އިންޓަކަނެކްޝަން ގްރިޑުން އެއާޕޯޓަށް ކަރަންޓް ދޭން ފަށައިފި

Jan 23, 2022, 8:20 AM
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގައި ދަތުރުވެރިންތަކެއް. ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑުން ހުޅުލެއަށް ކަރަންޓު ދޭން ފެށީ މިދިޔަ ހުކުރު ދުވަހު -- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގައި ދަތުރުވެރިންތަކެއް. ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑުން ހުޅުލެއަށް ކަރަންޓު ދޭން ފެށީ މިދިޔަ ހުކުރު ދުވަހު -- ފޮޓޯ: އަދަދު

މާލެ ސަރަހައްދު ކަރަންޓްގެ އެއް ވިއުގައަކަށް ބަދަލުކުރަން ހިންގާ ޕްރޮޖެކްޓްގައި ގާއިމްކުރި "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް" އާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގުޅާލައި، ހުޅުމާލޭގައި ހުންނަ އިންޖީނުގޭން އެއާޕޯޓަށް ކަރަންޓް ދޭން ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލައި ހުޅުލެއަށް ކަރަންޓް ދޭން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި ޕްރޮޖެކްޓެކެވެ. ޗައިނާގެ ޑޮންފަންގު ކުންފުންޏާ ހަވާލުކޮށް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގައި ހުޅުމާލޭގައި އެޅި އިންޖީނުގެއިން ދުވާލަކު 50 މެގަވޮޓްގެ ކަރަންޓް އުފައްދަ އެވެ.

ހުޅުމާލޭގައި ހުންނަ އިންޖީނުގެއިން ހުޅުލެއަށް ކަރަންޓް ދިނުމަށްޓަކައި ސްޓެލްކޯ އާއި އެމްއޭސީއެލް އިން ވަނީ މި މަހުގެ ކުރީކޮޅު އެެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އޭރު ވިދާޅުވީ، ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، އެމްއޭސީއެލްއަކީ ގައުމުގެ އިގްތިސޯދަށް އެންމެ ބޮޑަށް ހިއްސާކުރާ އެއް ކުންފުނި ކަމަށެވެ.

އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީ އާއި ކުރިއެރުމާ ގުޅުންހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށް މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯއިން 2020 ވަނަ އަހަރު ބުނެފައިވާ ގޮތުގައި އެ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ އާއި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު އަދި ހުޅުލޭގައި އަށް ޓްރާންސްފޯމަރު ބަހައްޓާނެ އެވެ. ހުޅުލެއަށް ކަރަންޓް ދޭން ފެށީ އެ ޓްރާންސްފޯމަރުތައް ބަހައްްޓައި ނިމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox