އެއް މަސް ތެރޭ ތިން ފަހަރަށް އެޑްމިޓްކުރި ނަމަވެސް މަހާތީރްގެ ހާލުކޮޅު ރަނގަޅު

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހައްމަދު. -- ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހައްމަދު. -- ފޮޓޯ: ރޮއިޓާޒް

ކުއަލަ ލަމްޕޫރް، މެލޭޝިއާ (ޖެނުއަރީ 22) - އެއް މަސް ތެރޭ ތިން ފަހަރަށް އެޑްމިޓްކުރި ނަމަވެސް މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހައްމަދުގެ ހާލުކޮޅު ރަނގަޅު ކަމަށް ދަރިކަނބަލުން ވިދާޅުވެއްޖެ އެވެ.

މަރީނާ މަހާތީރް ވިދާޅުވީ އުމުރުން 96 އަހަރުގެ ބައްޕާފުޅު މި ވަގުތު އޮންނެވީ ކުއަލަ ލަމްޕޫރްގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ކަމަށެވެ. އެ ތަނުގައި އެމަނިކުފާނަށް ފަރުވާ ދެމުންދާތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ.

މިހާރުގެ ބޮޑު ވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބް ވަނީ ހޮސްޕިޓަލަށް ވަޑައިގެން މަހާތީރް އަށް ޒިޔާރަތް ކުރައްވާފަ އެވެ. މީޑިއާތަކުން ވެސް އެ ހޮސްޕިޓަލް ކައިރިއަށް ޖަމާވި އެވެ.

ދަރިކަނބަލުން ނެރުނު ބަޔާނުގައި ވިދާޅުވީ މަހާތީރް އަށް މިހާރު ދެމުންދަނީ ފޮލޯއަޕް ފަރުވާއެއް ކަމަށެވެ. މީގެ ދެ ހަފްތާ ކުރިން އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލުގައި ހިތުގެ ޕްރޮސީޖާއެއް ފުރިހަމަ ކުރައްވާފަ އެވެ.

އާއިލާއިން އެދެނީ އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދި އާންމުންގެ ދުއާއަށް ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވެސް މަހާތީރް ވަނީ ޗެކްއަޕެއް ހެއްދެވުމަށް ދުވަސްތަކެއް އެ ހޮސްޕިޓަލްގައި ހޭދަކުރައްވާފަ އެވެ.

މަހާތީރް އަށް ވަނީ ގިނަ ހިތުގެ މައްސަލަތަކާ ކުރިމަތިވެވަޑައިގެންފަ އެވެ. އެގޮތުން ހާޓް އެޓޭކްތަކާ އެކު ބައިޕާސް ސާޖަރީ ހައްދަވާފައި ވެ އެވެ.

މަހާތީރް އަކީ މެލޭޝިއާގެ އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ލީޑަރެވެ. އެމަނިކުފާނު ވަނީ ދެ ފަހަރެއްގެ މަތިން ޖުމްލަ 24 އަހަރު ބޮޑު ވަޒީރުގެ މަގާމު ފުރުއްވާފަ އެވެ.

އެގޮތުން 1981 ވަނަ އަހަރުން 2003 ވަނަ އަހަރަށް ވެރިކަން ކުރެއްވުމަށް ފަހު، ދެ ވަނަ ފަހަރަށް އެ މަގާމަށް ވަޑައިގެންނެވީ އުމުރުފުޅުން 92 އަހަރުގައި 2018 ވަނަ އަހަރު އެވެ.

ދެ ވަނަ ފަހަރަށް ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވީ ބޮޑު ކޮރަޕްޝަން މައްސަލައެއް ފަޅާ އެރުމުން، އިސްލާހީ ބަދަލަށް މަސައްކަތް ކުރާ ސަރުކާރެއްގެ އިސްވެރިޔާގެ ގޮތުގަ އެވެ. ނަމަވެސް އެ ސަރުކާރުގެ އެތެރޭގައި ހަމަނުޖެހުން ބޮޑުވެ، 2020 ވަނަ އަހަރު އެ ސަރުކާރު އުވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox