މަހުލޫފްގެ މައްސަލަ ބައްލަވާ ގާޒީ ތާނާޒުލުވާން ޖެހޭ ސަބަބެއް ނެތް ކަމަށް އަންގައިފި!

ކްރިމިނަލް ކޯޓު: ޕީޖީ އޮފީހުން ދެކޭ ގޮތުގައި ގާޒީ ތަނާޒުލްވާންޖެހޭ ސަބަބެއް ނެތް -- ފޮޓޯ: އަދަދު ފައިލް

ކްރިމިނަލް ކޯޓު: ޕީޖީ އޮފީހުން ދެކޭ ގޮތުގައި ގާޒީ ތަނާޒުލްވާންޖެހޭ ސަބަބެއް ނެތް -- ފޮޓޯ: އަދަދު ފައިލް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަން ހަމަޖެހިފައިވާ ގާޒީ އެ މައްސަލައިން ތަނާޒުލުވާންޖެހޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނި ނަމަވެސް، ގާޒީ ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޯޓުން ޕީޖީ އޮފީހަށް އަންގައިފި އެވެ.

އަށާރަވަނަ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި މަހުލޫފް ހިފި ކަމަށް ބުނެ އޭނާގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވެއެވެ.

ޕީޖީ އޮފީހުން "އަދަދު" އަށް ކިޔައިދިން ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތިރިއެއް ކަމަަށް އިއުތިރާފްވި އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ކުރިން، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު މަސައްކަތް ކޮށްފައި ވެއެވެ. އެހެންވެ، އެ ހިޔާނާތާ ގުޅޭ މައްސަލައެއް ބެއްލުވުމަކީ ފަނޑިޔާރުގެ މަސްލަހަތު ފުށުއަރާނޭ ހާލަތެއް ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ ކަމެއްގެ ގޮތުގައި އެ އޮފީހުން ދެކޭތީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

"ޒިޔާތުއަކީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވެ، ފައިސާތައް ބެހުމަށްޓަކައި އެހެން މީހުންނަށް ވާސިލުކޮށްދެމުންދިޔަ މީހާ، އެހެންކަމުން އަބްދުﷲ ޒިޔާތުގެ ވަކީލުގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅަކު މި ސްކީމާ ގުޅުން ހުރި ފައިސާ ލިބިގެން ކުރާ ދައުވާއެއްގެ މައްސަލަ ބެލުމަކީ ފަނޑިޔާރުގެ މަސްލަހަތު ފުށުއެރުމެއް ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމުގައި މި އޮފީހުން ދެކޭތީ،" ގާޒީ މިސްބާހުގެ މަސްލަހަތު ފުށުއަރާކަމަށް ޕީޖީއިން ދެކޭތީ އެ ކަން ކޯޓުގެ ސަމާލުކަމަށް ގެނައުމަށް ފޮނުވި ސިޓީގައި ވެއެވެ.

އެ ސިޓީއަށް ކްރިމިނަލް ކޯޓުން ދިން ޖަވާބުގައި ވަނީ މަހްލޫފްގެ މައްސަލަ ބައްލަވާ ގާޒީގެ މަސްލަހަތު ފުށުއަރާ ސަބަބެއް ނެތްކަމަށް ބަޔާންކޮށްފަ އެވެ.

ގާޒީ މިސްބާހު އެ މައްސަލައިން ތަނާޒުލްވާން ނުޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އިރު ރިޔާއަތްކޮށްފައިވާ ކަންކަން:

  1. މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު، އޭނާ ބަލާ މައްސަލާގައި ހިމެނޭ އެހެން މީހެއްގެ ބައިގެ ތަހުގީގު މަރުހަލާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އެ މައްސަލައެއް ބެލުމަށް އޮތް ހުރަހެއް ނޫންކަމަށް ސުޕްރިމް ކޯޓުން ބެލި މައްސަލައެއްގައި ކަނޑައަޅާފައި ވުން.
  2. މަހުލޫފަށް ކުރާ ދައުވާގައި ޒިޔާތު ހިމެނޭ މުއާމަލާތެއް ނެތުން.
  3. އެ މައްސަލައިގެ ޒިޔާތަކީ ހެއްކެއް ނޫންކަން.
  4. ޒިޔާތުގެ ވަކީލެއްގެ ގޮތުގައި ގާޒީ މިސްބާހު ހަރަކާތްތެރިވީ މުޅިން އެހެން މައްސަލައެއްގައި ކަމާއި، އެ މައްސަލައިގައިވެސް މުޅި ތަހުގީގުގައި ހަރަކާތްތެރިވެފައި ނުވާނޭކަން.
"އަންނަނިވި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ނެތް ކަމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މައުލޫމާތަށްޓަކައި ދަންނަވަން." ކްރިމިނަލް ކޯޓުގެ ސިޓީގައި ވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު، 24 ގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވާއިރު، މިމަހުގެ 19 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލްކުރި އެވެ. ނަމަވެސް އިދާރީ ސަބަބަކަށްޓަކައި އެ އަޑުއެހުން ކެންސަލްކުރިކަމަށް ފަހުން ކޯޓުން އެންގި އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުންތައް ކޮވިޑްގެ ހާލަތުން އާންމު ހާލަތަށް ރުޖޫއަވުމުން ކުރިއަށް ގެންދިއުމަށް މައްސަލަ ބައްލަވާ ގާޒީ ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ޕީޖީއިން ދެކޮޅު ހެދިއިރު، އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ އޭސީސީން ޕީޖީއަށް ފޮނުވިތާ ގިނަ ދުވަސްތަކަކަށްފަހު އެވެ. އަދި އެ މައްސަލައާ ގުޅިގެން މަހުލޫފް ސަސްޕެންޝަންގައި ވެސް ގިނަ ދުވަސްތަކަކު ހުންނެވުމަށްފަހު, އެ ސަސްޕެންޝަން އުވާލާފައި ވަނިކޮށެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox