގައި އެންމެ މަގްބޫލް އެއް ޝަހުސިއްޔަތެވެ. ސަޕޯޓަރުންނާ މުއާމަލާތް ކުރަން ގަވާއިދުން ޓްވިޓާ ބޭނުން ކުރައްވާ އެއް ލީޑަރަކީ ވެސް މޯދީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox