ފިޓްނެސް ޓްރެއިނަރުން އުފައްދަން ޓީއެފްޖީން ސްކޯލާޝިޕްގެ ފުރުސަތު

ރާއްޖޭގައި ފިޓްނެސް އިންސްޓްރަކްޓަރުންގެ ގޮތުގައި ޒުވާނުން ތަމްރީން ވުމުގެ ފުރުސަތު ހުޅުވާލާ ޓީއެފްޖީން އެކަން އިއުލާނުކޮށްފި-- ފޮޓޯ: ޓީއެފްޖީ

ރާއްޖޭގައި ފިޓްނެސް އިންސްޓްރަކްޓަރުންގެ ގޮތުގައި ޒުވާނުން ތަމްރީން ވުމުގެ ފުރުސަތު ހުޅުވާލާ ޓީއެފްޖީން އެކަން އިއުލާނުކޮށްފި-- ފޮޓޯ: ޓީއެފްޖީ

ޒުވާން ފިޓްނެސް އިންސްޓްރަކްޓަރުން އުފެއްދުމަށްޓަކައި މަޝްހޫރު އެއް ފިޓްނެސް ސެންޓަރު، ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓީއެފްޖީގެ ކޯ ފައުންޑާ އަދި ސީއީއޯ ހުސެން ޒިނާން ވިދާޅުވީ ފިޓްނެސް އިންސްޓަރްކްޓަރަކަށްވުމަށް ބޭނުންވާ ކުދިންނަށާއި ކަސްރަތު ކުރުމާއި ސިއްހީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހުންނަށް މި ސްކޮލާޝިޕްތަކަކީ ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ތައުލީމީ ޒުވާނުންނަށް މި ދާއިރާއިން ކުރިއަށް ދިޔުމުގެ ފުރުސަތުތައް ހޯދައިދޭން. މިކަމުގައި އަޅުގަނޑުގެ 12 އަހަރުގެ ތަޖުރިބާއަށް ބަލާއިރު ބުނެވޭނީ މިއީ ކުރިމަގު އޮތް ރަނގަޅު ދާއިރާއެކޭ. ފުލްޓައިމްކޮށް މަސައްކަތް ކުރަން ބެލިޔަސް މިއީ ހަމަ އާމްދަނީ ހޯދައިގެން ދިރިއުޅުމެއް ބިނާކުރެވޭ ވަރުގެ ރަނގަޅު ދާއިރާއެއް،" ޒިނާން ވިދާޅުވި އެވެ.

"ޓީއެފްޖީ ސްކޯލާޝިޕް"ގެ ނަމުގައި ހުޅުވާލާފައިވާ މި ސްކޯލާޝިޕަށް، އުމުރުން 18-23 ދެމެދުގެ ކޮންމެ ޒުވާނަކަށް ކުރިމަތިލެވޭނެ އެވެ. މި ސްކޯލާޝިޕްގެ ދަށުން ތަމްރީނު ކުރިއަށް ގެންދާ ފަރާތްތަކަށް ލިބޭނީ އިންޓަނޭޝަނަލް އެކްރެޑިޓެޓް ސެޓިފިކެޓްއެއް ހިލެ އެވެ.

މި ސްކޯލާޝިޕަށް ހޮވޭނީ އިންޓަވިއު އާއި އެހެނިހެން ގޮތް ގޮތުން އެންމެ މަތީ މާކްސް ލިބޭ ހަ ބައިވެރިއެކެވެ. އަދި ސްކޯލާޝިޕް ލިބޭ ބައިވެރިން ކޯސް ކާމިޔާބު ކުރުމަށްފަހު ދެ އަހަރު ވަންދެން ޓީއެފްޖީގައި މަސައްކަތް ކުރަން ޖެހޭނެ އެވެ.

ސ
ސ

މިދިޔަ އަހަރު ވެސް ޓީއެފްޖީން ވަނީ މި ސްކޯލާޝިޕް ފުރުސަތު ހުޅުވާލާފަ އެވެ. އެ ޕްރޮގްރާމްގެ ތެރެއިން ހަ ކުދިންނަށް ސްކޯލާޝިޕްގެ ފުރުސަތު ދެވި، އެ ބައިވެރިން މިހާރު ކޯސް ނިންމާފައިވާކަމަށާއި މިހާރު އެކުދިން ޓީއެފްޖީގައި ވަޒީފާ އަދާކުރަމުންދާ ކަމަށް ޓީއެފްޖީން މައުލޫމާތު ދިނެވެ.

"މި ދާއިރާއަށް ވީހާވެސް ގިނަ ކުދިން ނެރެ، ރާއްޖޭގައި މި ދާއިރާއިން ލިބެން ހުރި ފުރުސަތުތައް އެކުދިންނަށް ދައްކުވައި ދިނުން މިކަމުގެ މަގުސަދަކީ" ޒިނާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox