ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއެންބީ ޝޯ ޖޫންގައި

ހަތަރުވަނަ ފުޑް އެންޑް ބެވަރޭޖު ޝޯ ގެ ތެރެއިން: އެންމެ ފަހުން މި ޝޯ ބޭއްވީ 2019 ގައި. -- ފޮޓޯ: ހައިރައިޒް

ހަތަރުވަނަ ފުޑް އެންޑް ބެވަރޭޖު ޝޯ ގެ ތެރެއިން: އެންމެ ފަހުން މި ޝޯ ބޭއްވީ 2019 ގައި. -- ފޮޓޯ: ހައިރައިޒް

ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖު (އެފްއެންބީ) ޝޯ ގެ ފަސްވަނަ އެޑިޝަން ޖޫން 2-4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ގޯތަށް ހަމަޖެހިއްޖެ އެވެ.

ހައިރައިޒުން އިންތިޒާމުކުރާ މި ޝޯ އެންމެ ފަހުން ބޭއްވީ 2019 ގަ އެވެ. ވޭތުވި ދެ އަހަރު މި އިވެންޓު ނުބޭއްވީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި އެއްވެ އުޅުން މަދުކުރަން އަންގާފައި އޮތުމާ ގުޅިގެންނެވެ.

ހައިރައިޒުން ބުނި ގޮތުގައި ފަސްވަނަ އެފްއެންބީ ޝޯ ބާއްވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެންނެވެ. ކޯ ސްޕޮންސަރުންނަކީ ވިލާ ޓްރޭޑިން އާއި މޯލްޑިވްސް ގޭހެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިިން މި އަހަރު ވެސް އެފްއެންބީ ޝޯ ގައި ރާއްޖެ އާއި ބޭރުގެ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓުހައުސްތަކުގެ އިތުރުން ލިވްއެބޯޑުތަކުގެ އެފްއެންބީގައި ހަރަކާތްތެރިވާ މީހުންނާއި ކާބޯތަކެތި އިމްޕޯޓު ކުރާ ވިޔަފާރިތަކާއި ހޯލްސޭލަރުންނާއި ކާބޯތަކެތި އުފައްދާ ވިޔަފާރިތަކާއި ކަލިނަރީ ދާއިރާގެ ފަންނީ މީހުން ބައިވެރިވާނެ ކަމަށް ހައިރައިޒުން ބުންޏެވެ.

ހައިރައިޒުން ބުނީ އެއްތަނަކުން މި އިވެންޓު ވެގެން ދާނީ އެންމެ ގިނަ ބާވަތުގެ ކެއިން ބުއިމުގެ ބާވަތްތަކުގެ އަޖުމަ ބަލާލަން ލިބޭ ފުރުސަތަށް ކަމަށެވެ. އަދި މި އަހަރުގެ އިވެންޓުގައި ވެސް ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހުންނާނެ ކަމަށް ބުންޏެވެ.

އެފްއެންބީ ޝޯގެ ޕްރީ-އިވެންޓް މާކެޓިން އަދި ޕްރޮމޯޝަންތައް މާޗުން ފެށިގެން ފަށާނެ އެވެ. މި އަޕްޑޭޓުތައް ހައިރައިޒްގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް ޕޭޖުން ފެންނަން ހުންނާނެ އެވެ.

އެފްއެންބީ ޝޯގެ އިތުރުން ހައިރައިޒުން ވަނީ އަހަރު ތެރޭގައި އާންމުކޮށް ބާއްވަމުން އައި ހުރިހާ އިވެންޓުތަކެއް މި އަހަރު ބާއްވަން ނިންމާފަ އެވެ. އޭގެ ތެރޭގައި ސައުތް އޭޝިއަން ޓްރެވަލް އެވޯޑާއި ލިވިން އެކްސްޕޯ އާއި ވެކޭޝަންސް އެކްސްޕޯގެ އިތުރުން މޯލްޑިވްސް ޝޯކޭސް އާއި ޕްރިންޓް އެންޑް އެޑްވަޓައިޒިން ޝޯ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox