ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓުތައް ޖެހުމަކީ ހައްލެއް ނޫން: ޑަބްލިއުއެޗްއޯ

ކޮވިޑް ވެކްސިން ޖަހަނީ. -- ފޮޓޯ: އަދަދު ފައިލް

ކޮވިޑް ވެކްސިން ޖަހަނީ. -- ފޮޓޯ: އަދަދު ފައިލް

ޖެނީވާ، ސްވިޓްޒަލޭންޑް (ޖެނުއަރީ 12) - ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓުތައް ތަކުރާރު ކުރުމަކީ އާ ވޭރިއެންޓްތަކާ ދެކޮޅަށް ހައްލެއް ނޫން ކަމަށާއި ބޭނުން ވަނީ މުޅިން އާ ވެކްސިނެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަޖުރިބާކާރުން ބުނެފި އެވެ.

ކޮވިޑް ވެކްސިންތައް މޮނީޓާ ކުރަން އުފެއްދި ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންގެ ޓީމުން ބުނީ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ގޮތަކީ މިހާރު ހުރި ވެކްސިންތަކުގެ އިތުރު ޑޯޒްތައް އާ ވޭރިއެންޓްތަކާ ދެކޮޅަށް ދިނުން ނޫން ކަމަށެވެ.

"އޮރިޖިނަލް ވެކްސިންގެ ބޫސްޓާ ޑޯޒްތަކެއް ތަކުރާރު ކުރުމަކީ އެންމެ އެކަށީގެންވާ އަދި ދެމެހެއްޓެނިވި ހައްލެއް ނޫން،" ޑަބްލިއުއެޗްއޯގެ ޓެގް ޓީމުން ނެރުނު ބަޔާނުގައި ބުންޏެވެ.

Advertisement

ބަޔާނުގައި ބުނީ ހަލުވިކަމާ އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓުގެ ސަބަބުން ކޮވިޑް ޖެހޭ މީހުންގެ އަލާމާތްތައް ފެނުން ހުއްޓުވުމުގައި މިހާރު ހުރި ވެކްސިންތައް މަސައްކަތް ކުރާ މިންވަރު ކުޑަކަން ދިރާސާތަކުން ދައްކާ ކަމަށެވެ.

ނަމަވެސް "ސިވިއާ ޑިޒީޒް" ނުވަތަ ބަލީގައި ބޮޑުވަރުވުމާ ދުރުކޮށްދޭން މިހާރު ހުރި ވެކްސިންތަކުން އެހީވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. މިހާރު ހުރި ވެކްސިންތަކަކީ ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދިނުމުގެ މަގުސަދުގައި އުފެއްދި ވެކްސިންކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

ޑަބްލިއުއެޗްއޯގެ ޓެގް ޓީމުން ލަފާދިނީ ބަލީގައި ބޮޑުވަރުވުމާ ދުރުކޮށްދޭ އަދި ބަލި ފެތުރުން ކޮންޓްރޯލްކޮށް، ބަލި ޖެހުން މަދުކޮށްދޭ ބާވަތުގެ ވެކްސިނެއް އުފެއްދުމަށެވެ.

"ބަލި ފެތުރުމާއި ޖެހުން ހުއްޓުވައި، ބަލީގައި ބޮޑުވަރުވުން ހުއްޓުވައި، މަރުތައް މަދުކޮށްދޭން ފުރިހަމަ އަށް މަސައްކަތް ކުރާ ކޮވިޑް-19 ވެކްސިންތަކެއް އެބަ ބޭނުންވޭ އަދި ތަރައްގީ ކުރަން ޖެހޭ،" އެ ޓީމުން ބުންޏެވެ.

"އެފަދަ ވެކްސިން ލިބެންދެން، މިހާރު ހުރި ކޮވިޑް-19 ވެކްސިންތައް އަޕްޑޭޓުކޮށް، އޮމިކްރޯން އާއި މުސްތަގުބަލުގައި ފެންނާނެ ވޭރިއެންޓްތަކާ ދެކޮޅަށް ޑަބްލިއުއެޗްއޯ އިން ލަފާދޭ މިންވަރުގެ ރައްކާތެރިކަން ލިބޭނެކަން ކަށަވަރު ކުރަން ޖެހޭ."

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox