ގައުމުގެ އިންސާނީ ހައްގުތަކުގެ ރިކޯޑާ ގުޅޭ އޮޅުންތައް ފޮހެލާނަން: ގޮތަބަޔާ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (ޖެނުއަރީ 18) - ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ ރިކޯޑާ ގުޅޭ ގޮތުން އޮތް އޮޅުންތައް ފޮހެލާނެ ކަމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާ ސިފައިންނާއި ތަމަޅަ ޓައިގަރުންނާ ދެމެދު ކުރި ދިގު ހަނގުރާމައިގައި ބޮޑެތި ޖަރީމާތައް ހިންގި ކަމަށް ސިފައިންގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން 2009 ވަނަ އަހަރު ހަނގުރާމަ ނިމެން ގާތްވެފައި ވަނިކޮށް 40،000 އާއްމުން މެރި ކަމަށް ތުހުމަތު ކުރެވެ އެވެ.

ނަމަވެސް ސްރީލަންކާ ސަރުކާރުން އެ ހުރިހާ ތުހުމަތެއް ދޮގުކުރެ އެވެ.

ހަނގުރާމައިގެ ޖަރީމާތަކުގެ އިތުރުން ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް ޓާގެޓުކޮށް، ގިނަ ބަޔަކު މެރި ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. އޭގެ އިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން ބަންދުގައި ތިއްބާ މަރުވާ މައްސަލަ ވެސް ފަހަކަށް އައިސް ފާހަގަވެފައި ވެ އެވެ.

އެކަމަކު 2019 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ގޮތަބަޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ރިކޯޑް ސާފު ކަމަށާއި ބައިނަލްއަގްވާމީ ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަނީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައާ ހަމައަށް ފޯރާފައިވާ އޮޅުންތައް ފޮހެލަން ޖެހޭ،" ޕާލިމެންޓަށް ދެއްވި ބަޔާނެއްގައި ގޮތަބަޔާ ވިދާޅުވި އެވެ.

"އަޅުގަނޑު މި މަގާމުގައި ހޭދަވި މުއްދަތުގައި އިންސާނީ ހައްގުތަކާ ހިލާފު އެއްވެސް ކަމަކަށް ސަރުކާރުން ހިތްވަރުދީފައެއް ނުވާނެ. މުސްތަގްބަލުގައި ވެސް އެފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނަން."

އެހެން ނަމަވެސް ގޮތަބަޔާގެ ސަރުކާރުގައި ބައެއް ބޮޑެތި ކުށްވެރިން ފުލުހުންގެ ބަންދުގައި ވަނިކޮށް ބަޑި ޖަހައި މަރާލި ހާދިސާތަކެއް ވަނީ ފެންމަތިވެފަ އެވެ. އިތުރު އެހެން ތުހުމަތު ކުރެވޭ މީހުން ޝަރީއަތެއް ކުރުމެއް ނެތި ދިގު މުއްދަތަށް ބަންދުކޮށްފައި ވެ އެވެ.

ސްރީލަންކާގެ ދާހިލީ ހަނގުރާމަ ނިމެން ގާތްވިއިރު، އެންމެ އިސް ޑިފެންސް އޮފިޝަލްގެ މަގާމުގައި ހުންނެވީ ވެސް ގޮތަބަޔާ އެވެ. އޭރު ރައީސް ކަމުގައި ހުންނެވީ ގޮތަބަޔާގެ ބޭބޭފުޅު އަދި މިހާރުގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އެވެ.

ހަނގުރާމައިގައި ހިންގި ޖަރީމާތައް ތަހުގީގު ނުކުރާ ކަމަށް ބުނެ، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ސްރީލަންކާއަށް އިންޒާރު ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox