ތާލިބާނަށް ފާޑުކީ އަފްގާނިސްތާނުގެ ޕްރޮފެސަރަކު ހައްޔަރުކޮށްފި

ޕްރޮފެސަރު ފައިޒުﷲ ޖަލާލް އަދި އޭނާގެ އަންހެނުން މައްސޫދާ. -- ފޮޓޯ: އޭއެފްޕީ

ޕްރޮފެސަރު ފައިޒުﷲ ޖަލާލް އަދި އޭނާގެ އަންހެނުން މައްސޫދާ. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޖެނުއަރީ 10) - ތާލިބާން ސަރުކާރަށް ވަރަށް ގިނައިން ފާޑުކިޔަމުން ދިޔަ އަފްގާނިސްތާނުގެ ޔުނިވާސިޓީ ޕްރޮފެސަރެއް ހައްޔަރުކޮށްފި އެވެ.

ޕްރޮފެސަރު ފައިޒުﷲ ޖަލާލް ހައްޔަރު ކުރީ ހޮނިހިރު ދުވަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ޓީވީ މެދުވެރިކޮށް ތަކުރާރުކޮށް ތާލިބާން ސަރުކާރަށް ފާޑުކިޔާފަ އެވެ.

މިދިޔަ އޯގަސްޓު މަހު ވެރިކަމަށް އައި ތާލިބާނުން އަންނަނީ ފާޑުކިޔާ ފަރާތްތަކާ މެދު ހަރުކަށިކޮށް އަމަލު ކުރަމުންނެވެ. އެގޮތުން މުޒާހަރާ ކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ކުރި ޓްވީޓެއްގައި ބުނީ ޖަލާލްގެ ވާހަކަތަކުގެ މަގްސަދަކީ "ނިޒާމާ ދެކޮޅަށް ރައްޔިތުން ނެރުން" ކަމަށެވެ.

"އޭނާ ހައްޔަރު ކުރީ އެހެން މީހުން ވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ހަމަނުޖެހޭ ވާހަކަ ނުދައްކާނެކަން ކަށަވަރު ކުރަން."

އަފްގާނިސްތާނުގެ ރައްޔިތުންނަކީ ހިމާރުންތަކެއްގެ ގޮތުގައި ތާލިބާނުން ދެކޭ ކަމަށް ބުނާ ޕޯސްޓުތަކެއް ޖަލާލްގެ ނަމުގައި ސޯޝަލް މީޑިއާގައި ވެސް ދައުރުކޮށްފައި ވެ އެވެ.

ނަމަވެސް އޭނާގެ ދަރިފުޅު ހަސީނާ ޖަލާލް ބުނީ އެއީ ފޭކު އެކައުންޓަކުން ދައުރު ކުރި ޕޯސްޓުތަކެއް ކަމަށެވެ. ތާލިބާނުން އެ ޕޯސްޓުތައް ބަހަނާއެއްގެ ގޮތުގައި ދައްކަނީ އަނިޔާވެރިކަމާ ދެކޮޅަށް އުފުލާ އަޑެއް ކަނޑުވާލަން ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ޖަލާލް ހައްޔަރުކޮށްފައި ހުރި ތަނެއް އަންގާފައި ނުވާ އިރު، އާއިލާ އަށް އޭނާގެ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް ތާލިބާނުން ފޯރުކޮށްދީފައެއް ނުވެ އެވެ.

ކާބުލް ޔުނިވާސިޓީގައި ގާނޫނާއި ޕޮލިޓިކަލް ސައިންސް ކިޔަވައިދޭ އެތައް އަހަރެއް ވެފައިވާ ޖަލާލް ވަނީ ގައުމު ދޫކޮށް ހިޖުރަ ކުރަން ދެކޮޅު ހަދާފަ އެވެ.

މީގެ ކުރިން 1990 ގެ އަހަރުތަކުގައި ތާލިބާނުން ވެރިކަން ކުރިއިރު ވެސް އޭނާ އަފްގާނިސްތާން ދޫކޮށް ގޮސްފައެއް ނުވެ އެވެ. އޭރު ވެސް އެތައް ފަހަރެއްގެ މަތިން އޭނާ ޖަލުގައި ބަންދުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox