ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި

Jan 19, 2022, 4:39 AM
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން (ކ) އާއި "އަދަދު"ގެ އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް) އައްޒާމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން (ކ) އާއި "އަދަދު"ގެ އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް) އައްޒާމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގެ ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" ހަމަޖައްސައިފި އެވެ.

"އަދަދު"އާ އެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ މެންދުރު ފަހު ކޭވް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ޖަމިއްޔާގެ ރައީސް ރިލްވާން މޫސާ އެވެ. "އަދަދު"ގެ ފަރާތުން ސޮއިކުރީ އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް)، އައްޒާމް އަލިފުޅު އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރިލްވާން ވިދާޅުވީ "އަދަދު" ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސަން ބޭނުންވީ ކުޅިވަރުގެ ހަބަރުތައް އެންމެ ތަފްސީލްކޮށް ކިޔާލަން ލިބޭ ނޫހަކީ "އަދަދު" ކަމަށްވެފައި، ގޯލްޑަން ފުޓްސަލް ޗެލެންޖް ފަދަ ފޯރިގަދަ މުބާރާތެއްގެ ހަބަރުތައް ވީ އެންމެ ފުރިހަަމަކޮށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ އެއް ފަރާތަކީ "އަދަދު" ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

އިއްޔެ ބޭއްވި ގޯލްޑަން ފުޓްސަލްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން ރިލްވާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިލްވާން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި "އަދަދު" އިން ރާއްޖޭގެ ކުޅިވަރުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. އަދި ގޯލްޑަން ފުޓްސަލް ޗެލެންޖް ކުރިއަށް އޮތްތަނުގައި ވެސް ބާއްވާއިރު، "އަދަދު"އާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ރިލްވާން ވިދާޅުވި އެވެ.

މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. މިއީ ސޮނީ ސްޕޯޓްސް އިން ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ދެ ވަނަ ފަހަރެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕާޓްނަރުންގެ ގޮތުގައި ވަން އޮންލައިނާއި ފަހު މިނިޓުން ވެސް މަސައްކަތް ކުރެ އެވެ.

"އަދަދު" އިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވި ސަބަބަކީ މިއީ ރާއްޖޭގައި އެންމެ ފުޅާކޮށް ބޭއްވޭ ފުޓްސަލް މުބާރާތަށް ވެފައި، މިއީ ރާއްޖޭގެ ގިނަ ރަށްތަކާއި ގިނަ ޒުވާނުންގެ އިތުބާރު ލިބިފައިވާ މުބާރާތަކަށް ވާތީ އެވެ. އަދި ގޯލްޑަން ފުޓްސަލް ޗެލެންޖް އަންނަ މަހުގެ 19 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، "އަދަދު"ގެ ފަރާތުން މުބާރާތް ޕްރޮމޯޓް ކުރަން ގިނަ ކަންތައްތަކެއް ކުރަން ވަނީ ރާވައިފަ އެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ވުޖޫދުވި "އަދަދު" ނޫހަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެސް ޕާޓްނަރެކެވެ. އަދި މި އަހަރު ރާއްޖޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އޮންލައިން އަދި ޕީއާރް ޕާޓްނަރަކީ ވެސް "އަދަދު" އެވެ. އަދި "އަދަދު" އަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ވެސް ޕާޓްނަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox