ކުށްވެރިން ބޭނުންކުރި ބައިނަލްއަގްވާމީ ޕްރައިވެޓް ނެޓްވޯކް ޑައުންކޮށްލައިފި

ޕްރައިވެޓް ނެޓްވޯކް ބޭނުންކުރީ ކުށްވެރިންގެ ވިޔަފާރިތަކަށް-- ފޮޓޯ: ޕެކްސެލްސް

ޕްރައިވެޓް ނެޓްވޯކް ބޭނުންކުރީ ކުށްވެރިންގެ ވިޔަފާރިތަކަށް-- ފޮޓޯ: ޕެކްސެލްސް

ދަ ހޭގް (ޖެނުއަރީ 18) - ކުށްވެރިންގެ އޮންލައިން ކަންކަމަށް ބޭނުންކުރަމުން ދިޔަ ބައިނަލްއަގްވާމީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކެއް ފުލުހުން ޑައުންކޮށްލައިފި އެވެ.

ޔޫރަޕުގެ ފުލުހުންގެ ހިމެނޭ ޔޫރޯޕޮލް އިން ބުނީ ވީޕީއެންލެބް ޑޮޓް ނެޓް އަދި 15 ހޯސްޓް ސާވާ ޑައުންކުރުމުގައި މަސައްކަތް ކުރީ ޔޫރަޕާއި އެމެރިކާގެ ފުލުހުން ކަމަށެވެ.

ވީޕީއެންލެބް ޑޮޓް ނެޓް އަކީ ކުށްވެރިންގެ ގްރޫޕުތަކަށް ހިދުމަތް ފޯރުކޮށްދީ، އެ މީހުންގެ މުއާސަލާތުތަކާއި އިންޓަނެޓު ބޭނުންކުރާ ގޮތް ރައްކާތެރިކަމާ އެކު ފޮރުވައިދޭ ބަޔެކެވެ.

"ވީޕީއެންގެ ހިދުމަތް ބޭނުން ކުރަމުން ދިޔައީ ވަރަށް ސީރިއަސް ޖިނާއީ ކުށްތަކަށް. އޭގެ ތެރޭގައި ރޭންސަމްވެއާ ފޮނުވުމާއި އެހެނިހެން ސައިބާ ކުށްތައް ހިމެނޭ."

ވީޕީއެންލެބް ޑޮޓް ނެޓްގެ އަގަކީ ސަބްސްކްރިޕްޝަން ފީގެ ގޮތުގައި 60 ޑޮލަރު ކަމަށާއި އެއީ ސައިބާ ކުށްވެރިންގެ މެދުގައި ވަރަށް މަގްބޫލު ނެޓްވޯކެއް ކަމަށް ޔޫރޯޕޮލް އިން ބުންޏެވެ.

ވީޕީއެންލެބް ޑޮޓް ނެޓް ގާއިމްކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ. އޭގެ ހިދުމަތްދޭ ކުންފުނި ހުއްޓުވަން މަސައްކަތް ފެށީ ކުށްވެރިންގެ އެކި އަމަލުތަކަށް ވީޕީއެން ބޭނުންކުރާކަން ތަހުގީގަށް އެނގުމުންނެވެ.

އެގޮތުން މެލްވެއާ ފޮނުވުމާއި ކޮމްޕިއުޓާ ސިސްޓަމްތައް ހުއްޓުވުމަށް ހަމަލާދޭ ނުރައްކާތެރި ސޮފްޓްވެއާތައް ފޮނުވައި، ރޭންސަމްވެއާ ހަމަލާތައްދ ދިނުމަށް އެ ވީޕީއެން ބޭނުންކުރި އެވެ.

ޔޫރޯޕޮލް އިން ބުނީ އޭގެ ނުރައްކާ އޮތް ކަމަށް ބެލެވޭ 100 އަށް ވުރެ ބޮޑެތި ވިޔަފާރިތައް ފާހަގަވެފައިވާ ކަމަށެވެ. ފުލުހުން ދަނީ އެ ކުންފުނިތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ ގޮތްތައް ބަލަމުންނެވެ.

ޖަރުމަނު ފުލުހުންގެ އިސްނެގުމަށް ފެށި އޮޕަރޭޝަނުގައި އީޔޫ ގައުމުތަކާއި، އިނގިރޭސިވިލާތް، ކެނެޑާ، އެމެރިކާ އަދި ޔޫކްރެއިންގެ ފުލުހުން ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox