ތައިލޭންޑްގައި ބޮޑު ވަޅިއަކުން ހަމަލާދީ އިނގިރޭސި މީހަކު މަރާލައިފި

އިނގިރޭސި މީހާއަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތު ވަނީ އުމުރުން 22 އަހަރުގެ ތައިލޭންޑް ފިރިހެނަކަށް. -- ފޮޓޯ: ނިކޮލަސް ރެޒެލް

އިނގިރޭސި މީހާއަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތު ވަނީ އުމުރުން 22 އަހަރުގެ ތައިލޭންޑް ފިރިހެނަކަށް. -- ފޮޓޯ: ނިކޮލަސް ރެޒެލް

ބެންކޮކް، ތައިލޭންޑް (ޖެނުއަރީ 23) - ތައިލޭންޑްގެ ހުޅަނގުގެ ހިސާބެއްގައި ހަނޑޫ ކަނޑާ ބޮޑު ވަޅިއަކުން އިނގިރޭސި ރައްޔިތަކަށް ހަމަލާދީ މަރާލައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މުއާންގް ޑިސްޓްރިކްޓްގެ ކަންޗަނަބުރިގައި ކަމަށެވެ. އެކަން ހިނގި އިރު، މަރުވި މީހާ އާއި އޭނާގެ އެކުވެރިޔަކު ތިބީ ކުއްޔަށް ނަގާފައިވާ ގެޔެއްގެ ބޭރުގައި މަޑުކޮށްގެން ރާބޯށެވެ.

ތައިލޭންޑްގެ ނޫސްތަކުން ބުނާ ގޮތުގައި އެ ތަނުން ފިރިހެނެއްގެ ބޫޓާއި ހަނޑޫ ކަނޑާ ބޮޑު ވަޅިއެއް ފުލުހުންނަށް ފެނުނު ކަމަށެވެ.

މަރުވީ އުމުރުން 50 އަހަރުގެ މީހެކެވެ. އޭނާއަކީ ތައިލޭންޑް އަންހެނަކާ ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅޭތާ ފަސް އަހަރުވެފައިވާ މީހެކެވެ.

އޭނާގެ އެކުވެރިޔާއަކީ އުމުރުން 54 އަހަރުގެ އިނގިރޭސި ރައްޔިތެކެވެ. އެ މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާއިރު، މިހާރު ދަނީ ފަރުވާ ކުރަމުންނެވެ.

ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 22 އަހަރުގެ ތައިލޭންޑް ފިރިހެން މީހާއަކީ ނަފްސާނީ ބައްޔަށް ކުރިން ފަރުވާ ހޯދި މީހެއް ކަމަށް ތައިލޭންޑްގެ ނޫސްތަކުން ބުނެ އެވެ.

އޭނާއާ ދެކޮޅަށް އުފުލީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި މީހަކު މެރުމަށް މަސައްކަތް ކުރި ކަމުގެ ދައުވާ އެވެ. އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox