އެމްއެސް ލައިޓް: މީޑިއާނެޓުގެ ހުރިހާ މޮޅެއް، ކުރުކޮށް ފޮނިކޮށް

އެމްއެސް ލައިޓް: މީޑިއާނެޓުން އަމާޒުކުރަނީ މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރަން. -- ފޮޓޯ: އަދަދު

އެމްއެސް ލައިޓް: މީޑިއާނެޓުން އަމާޒުކުރަނީ މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރަން. -- ފޮޓޯ: އަދަދު

އަހަރަމެން ދިވެހިންނަކީ ޓީވީއާ ނިކަން ދޯޅު ބަޔެކެވެ. މުނިފޫހިފިލުވުމާއި މައުލޫމާތު ހޯދަން ޓީވީގެ ބޭނުން ފުރިހަމައަށް ކުރާ ބަޔެކެވެ. ޓީވީން ދައްކާ ޝޯތަކާއި ޑްރާމާތަކާއި ފިލްމުތަކާއި ކުޅިވަރުތައް ބަލަން ޝައުގުވެރިކަން ހުންނަ ވަގުތުވީ ވަރަކުން ޓީވީ ބަލާ ބަޔެކެވެ.

ދިވެހިން ފުރަތަމަ ޓީވީ ބަލައި އުޅުނީ ފުރާޅުގައި އެންޓަނާ ބަހައްޓައިގެން ފޮށި ޓީވީތަކުގަ އެވެ. މިހާރު ޓީވީ ބަލަނީ ބިމު އަޑިން ވައްދާ ކޭބަލް ޑީކޯޑަރާ ގުޅައިގެން ފަތި ޓީވީގަ އެވެ. މިހާރު އެ ޑީކޯޑަރުގެ ބޭނުންވެސް ކެނޑިއްޖެ އެވެ. ބޭނުންވަނީ މީޑިއާނެޓުގެ ފައިބާ ކަނެކްޝަނެއް އެކަންޏެވެ.

މީޑިއާނެޓުގެ އެމް އެސް ލައިޓް

އެމްއެސް ލައިޓަކީ އެންޑްރޮއިޑް އެޗްޑީ އާއި ސެމްސަންގް އަދި އެލްޖީ ސްމާޓް ޓީވީ ތަކުން ޑީކޯޑަރަކާއި ނުލައި ލައިވް ޓީވީ ޗެނަލްތަކާއި ވީޑިއޯ-އޮން-ޑިމާންޑު ބެލޭ ސްމާޓް ޓީވީތަކަށް ހާއްސަ 'އެމް.އެސް.ޓީވީ' ގެ ލުއި ވާޝަަންއެކެވެ.

އެމްއެސް ލައިޓުގެ ޕެކޭޖުތަކުގައި ހިމަނަން މީޑިއާނެޓުން ޗެނަލްތައް ހޮވީ ކަސްޓަމަރުންގެ މެދުގައި އޮންނަ މަގުބޫލުކަން ކިރާ ވަޒަންކުރުމަށް ފަހު އެވެ. އެ ހުރިހާ ޕެކޭޖެއްގައި ހިމަނާފައިވާ ޗެނަލްތަކަކީ އެ ޕެކޭޖު ނަގާ ކަސްޓަމަރަކު އެންމެ ބޭނުންވާނެ ޗެނަލްތަކެވެ.

މި ޕެކޭޖުތަކުގެ ތެރޭގައި ދިވެހި ޗެނަލްތަކަށް ހާއްސަ އެމްއެސް ލޯކަލް ޕެކޭޖާއި މަގުބޫލު ޗެނަލްތަކަށް ހާއްސަ އެމްއެސް ބޭސިކް ޕެކޭޖު ހިމެނެ އެވެ.

އެޑްއޯން ޕެކޭޖުތަކުގައި ކުޅިވަރު ފޭނުންނަށް ހާއްސަ އެމްއެސް ލައިޓް ސްޕޯޓްސް އާއި މުނިފޫހުފިލުވުމަށް ލޯބިކުރާ މީހުންނަށް ހާއްސަ އެމްއެސް ލައިޓް އެންޓަޓެއިންމަންޓުގެ އިތުރުން އެމްއެސް ލައިޓް ހޯމް ހިމެނެ އެވެ.

ލިވިން އެކްސްޕޯގެ މީޑިއާނެޓުގެ އެމްއެސްޓީވީ ދައްކާލަނީ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ލިވިން އެކްސްޕޯގެ މީޑިއާނެޓުގެ އެމްއެސްޓީވީ ދައްކާލަނީ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ލިވިން އެކްސްޕޯގެ މީޑިއާނެޓުގެ އެމްއެސްޓީވީ ދައްކާލަނީ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

މީޑިއާނެޓުގެ އެހެން ހިދުމަތްތަކާ ތަފާތުކޮށް އެމްއެސް ލައިޓްގައި ބޭސިކް ނޫނީ ލޯކަލް ޕެކޭޖުގެ އިތުރުން ތިން އެޑްއޯން ހިމަނާލެވެ އެވެ. އަދި ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީއަށް ހާއްސަ ވީއޯޑީ އެޑްއޯން ވެސް ހިމަނާލެވޭނެ އެވެ. މި އެޑްއޯން ބޭނުންކޮށްގެން މީޑިއާނެޓުގެ އަމިއްލަ އުފެއްދުންތައްް ކަމުގައިވާ މަރްޔަމް، ނަފްސު، ގާލް ފްރެންޑްސް އަދި ލަމްސް ކިޗަންގެ އިތުރުން މަޝްހޫރު ދިވެއްސާއި ހިންދީ ފިލްމުތައް ބަލާލެވޭނެ އެވެ.

ފިލްމެއް ނުވަތަ ސީރީޒް އެއް ބަލާލުމުގެ ކުރިން އެ ފިލްމެއްގެ ޓުރެއިލާ ބަލާލުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އެކަން އެގޮތަށް ކުރަނީ ސަބަބެއް ވެސް ނެތިގެނެއް ނޫނެވެ. ގިނަ ފަހަރު ފިލްމެއް ބަލާ ނިމޭއިރު އެ ފިލްމަކީ އެންމެ އުންމީދުކުރި ވަރުގެ ރީތި ފިލްމަކަށް ނުވުމެވެ. އެގޮތުން ކަސްޓަމަރުންނަށް އަޖުމަ ބަލާލުމުގެ ގޮތުން މީޑިއާނެޓުގެ ވީއޯޑީ ލައިބްރަރީގެ ހިމަނާފައިވާ ސީރީޒްތަކުގެ ފުރަތަމަ އެޕިސޯޑު ހިލޭ ބަލާލެވޭނެއެވެ.

މި ހުރިހާ ޗެނަލްތަކާއި، ވީޑިއޯ އޮން ޑިމާންޑް ލައިބުރަރީ އަދި ތަފާތު ފީޗާތައް ބޭނުންވާނަމަ 630ރ. އަށް އެކަން ވެސް ކުރެވެ އެވެ.

އެމް.އެސް.ލައިޓް ޕެކޭޖުން އެންމެ ފާހަގަ ކޮށްލެވޭ ޗެނަލްތައް

  • އެމްއެސް ލޯކަލް - އައިސް ޓީވީ، ޓީވީއެމް، ރާއްޖެ ޓީވީ، ޗެނަލް 13، ސަންގު ޓީވީ
  • އެމްއެސް ބޭސިކް - އައިސް ސްޕޯޓްސް، ސީއެންއެން، ބީބީސީ، ކާޓޫން ނެޓްވޯކް، ކޭބީއެސް ވާލްޑް، ސްޓާ ޕްލަސް، ޒީ ޓީވީ
  • އެމްއެސް ލައިޓް ސްޕޯޓްސް - ސްޓާ ސްޕޯޓްސް، ޕްރިމިއާ ލީގް ޓީވީ، ސޮނީ ޓެން 2 އެޗްޑީ، ސްޓާ ސްޕޯޓްސް 2 އެޗްޑީ، ސްޓާ ސްޕޯޓްސް ސެލެކްޓް 2 އެޗްޑީ
  • އެމްއެސް ލައިޓް ހޯމް އެޑް-އޯން - އެޗްޖީޓީވީ، ޒީ ކެފޭ، ނިކެލްއޯޑިއަން، ސްޓާ ޕްލަސް އެޗްޑީ، ޓީވީއެން
  • އެމްއެސް ލައިޓް އެންޓަޓެއިންމަންޓް އެޑް އޯން - ހިޓްސް، ޕެރަމައުންޓް، ސޮނީ އެންޓަޓެއިންމަންޓް، އޭއެކްސްއެން، ސިނެމާ ވާލްޑް

އޮފާ ކުރާ ސަޅި ޕެކޭޖުތަކުގެ އިތުރުން އެމްއެސް ލައިޓުގެ އެންމެ ސަޅި ފީޗާއަކީ "ކެޗް އަޕް" ފީޗާ އެވެ. މި ފީޗާ ބޭނުންކޮށްގެން ހަަތަރު ދުވަސް ކުރީގެ ޕްރޮގްރާމުތައް ޗެނަލްތަކުން ބަލާލެވޭނެ އެވެ. އޮފީހުން ގެޔާ ހަމަޔަށް ނުދެވިގެން "ފޭވަރިޓް ޝޯ" ނުބެލުނަސް ހާސްކަމެއް ނެތެވެ. ޕްރޮގްރާމު ގައިޑު ބަލަނިކޮށް ފެންނަ ސަޅި ފިލްމެއް ކުރިން ދުވަހު ދެއްކިޔަސް ހާސްކަމެއް ނެތެވެ.

އެމްއެސް ލައިޓް ޑައުންލޯޑް ކުރަނީ ކިހެނެއް

• ފުރަތަމަ އެޕް ސްޓޯ ހުޅުވާށެވެ.

• ދެން ސާޗް ބާގައި "މީޑިއާނެޓް" ޖަހާށެވެ.

• އެއަށް ފަހު "އެމްއެސް ލައިޓް" އެޕް ހިޔާރުކުރުމަށްފަހު އިންސްޓޯލަށް ފިތާލާށެވެ.

• ފަހު ކަމަކަށް އެޕް ޑައުންލޯޑު ވުމުން ލޯންޗުކުރުމަށްފަހު ރަޖިސްޓާ ވެލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox