ބޫސްޓާ ޑޯޒް ޖަހަން ފެށި އިރު އިންތިޒާމް ވަރަށް ގޯސް ކަމަށް ބުނެ ގިނަ ޝަކުވާ

މީގެ ކުރިން ވެކްސިން ޖެހި އިރު ބަޔަކު ކިއުގައި: އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުން މިއަދު ލަސްވީ ސިސްޓަމަށް ދިމާވި މައްސަލަަކުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

މީގެ ކުރިން ވެކްސިން ޖެހި އިރު ބަޔަކު ކިއުގައި: އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުން މިއަދު ލަސްވީ ސިސްޓަމަށް ދިމާވި މައްސަލަަކުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކޮވިޑް-19 އިން ދިފާއުވާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ އިންތިޒާމް ހަމަޖައްސަން ދިގު މުއްދަތެއް ލިބުނު ނަަމަވެސް ބޫސްޓާ ޑޯޒް ޖަހަން މިއަދު ފެށިއިރު އެކަމަށް އޮތް އިންތިޒާމް ވަރަށް ގޯސް ކަމަށް ބުނެ މީހުން ޝަކުވާ ކުރަން ފަށައިފި އެވެ.

ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓްމެންޓަށް އެދެވޭނެ އިންތިޒާމް އެޗްޕީއޭއިން ކުރިން ހަމަޖެއްސި އެވެ. ބޫސްޓާ ޑޯޒް ޖަހަން މިއަދު ފެށުމުން، އެ މަރުހަލާ ފުރިހަމަކުރި ގިނަ މީހުން ހީކުރީ، ދުރާލައި އެޕޮއިންޓް ހަދައި، އެޗްޕީއޭ އިން އަންގާ ގަޑިއަކަށް ދާން ޖެހޭތީ މާ ދިގު ކިއުއް ނޯންނާނެ ކަމަށެވެ.

އެހެންނަމަވެސް އެގޮތަށް އެޕޮއިންޓްމަންޓް ހައްދައިގެން ދިޔަ ބައެއް މީހުން މިއަދު ބުނީ، ދުރާލައި ހެއްދި އެޕޮއިންޓްމަންޓް ހެއްދުމުގެ ބޭނުން ނުހިފުނު ކަމަށާއި ކުރިން ވެކްސިން ޖެހިއިރަށް ވުރެ ވެސް މިހާރު އިންތިޒާމް ގޯސް ކަމަށެވެ.

"ގަޑިއަކަށް އަޅުގަނޑުމެން މި ދިޔައީ. އެކަމަކު އެތަނުގައި އޮތް ކިއުގައި ދެގަޑިއެއްހާ އިރު ހޭދަކުރަން ޖެހުނު،" ބޫސްޓާ ޑޯޒް ޖަހަން މިއަދު ދިޔަ މީހަކު ބުންޏެވެ.

ވެކްސިން ކިއު ދިގުވެގެން ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާކުރި ބައެއް މީހުން ބުނީ އެޕޮއިންޓްމެންޓް ހައްދަން އެޗްޕީއޭއިން ދިން ލިންކް ޝެއާ ކުރެވުނީތީ މައާފަށް އެދޭ ކަމަށެވެ.

"އެއީ ބޮޑު ލަނޑެއް. އަދި 15 މިނިޓް ކުރިން އަންނަން ބުނި،" އޭނާ ބުންޏެވެ.

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "އަދަދު" އަށް ވިދާޅުވީ ބޫސްޓާ ޑޯޒް ޖަހަން މިއަދު ފުރަތަމަ ފެށި އިރު ލަސްވާން މެދުވެރިވީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ މައްސަަލަ ހައްލުކޮށް، އިންތިޒާމް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ވެކްސިން ޖަހާ އުމުރުގެ އެންމެނަށް ބޫސްޓާ ޑޯޒް ދެވޭ ވަަރަށް ވެކްސިނުގެ ޑޯޒް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުންޏެވެ.

ކޮވިޑުގެ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން މިހާރު ހަލުވިކަމާއެކު ފެތުރެމުންދާއިރު އިއްޔެ އެކަނި ވެސް 967 މީހުންގެ ގައިން ބަލި ފެނިފައިވެ އެވެ. ޖުމްލަ 101،418 މީހުންނަށް ރާއްޖެއިން ކޮވިޑް ޖެހުނުއިރު މިހާތަނަށް އެ ބަލީގައި 265 މީހުން ވަނީ މަރުވެފަ އެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި 368،622 މީހުން ވަނީ ރާއްޖެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ. އަދި 29،082 މީހުން ވަނީ ވެކްސިންގެ ތިން ވަނަ ޑޯޒު ނުވަތަ ބޫސްޓޯ ޑޯޒް ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox