މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 17 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ނިންމާލައިފި

މ. މުލަކު؛ އެ ރަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއެއް އެމްޓީސީސީން ނިންމައިފި-- ފޮޓޯ: އެމްޓީސީސީ

މ. މުލަކު؛ އެ ރަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއެއް އެމްޓީސީސީން ނިންމައިފި-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މ. މުލަކުގައި ފެށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17، ގައި ފެށި އެ ޕްރޮޖެކްޓު އެމްޓީސީސީގެ ފަރާތުން ނިންމީ މިދިޔަ ޑިސެމްބަރު 23، ގަ އެވެ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓަށް ޖުމްލަ 17.6 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ޕްރެޖެކްޓުގެ ދަށުން މުލަކުގެ ގޮނޑުދޮށް ސަރަހައްދުގެ ވަށައިގެން 411 މީޓަރުގެ ހިސާބެއްގައި ވެލި އަޅާފައިވާ ޖިއޯބޭގް ބަހައްޓާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ޖަމާލް ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން އުދަ އަރާ ދުވަސްވަރު މީހުން ދިރިއުޅޭ ގެތަކަށް ލޮނުވަދެ ގެއްލުން ލިބުން ފަދަ ކަންކަމުން ސަލާމަތްވާނެ," ޖަމާލް ވިދާޅުވި އެވެ.

ވިއްސާރަވާ ދުވަސްވަރު އުދަ އެރުން ފަދަ ކަންކަމުގެ ސަބަބުން ގޮނޑުދޮށް ކައިރީގައި ހުންނަ ގެތަކަށް ލޮނު ވިއްސައި، އެ ގެތަކުގެ ރައްޔިތުން ހިފާ ގެންގުޅޭ ތަކެތި ހަލާކުވުން ފަދަ ކަންކަން މީގެ ކުރިން ކުރިމަތިވެފައިވާކަން ޖަމާލް ފާހަގަ ކުރެއްވި އެވެ. އަދި އެމްޓީސީސީން ކުރިއަށްގެންދިޔަ ޕްރޮޖެކްޓުގެ ސަބަބުން އެ މައްސަލައަށޤ ހައްލެއް ލިބޭނެ ކަމަށް ވެސް ކައުންސިލުން ފާހަގަކުރެ އެވެ.

ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ކުންފުނީގެ މަސައްކަތުގެ ދުވެލި ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިދިޔަ ޑިސެމްބަރު މަހު ފާހަގަކުރި އެ ކުންފުނީގެ 41 ވަނަ އަހަރީދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެ އެވެ.

"2018 ގެ ކުރިން، މި ކުންފުންޏަށް ހިންގިފައި އޮތީ، އެއްފަހަރާ އެންމެ 25 މަޝްރޫއު. ނަމަވެސް މިއަދު އަޅުގަނޑުމެން، އެއްފަހަރާ 94 މަޝްރޫއެއްގައި އެބަ ހަރަކާތްތެރިވަން. އަދި އެއްފަހަރާ 64 މަޝްރޫއެއް އެއް ވަގުތެއްގާ މިދަނީ ހިންގަމުން،" އާޒިމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox