ވެކްސިނާ ދެކޮޅު ލަވަކިޔުންތެރިޔަކު ގަސްތުގައި ކޮވިޑް ޖެހުމުން މަރުވެއްޖެ

ޗެކް ލަވަކިޔުންތެރިޔާ ހަނާ ހޮރްކާ. -- ފޮޓޯ: ޑިއާރިއޯވާސްކޯ

ޗެކް ލަވަކިޔުންތެރިޔާ ހަނާ ހޮރްކާ. -- ފޮޓޯ: ޑިއާރިއޯވާސްކޯ

ޕްރޭގް، ޗެކް ރިޕަބްލިކް (ޖެނުއަރީ 19) - ވެކްސިނާ ދެކޮޅު ލަވަކިޔުންތެރިޔަކު "ހެލްތު ޕާސް" ހޯދުމުގެ ބޭނުމުގައި ގަސްތުގައި ކޮވިޑް ޖެހުމުން ހާލު ގޯސްވެ މަރުވެއްޖެ އެވެ.

ޗެކް ރިޕަބްލިކްގެ ފޯކް ލަވަކިޔުންތެރިޔާ ހަނާ ހޮރްކާ "ހެލްތު ޕާސް" ހޯދަން ބޭނުންވީ ވެކްސިން ނުޖަހާ ތިބި މީހުންނަށް ތިއޭޓަރާއި ސޯނާއަށް ދިޔުން މަނާ ކުރުމުންނެވެ.

ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ގިނަ ގައުމުތަކަކުން އަންނަނީ "ހެލްތު ޕާސް"ގެ ނިޒާމު ތައާރަފު ކުރަމުންނެވެ. އޭގެ ދަށުން ވެކްސިން ނުޖަހާ މީހުންނަށް ވަރަށް ގިނަ ކަންކަން ނުކުރެވެ އެވެ. އެހެން ނަމަވެސް ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ވަކި މުއްދަތެއް ހަމަ ނުވާ ނަމަ ވަގުތީ "ހެލްތު ޕާސް" ލިބެ އެވެ.

ޗެކް ރިޕަބްލިކްގައި ވެސް ސަގާފީ އަދި ކުޅިވަރު ފެސލިޓީތައް ބޭނުންކުރެވެނީ އެ އުސޫލުގެ ދަށުންނެވެ. އޭގެ އިތުރުން ދަތުރު ކުރުމަށާއި ބާތަކާއި ރެސްޓޯރެންޓްތަކަށް ވަނުމަށް ވެސް "ހެލްތު ޕާސް" ބޭނުންވެ އެވެ.

އެސޮނެންސް ބޭންޑްގެ އުމުރުން 57 އަހަރުގެ ވޯކަލިސްޓް ހަނާ ހޮރްކާ މަރުވީ މިދިޔަ އާދީއްތަ ދުވަހު ކަމަށް އޭނާގެ ދަރިފުޅު ޔާން ރެކް ބުންޏެވެ.

ހަނާގެ ފިރިމީހާ އާދި ދަރިފުޅު ވަނީ ވެކްސިން ޖަހާފަ އެވެ. ނަމަވެސް ހަނާއަކީ ވެކްސިނާ ދެކޮޅަށް އަޑުއުފުލި މީހެކެވެ. އެހެންވެ، އޭނާ ވަނީ "ހެލްތު ޕާސް" ހޯދުމުގެ ބޭނުމުގައި ގަސްތުގައި ކޮވިޑް ޖެހެން މަސައްކަތްކޮށްފަ އެވެ.

ޔާން ރެކް ބުނީ އޭނާގެ މަންމައަށް ކޮވިޑް ޖެހުނީ ޑިސެމްބަރު މަހުގެ ފަހުކޮޅު ކަމަށެވެ. މަރުވުމުގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ލިޔުނު ޕޯސްޓެއްގައި ހަނާ ބުނީ އޭނާ ސަލާމަތްވެއްޖެ ކަމަށާއި ދެން އޮތީ ސޯނާ އާއި ތިއޭޓަރު އަދި ކޮންސެޓަށް ދިޔުން ކަމަށެވެ.

ކޮވިޑް ބަލީގައި ތިން ހަފްތާ ހޭދަކުރުމަށް ފަހު މަންމަ މަރުވުމުން ޔާން ރެކް ބުނީ އެއީ އެ ސަރަހައްދުގައި އުޅޭ ވެކްސިނާ ދެކޮޅު ގްރޫޕަކުން ފަތުރާ ދޮގު މައުލޫމާތުގެ ނަތީޖާ ކަމަށެވެ.

ގާތްގަނޑަކަށް 10.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗެކް ރިޕަބްލިކުން އަންގާރަ ދުވަހު ކޮވިޑްގެ 20،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox