ބާލީގައި ބޮން ގޮއްވި ޓެރަރިސްޓް 15 އަހަރަށް ޖަލަށް ހުކުމްކޮށްފި

ބާލީގައި ފިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

ބާލީގައި ފިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

ޖަކާޓާ، އިންޑޮނީޝިއާ (ޖެނުއަރީ 19) - އިންޑޮނީޝިއާގެ ބާލީގައި 2002 ވަނަ އަހަރު ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ޓެރަރިސްޓް 15 އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

އުމުރުން 58 އަހަރުގެ އާރިފް ސުމަރްސޯނޯ ނުވަތަ ޒުލްކަރްނައިން އަކީ އަލް ގައިދާގެ ފަރާތުން ހިތްވަރު ލިބި އުފެދުނު ޖެމާހް އިސްލާމިއްޔާގެ ހާއްސަ ޔުނިޓުގެ ކޮމާންޑަރެވެ.

އެ ގްރޫޕުން 2002 ވަނަ އަހަރު ދިން ހަމަލާތަކުގައި 202 މީހުން މަރުވި އެވެ. ބާލީގެ ބާތަކަކަށް ދިން ހަމަލާގައި 21 ގައުމެއްގެ މީހުން މަރުވި އެވެ.

ކޯޓުގައި ޒުލްކަރްނައިން ބުނީ ބޮން ގޮއްވުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރީ އޭނާގެ ޓީމުން ކަމަށް އެއްބަސްވި އެވެ.

ހަމަލާ ރޭވުމުގައި ބައިވެރި ނުވާ ކަމަށާއި އެކަން ހިނގަން އުޅޭކަން އޭނާއަށް ނުވެސް އިނގޭ ކަމަށް ޒުލްކަރްނައިން ބުންޏެވެ. ނަމަވެސް ކޯޓުން އެ ވާހަކަތައް ގަބޫލެއް ނުކުރެ އެވެ.

"ޓީމުގެ ވެރިޔަކީ އޭނާ ކަމަށް ވާއިރު އަދި ބާލީގައި ކަމެއް ހިންގަން އެއްބަސްވިއިރު... އެއީ އެ ކަމަށް އެއްބަސްވުން ކަމުގައި ބެލެވޭނެ،" ފަނޑިޔާރު އެލެކްސް އާދަމް ފައިސަލް ވިދާޅުވި އެވެ.

އެހެންވެ، ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

ބާލީގައި ދިން ހަމަލާތަކަށް ފަހު 18 އަހަރު ވަންދެން ޒުލްކަރްނައިން އުޅުނީ ފިލައިގެންނެވެ. އޭނާ ހައްޔަރު ކުރީ 2020 ވަނަ އަހަރު ކައުންޓާޓެރަރިޒަމް ފުލުހުންގެ އޮޕަރޭޝަނެއްގައި ސުމަޓްރާ ރަށުންނެވެ.

އުސާމާ ބިން ލާދިންއާ ގުޅުން އޮންނާތީ އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ލިސްޓުގައި އޭނާ ހިމެނެ އެވެ. އޭނާ ހައްޔަރު ކުރުމަށް އެހީވާ ފަރާތަކަށް އެމެރިކާއިން ފަސް މިލިއަން ޑޮލަރު ހުށަހެޅި އެވެ.

ބާލީގެ ބޮން ގޮއްވުމުގެ އިތުރުން 2003 ވަނަ އަހަރު ޖަކާޓާގައި ހުންނަ މެރިއޮޓް ހޮޓަލަށް ދިން ހަމަލާގައި 12 މީހުން މަރުވި ހާދިސާއާ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox