100 މެގަވޮޓްސްގެ ކެޕޭސިޓީގެ ބިޔަ އިންޖީނުގެއެއް ހުޅުމާލޭގައި އަޅަން ތައްޔާރުވަނީ

ސްޓެލްކޯއިން މާލޭގައި ހިންގާ އިންޖީނުގެ: ސްޓެލްކޯއިން ހުޅުމާލޭ ފުރަތަމަ ފިޔަވެހީގައި 100 މެގަވޮޓް ކެޕޭސިޓީގެ އިންޖީނުގެޔެއް ގާއިމްކުރަން ތައްޔާރުވަނީ-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން މާލޭގައި ހިންގާ އިންޖީނުގެ: ސްޓެލްކޯއިން ހުޅުމާލޭ ފުރަތަމަ ފިޔަވެހީގައި 100 މެގަވޮޓް ކެޕޭސިޓީގެ އިންޖީނުގެޔެއް ގާއިމްކުރަން ތައްޔާރުވަނީ-- ފޮޓޯ: ސްޓެލްކޯ

ދިވެހިރާއްޖޭގައި ގާއިމް ކުރާ އެންމެ ބޮޑު ކަރަންޓު އުފައްދާ އިންޖީނުގެ ހުޅުމާލޭގައި ގާއިމް ކުރުމަށްޓަކައި އެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންޓެއް ހޯދުމަށް ސްޓެލްކޯއިން އިއްޔެ އިއުލާނުކޮށްފި އެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ ހުޅުމާލޭގައި ގާއިމް ކުރަނީ 100 މެގަވޮޓްސްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުންނަ އިންޖީނުގެއެއް ކަމަށެވެ. އެ އިންޖީނުގެ ގާއިމް ކުރުމުން އެތަން ވާނީ ރާއްޖޭގައި ގާއިމް ކުރާ އެންމެ ބޮޑު އިންޖީނުގެއަށެވެ.

މިވަގުތު ރާއްޖޭގައި ކަރަންޓުގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި އެއް އިމާރާތަކުން ފޯރުކޮށްދޭ އިންޖީނުގެޔަކީ ހުޅުމާލެ ފުރަތަމަ ފިޔަވެހީގައި ގާއިމްކޮށްފައިވާ "ފިފްތް ޕަވާ ޕްރޮޖެކްޓް" އިންޖީނުގެ އެވެ. އެ އިންޖީނުގެއިން ފޯރުކޮށްދެނީ 50 މެގަވޮޓްސްގެ ކަރަންޓެވެ. އެއީ ޖުމްލަ ހަ ޖެނެރޭޓަރު ބޭނުންކޮށްގެންނެވެ.

ސްޓެލްކޯއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި އޮތީ 100 މެގަވޮޓްސްގެ ކަރަންޓު އުފެއްދޭވަރުގެ އިންޖީނުގެއެއް ގާއިމް ކުރަނީ އެ ކުންފުނީގެ "ސިކްސްތް ޕަވަރ ޕްރޮޖެކްޓް" ގެ ދަށުން ކަމަށެވެ.

އިއްޔެގެ އިއުލާނުގައި އޮތީ އެ މަސައްކަތުގެ ޓެންޑާ އަދި އެއްބަސްވުމުގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޑިޒައިން ރިވިއުކޮށް، ސައިޓް ސުޕަވައިޒްކުރުމަށް، ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އަލަށް ގާއިމްކުރާ 100 މެގަވޮޓް ކެޕޭސިޓީގެ އިންޖީނުގެ އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ "ފިފްތް ޕަވާ ޕްރޮޖެކްޓް" އިންޖީނުގެޔާ އިންވެގެން އޮތް ބިމުގައި ކަމަށް ސްޓެލްކޯއިން މައުލޫމާތު ދިނެވެ.

ސްޓެލްކޯގެ މާލޭގެ އިންޖީނުގޭގެ މުޅި ކެޕޭސިޓީ މިވަގުތު 100 މެގަވޮޓަކަށް ނާރައެވެ. އެ ކުންފުނިން ބުނީ އަލަށް ތަރައްގީކުރާ 100 މެގަވޮޓްގެ ކެޕޭސިޓީގެ އިންޖީނުގެ ވާނީ ހަކަތައިގެ ހިދުމަތް ދިނުމަށް ރާއްޖޭގައި މިހާތަނަށް ބޭނުންކުރާ އެންމެ ބޮޑު އިންޖީނުގެއަށެވެ.

"މިހާރު އިންޖީނުގެއިން ކަރަންޓު އުފައްދާ މިންވަރުން ވެސް އަޅުގަނޑުމެންނަށް މާލެއާއި ހުޅުމާލޭގެ ހަކަތަ ބޭނުންވާ މިންވަރަށް އެ ހަކަތަ ފޯރުކޮށްދެވޭނެ. އެކަމަކު ކުރިއަށް އޮތް މުސްތަގުބުލުގައި ހުޅުމާލޭ ދެވަނަ ފިޔަވެއްސާއި އިންޓާކަނެކްޝަން ކޭބަލް ގުޅާލާ ކަންކަން ކުރާއިރު ގިނަ ޕަވާ ފޯރުކޮށްދެވޭ ވަރުގެ ޖެނެރޭޓަރުތަކެއް ބެހެއްޓޭ ވަރުގެ އިންޖީނުގެޔެއް ގާއިމްކުރުން އަސްލު މަގްސަދަކީ" ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މިހާރު ގާއިމްކޮށްފައިވާ "ފިފްތް ޕަވާ ޕްރޮޖެކްޓް" އިންޖީނުގޭއިން ހަކަތަ އުފެއްދޭ މިންވަރު 50 މެގަވަޓްސްއަށް މިހާރު އަރާ ކަމަށާއި މެކްސިމަމް ކެޕޭސިޓީ ހާސިލްވެފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އިތުރަށް ހަކަތަ ފޯރުކޮށްދޭން ބޭނުންވެއްޖެ ހާލަތެއްގައި އަލަށް ގާއިމްކުރުމަށް ހަމަޖެހިފައިވާ 100 މެގަވަޓްސް ކެޕޭސިޓެންސްގެ އިންޖީނުގެ ގާއިމްކުރުން މުހިންމު ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

"އަދި މި ދަނީ އިނިޝަލް ސްޓޭޖުގެ މަސައްކަތްތަކާއެކު ސަރުކާރާ މަޝްވާރާތައް ކުރަމުން. އަސްލު ބޭނުމަކީ 100 މެގަވޮޓާ ހަމަޔަށް ކަރަންޓު އުފެއްދޭ ފެންވަރުގެ އިންޖީނުގެޔެއް ގާއިމްކުރުން. އެކަމަކު އިންޖީނުގެއިން އިނިޝަލް ޕަވާ ފޯރުކޮށްދޭނީ ކިހާވަރަކަށްތޯ ކަނޑައެޅުމަށްފަހު އަޅުގަނޑުމެން ވަރަށް އަވަހަށް އެކަން އިއުލާނުކުރާނަން،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ސްޓެލްކޯއިން މާލެއަށް ކަރަންޓުދިނުމަށް، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމުގެ ހަތަރު މަޝްރޫއެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވެ އެވެ. ހުޅުލެއަށް ކަރަންޓު ދެމުން އައީ ހުޅުލޭގައި ހުރި އެމްއޭސީއެލްގެ އިންޖީނުގެއަކުންނެވެ. ނަމަވެސް އިންޓަކަނެކްޝަން ކޭބަލާއެކު، މިހާރު ހުޅުލެއަށް ކަރަންޓު ދެނީ ހުޅުމާލޭގައި ހުރި ފިފްތް ޕަވާ އިންޖީނުގޭގައި އުފައްދާ ހަކަތައިންނެވެ.

އެއީ މާލޭ ސަރަހައްދުގައި މިހާރު އިތުރުވަމުން އަންނަ އާބާދީއަށް ހަކަތަ ފޯރުކޮށްދިނުމަށް ޒަމާނީ ހަކަތައިގެ ވިއުގައެއް މާލެ ސަރަހައްދުގައި ގާއިމުކުރުމަށް ސްޓެލްކޯއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox