މެލޭޝިއާގެ އޭސީސީގެ ރައީސްގެ އިސްތިއުފާއަށް ގޮވާލައި ބޮޑު މުޒާހަރާއެއް

މުޒާހަރާގެ ބައިވެރިން ވަނީ އޭސީސީގެ ރައީސް އަޒަމް ބަކި ހައްޔަރު ކުރަން ވެސް ޑިމާންޑްކޮށްފައި. -- ފޮޓޯ: އޭއެފްޕީ

މުޒާހަރާގެ ބައިވެރިން ވަނީ އޭސީސީގެ ރައީސް އަޒަމް ބަކި ހައްޔަރު ކުރަން ވެސް ޑިމާންޑްކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ކުއަލަ ލަމްޕޫރް، މެލޭޝިއާ (ޖެނުއަރީ 22) - މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްގެ އިސްތިއުފާއަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފި އެވެ.

ކަޅު ހެދުމުގައި މަގުތަކަށް ނުކުމެ ހިނގާލުމުގައި ބައިވެރިވި އެތައް ސަތޭކަ މީހުން ގޮވާލީ "ކޮރަޕްޝަނަށް ނޫނެކޭ ބުނެ" އަޒަމް ބަކިއާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށެވެ.

ކޮވިޑް ބަލިމަޑުކަން ފެށި ފަހުން މެލޭޝިއާގައި މުޒާހަރާ ކުރަނީ ވަރަށް މަދުންނެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް މެލޭޝިއާގައި އަބަދުވެސް ބޮޑެތި އެއްވުންތައް ބާއްވަ އެވެ.

އެގޮތުން 1އެމްޑީބީ ކޮރަޕްޝަން މައްސަލަ ފެންމަތިވެ، 2018 ވަނަ އަހަރު އޮތް ސަރުކާރުގެ އިސްތިއުފާއަށް މަޖުބޫރު ކުރުވީ ވެސް ބޮޑު އެއްވުންތަކެއް ބާއްވައިގެންނެވެ.

އަޒަމް އަކީ 1އެމްޑީބީ ކޮރަޕްޝަން ތަހުގީގު ކުރުމުގައި އެންމެ އިސް އެކަކެވެ. ނަމަވެސް ހިއްސާގެ ބާޒާރުގައި ނަހަމަ ގޮތްތަކަށް އަމަލުކޮށް ފައިދާ ހޯދާ ކަމަށް އޭނާއަށް ވަނީ ތުހުމަތު ކުރަން ފަށާފަ އެވެ.

ނަމަވެސް އެ ތުހުމަތުތައް އޭނާ ދޮގުކުރެ އެވެ. މެލޭޝިއާގެ ސެކިއުރިޓީޒް ރެގިއުލޭޓަރީ އިދާރާއިން ވެސް އޭނާގެ މައްސަލައެއް ނެތް ކަމަށް ބުނެފައި ވެ އެވެ.

އެކަމަކު ރުޅިގަދަވެފައި ތިބި އާއްމުން ބުނީ ކޮރަޕްޝަނަށް ދޫދެވެން ނޯންނާނެ ކަމަށާއި ބޭނުންވަނީ އޭނާގެ އިސްތިއުފާ ކަމަށެވެ.

އުމުރުން 36 އަހަރުގެ އަޒަމް އޭސީސީއަށް އައްޔަނު ކުރީ 2020 ވަނަ އަހަރު އެވެ. އޭނާގެ އެންމެ ބޮޑު ޒިންމާއަކަށްވީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގައި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމެވެ.

ހަމަ އެ އަހަރު 1 އެމްޑީބީ މައްސަލައިގައި ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގްގެ މައްޗަށް ކޮރަޕްޝަން ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށް ހުކުމްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox