ފެހުރިހީގެ ކާނާ ދިމާކޮށްގެން "މަގޭ ރާއްޖެ" ކަލަންޑަރެއް ލިބޭނެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.
އެ ކުންފުނީގެ މި ޕްރޮމޯޝަން ކުރިޔަށް ދާނީ ފޭސްބުކް އަދި ޓްވިޓާގަ އެވެ.
ކަލަންޑަރު ބޭނުންވާ ނަމަ، ދީފައިވާ ތިން އޮޕްޝަނުގެ ތެރެއިން ފެހުރިހީގެ ކާނާއަކީ ކޮބައިކަން OMMageyRaajje2022# ހޭޝްޓެގާ އެކު ރިޕްލަޔި ނޫނީ ކޮމެންޓު ކުރާށެވެ.
މި ފުރުސަތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖެނުއަރީ، 27 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ.
ދިވެހި ކަނޑުތަކުގެ ތަފާތު ދިރުންތައް ދައްކުވައިދޭ މަގޭ ރާއްޖެ ކަލަންޑަރުގައިވާ ސްނެޕް ކޯޑް ސްކޭން ކޮށްލައިގެން އޯގްމެންޓަޑް ރިއާލިޓީން މި ދިރުންތައް ބަލާލެވޭނެ އެވެ.
މި ކަލަންޑަރުގެ ޖެނުއަރީ މަސް ހާއްސަ ވަނީ ފެހުރިއްސަށެވެ.











