ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ޔޫއޭއީ އަށް ރައީސް ސޯލިހް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގަންނަވަނީ: ރައީސް ޔޫއޭއީގައި ހޭދަ ކުރެއްވީ ހަތަރު ދުވަސް -- ފޮޓޯ: ރައީސް އޮފީސް

ޔޫއޭއީ އަށް ރައީސް ސޯލިހް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގަންނަވަނީ: ރައީސް ޔޫއޭއީގައި ހޭދަ ކުރެއްވީ ހަތަރު ދުވަސް -- ފޮޓޯ: ރައީސް އޮފީސް

އަބޫދާބީގެ ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު، ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސް ޔޫއޭއީއަށް ވަޑައިގެންފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ތިން ދުވަހުގެ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީ ސަސްޓެއިނެބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތާއި ޒައްޔެދް ސަސްޓެއިނެބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ދުބާއީގެ އެގްޒިބިޝަން ހޯލުގައި ކުރިއަށްދިޔަ އެ ދެ ރަސްމިއްޔާތު ވެސް ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މިއަހަރުގެ މި ހަރަކާތުގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކޮޕް-26 ގެ ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ މަގުޗާޓުތައް، ގުޅިގެން އެއް މަގުސަދެއް ހާސިލުކުރެވޭ ގޮތަށް އަލުން މުރާޖައާކޮށް އެކުލަވާލުމެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫއޭއީން ދޭ ޝަރަފުވެރި ބައިނަލްއަގްވާމީ އެވޯޑެކެވެ.

އެ ރަސްމިއްޔާތަށް ފަހު އެމަނިކުފާނު ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވައި، ދިވެހިރާއްޖޭ އާއި ސިންގަޕޫރާއި އިޓަލީގެ ޕެވިލިއަންގެ އިތުރުން ވިޝަން ޕެވިލިއަން އަށް ވަޑައިގެން އެ ތަންތަން ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން ފަރުމާ ކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރާ ގޮތްތަކާއި ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ ގޮތަށެވެ.

ސިންގަޕޫރުގެ ޕެވިލިއަން އިން ދައްކުވައިދިނީ ބަގީޗާއެއްގެ ގޮތަށް އޮންނަ ދިރިއުޅެން ފަސޭހަ ސިޓީއެކެވެ. އަދި ސިންގަޕޫރުގެ އީޖާދީ ވިސްނުންތައް ވެސް މި ޕެވިލިއަން އިން ދައްކުވައިދިނެވެ.

އިޓަލީގެ ޕެވިލިއަންއިން އިޓަލީން އެކި ދާއިރާތަކުން ހުރި ފުރުޞަތުތަކާއި ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި އިޖާދީކަންކަމާއި އުފެއްދުންތެރިކަން ފެނިގެންދިޔަ އެވެ.

ވިޝަން ޕެވިލިއަންއަކީ ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ވިސްނުންފުޅުތަކާއި ތަސައްވުރުތައް ދައްކުވައިދޭ ޕެވިލިއަންއެކެވެ.

ރައީސް ސޯލިހް ޔޫއޭއީ އަށް ކުރެއްވި މި ދަތުރުފުޅަކީ މި އަހަރު ރައީސް ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އާ އަހަރުގެ ޗުއްޓީ އަށް މިދިޔަ އަހަރުގެ ފަހުކޮޅު އެމަނިކުފާނު އަވައްޓެރި ސްރީ ލަންކާ އަށް ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox