ކޮވިޑާއި ފްލޫއަށް ހަދާ މޮޑާނާގެ ވެކްސިން ނިމޭނީ 2023 ގައި

މޮޑާނާއިން ދަނީ އޮމިކްރޯން ވޭރިއެންޓަށް ހާއްސަ ވެކްސިނެއް ވެސް އުފެއްދުމުގެ މަސައްކަތް ކުރަމުން. -- ފޮޓޯ: އޭއެފްޕީ

މޮޑާނާއިން ދަނީ އޮމިކްރޯން ވޭރިއެންޓަށް ހާއްސަ ވެކްސިނެއް ވެސް އުފެއްދުމުގެ މަސައްކަތް ކުރަމުން. -- ފޮޓޯ: އޭއެފްޕީ

ޖެނީވާ، ސްވިޓްޒަލޭންޑް (ޖެނުއަރީ 18) - ކޮވިޑާއި ފްލޫއ އަދި އާރްއެސްވީއަށް ހާއްސަކޮށް މޮޑާނާއިން އުފައްދަމުންދާ ވެކްސިން ނިމި މާކެޓަށް ނެރެވޭނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޮޑާނާއިން އުފައްދަމުންދަނީ ކޮވިޑާއި އިންފްލުއެންޒާ އަދި އާދައިގެ ރޯގާ ޖައްސާ "ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަހާ ދެކޮޅު ވެކްސިނެކެވެ.

އެ ކުންފުނީގެ އުއްމީދަކީ ދެ ބައްޔަށް އެއް ވެކްސިނެއް އުފެއްދުމާ އެކު މިއީ ފްލޫ ޝޮޓް ޖަހާ ފަދައިން، އަހަރަކު އެއް ފަހަރު ޖެހުމަށް މީހުން އާދަކުރާނެ ވެކްސިނަކަށް ވުމެވެ.

Advertisement

މޮޑާނާގެ ޗީފް އެގްޒެކްޓިވް ސްޓެފަނީ ބޭންސެލް ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމުގައި ވިދާޅުވީ އެންމެ ރަނގަޅު ހާލަތުގައި 2023 ވަނަ އަހަރުގެ އޯގަސްޓު މަހު ވެކްސިން ލިބޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއް ފަހަރާ ހުރިހާ ގައުމަކަށް ސަޕްލައި ކުރެވޭނެ ކަމަށް. އެކަމަކު އަންނަ އަހަރު ބައެއް ގައުމުތަކުގެ މާކެޓަށް މި ވެކްސިން ނެރޭނެ."

"އަޅުގަނޑުމެންގެ އަމާޒަކީ އަހަރަކު އެއް ފަހަރު އެއް ބޫސްޓާ ޝޮޓު ޖެހުން. އެއީ ކޮންމެ އަހަރަކު ދެ، ތިން ޝޮޓު ޖަހަން ޖެހުމުން ފޫހިވެ އެކަން ނުކުރާ މީހުން މަދުކުރެވޭނެ ގޮތެއް."

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox