ނަސީރަށް އޭނާ ކަހަލަ ގޮތްދޫނުކުރާ ދުވުންތެރިއެއް: "މެޑަލް ހޯދައިދޭނަން"

ފަޒީލް (ވ) ނަސީރުއާ އެކު ޓްރެކުގައި ދުވަނީ. --ފޮޓޯ: އަނޫޖް ޖުނައިދު (ފަޒީލް ފޭސްބުކް ޕޭޖް)

ފަޒީލް (ވ) ނަސީރުއާ އެކު ޓްރެކުގައި ދުވަނީ. --ފޮޓޯ: އަނޫޖް ޖުނައިދު (ފަޒީލް ފޭސްބުކް ޕޭޖް)

ބައިނަލްއަގްވާމީ މެޑެއްޔެއްގައި އަތް ނުލެވުނު ނަމަވެސް ނަސީރު އިސްމާއިލް ދުވުންތެރިއެއްގެ ގޮތުގައި ކުރި މަސައްކަތަށް ތައުރީފު ހައްގެވެ. މާ ގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި، އޭނާ 1999 ވަނަ އަހަރުގެ ސާފް ގޭމްސްގައި 800 މީޓަރު ދުވުމުން މެޑެއްޔަކާ ގާތަށް ދިއުމަކީ، އޭރުގެ ފެންވަރުން ހަމަ ބޮޑު ކާމިޔާބެކެވެ. އޭގެ ހެއްކަކީ އޭނާ އެ ދުވަހު ހެދި ގައުމީ ރެކޯޑަށް 23 އަހަރުވީ އިރު ވެސް މުގުރާނުލެވުމެވެ.

ނަސީރަކީ މިހާރު ކޯޗެކެވެ. އެ މަސައްކަތުގައި ވެސް އޭނާ އަންނަނީ ތަފާތު ދައްކަމުންނެވެ. ރާއްޖޭގެ މެރެތަން ރެކޯޑް އެތައް ޒަމާނަކަށް ފަހު އެންމެ ފުރަތަމަ މުގުރާލީ އޭނާގެ ކޯޗުކަމުގައި ދުވުމުގެ ތެރެއަށް ނުކުތް މުހައްމަދު ޝަރަފެވެ. އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާ ނަސްރުﷲ އަހުމަދަށް ވެސް އެންމެ ފުރަތަމަ ތަމްރީން ދިން އެއް ކޯޗަކީ ނަސީރެވެ. އޭނާ ކައިރިއަށް ކަސްރަތަށް ދުވަން ދިޔަ އެތައް ބަޔަކު ގައުމީ ފެންވަރުގެ ދުވުންތެރިންނަށް ވަނީ ބަދަލުކޮށްފަ އެވެ.

އެކަމަކު ނަސީރު އެ ދުވުންތެރިއަކަށް ކޯޗުކޮށްދޭން ވަރަށް ބޭނުންވި އެކަމަކު އެ ފުރުސަތު އޭނާ އަށް ނުލިބި ހުރި ދުވުންތެރިއަކު ހުއްޓެވެ. އެއީ އެމްއެންޑީއެފްގެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އަނިޔާގައި ދެ އަހަރު ހުރެފައި ފަޒީލް މިދިޔަ އަހަރުގެ ފަހުކޮޅު އަލުން ދުވަން ދުވަން ދިޔައީ ނަސީރު ކައިރި އަށެވެ. ފަޒީލަށް ކޯޗުކޮށްދޭން ނަސީރު އެވަރަށް ބޭނުންވީ ކީއްވެ ހެއްޔެވެ؟

"އޭނާގެ ކިބައިގައި ހުރޭ މަގޭސްޓައިލް. މަގޭ ގައިގައި ހުންނަ ގޮތްދޫނުކުރާ ގޮތްގަނޑު އޭނާގެ ގައިގައި ހުރޭ،" ނަސީރު ބުންޏެވެ.

"މަމީ ދުވިއިރު ހޮނޑުލެވުނަސް، ވެއްޓުނަސް އަލުން ތެދުވެ ދުއްވައިގަންނަ މީހެއް. އެ ހިތްވަރު ހުންނަ މީހުންނަށް ކޯޗުކޮށްދޭން އަބަދުވެސް ބޭނުންވޭ."

ނަސީރު (ކ) ކޯޗުކޮށްދޭއިރު ފަޒީލް (މ) އާއި ނާޝިދު (ވ) ދުވަނީ: މިއީ ނަސީރު ތަމްރީންދޭ ދެ ދުވުންތެރިން.
ނަސީރު (ކ) ކޯޗުކޮށްދޭއިރު ފަޒީލް (މ) އާއި ނާޝިދު (ވ) ދުވަނީ: މިއީ ނަސީރު ތަމްރީންދޭ ދެ ދުވުންތެރިން.

ނަސީރު (ކ) ކޯޗުކޮށްދޭއިރު ފަޒީލް (މ) އާއި ނާޝިދު (ވ) ދުވަނީ: މިއީ ނަސީރު ތަމްރީންދޭ ދެ ދުވުންތެރިން.

ފަޒީލުގެ ކިބައިގައި އެ ހިތްވަރު ކުރި ކަމާ މެދު ޝައްކެއް ނެތެވެ. އޭނާގެ ވިދާލި މުބާރާތް ކަމަށްވާ 2016 ވަނަ އަހަރު އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން ނޫސްވެރިން ގާތު ބުނީ "އަޅުގަނޑުގެ ފޮތުގައި ނޯންނާނެ ގިވް އަޕް ކުރުމެއް" ނޯންނާނެ ކަމަށާއި "އަބަދުވެސް ދާނީ ކުރިއަށް" ކަމަށެވެ. އެ ފަހަރު އެކަން ސާބިތުކޮށްދިނެވެ. ބުރަކަށްޓާއި ފައިގައި އަޅަމުން ދިޔަ ވޭނާ އެކު ވެސް އެ މުބާރާތުގެ 1500 މީޓަރު ދުވުމުގެ ރޭސް ބޮޑު ތަފާތަކުން ކާމިޔާބުކުރި އެވެ.

އެ ކާމިޔާބަށް ފަހު ބުނީ "ވަރަށް ހާޑު ކަމަށާއި" އެކަމަކު އޭނާ އަކީ "ފަސް އެނބުރި ބަލާ މީހެއް ނޫން" ކަމަށެވެ.

"އަބަދުވެސް ކުރިއަށްދާނީ. އެ އަންނަ ޗެލެންޖެއް ގިރާކޮށްފައި ކުރިއަށް އަބަދުވެސް ބަލާނީ ކުރިއަށް ދާން،" ފަޒީލް ބުންޏެވެ.

އޭރު އޭނާ އަށް އޮތީ މޮރޮކޯ އިން ތަމްރީން ފުރުސަތު ލިބިފަ އެވެ. އެ ދުވަހު ފަޒީލް ބުނީ އެ ތަމްރީންތަކަށް ފަހު ގައުމީ ރެކޯޑްތަކެއް މުގުރާލާނެ ކަމަށެވެ. އެކަން ތެދުކުރި އެވެ. އޭނާގެ އަތުގައި 2019 ވަނަ އަހަރު 5000 މީޓަރު، ފަސް ކިލޯމީޓަރު، 10000 މީޓަރު އަދި 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް އޮތެވެ. އެ ރެކޯޑްތައް މުގުރާލީ އެކަން ނުކުރެވި އޮންނަތާ އެތައް ދުވަހެއްވީ ފަހުންނެވެ.

ފަޒީލް 5000 މީޓަރުގެ ރެކޯޑް މުގުރާލީ އެ ރެކޯޑް މުގުރާނުލެވި އޮންނަތާ 26 އަހަރު ފަހުންނެވެ. އޭނާ ފަސް ކިލޯ މީޓަރު ދުވުމުގެ ރެކޯޑް މުގުރާލީ 27 އަހަރަށް ފަހު އެވެ. ރާއްޖޭގެ 10،000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލީ 28 އަހަރަށް ފަހު އެވެ.

އެކަމަކު ރަނގަޅު ފޯމެއްގައި ހުއްޓާ އަނިޔާވެ ޓްރެކުން ފައިބަން ޖެހުނީ އެވެ. އޭނާ އަނިޔާގައި ހުއްޓާ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ގެއްލުނެވެ. އަނިޔާ އިން ސަލާމަތްވެ އަލުން ފަށައިގަންނަން އޭނާ ނަސީރު އިހުތިޔާރުކުރި ކުރުމަކީ ރަނގަޅު ނިންމުމެއްކަން ވަރަށް އަވަހަށް ސާބިތުވި އެވެ. އެގޮތުން އެންމެ 20 ދުވަހުގެ ތަމްރީންތަކަށް ފަހު، ދާދި ފަހުން ނިމުނު ގައުމީ މުބާރާތުގައި އޭނާ 5000 މީޓަރާއި 10،000 މީޓަރު ރަނގަޅު ޓައިމިން އަކުން ދުވި އެވެ.

ފަޒީލް ދިރާގު ރޭހުގައި ދުވަނީ.
ފަޒީލް ދިރާގު ރޭހުގައި ދުވަނީ.

ފަޒީލް ދިރާގު ރޭހުގައި ދުވަނީ.

ޓައިމިން ރަނގަޅު ވުމަށް ވުރެ ނަސީރު އުފާވީ ފަޒީލް ދުވަން ނިންމި ނިންމުމެވެ. މުޅިން ފިޓްނުވާތީ، އޭނާގެ އަތުގައި ރެކޯޑް އޮތް ދެ އިވެންޓުން އެ މުބާރާތުން ރަން މެޑަލް ނުލިބޭނެކަން ވެސް ފަޒީލަށް އެނގެ އެވެ. ގިނަ އެތުލީޓުން އެފަދަ އިވެންޓަތަކަށް ފިލާނީ އެވެ. އެކަމަކު ފަޒީލް "އީގޯ" އަށް ވުރެ އިސްކުރީ ކޯޗަށް އޭނާގެ މިހާރުގެ ފެންވަރު ވަޒަންކޮށްދޭން އެ މުބާރާތުގައި ދުލެވުމެވެ. ވަނަ ނުލިބުނަސް މައްސަލައެއް ނެތެވެ.

"ދެ އަހަރު ނުދެވެ ހުރެފައި އޭރު އެއްކޮށް ރިކަވާއެއް ނުވޭ. ފުރަތަމަ ހަފުތާގައި ދުވި އިރު ތަދުވި. މަޑުމަޑުން ބިލްޑަޕްކޮށްފައި ގައުމީ މުބާރާތުގައި ދުވަން ފޮނުވީ. އޭރު ވެސް އެނގޭ ޓޮޕަކަށް ނުދާނެކަން. އެ ފެންވަރުގެ މީހެއް އާއްމުކޮށް ނުދުވާނެ ޓޮޕަށް ނުދާނެކަން އެނގެންޏާ،" ނަސީރު ބުންޏެވެ.

ނަސީރު ބުނި ގޮތުގައި އެކަމުން ސާބިތުވަނީ ފަޒީލަކީ ނަފުސާނީ ގޮތުން ވެސް ވަރުގަދަ އެތުލީޓެއް ކަމެވެ. އެ މުބާރާތުގައި ވަޒަންކުރެވުނު ފެންވަރާ އެކު ނަސީރުގެ މިހާރުގެ ޓާގެޓަކީ އަންނަ މަހު ދުބާއީގައި ފަޒީލް ލައްވައި 5 ކިލޯމީޓަރު ދުއްވައި ރެކޯޑް މުގުރާލުމެވެ. އޭރުން ފަޒީލް އަނިޔާގައި ހުއްޓާ އޭނާ އަތުން ގެއްލުނު ހަމައެކަނި ރެކޯޑް އަލުން ލިބުނެވެ. ރެކޯޑް މިހާރު އޮތީ 15:33 މިނެޓުން ދުވެފައިވާ މުހައްމަދު ރަޝީދު (މޯޑް) އަތުގަ އެވެ.

"ޓާގެޓަކީ 15:20 އަށް ވުރެ އަވަހަށް ދުވުން،" ނަސީރު ބުންޏެވެ.

އެހިސާބުން ނަސީރުގެ އަމާޒަކަށް ވާނީ ދެން އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފަޒީލް ލައްވައި 1500 މީޓަރު ދުއްވައި މެޑެއްޔެއް ހޯދުމެވެ.

"ބޮޑު ޓާގެޓަކީ 1500 ހަތަރު މިނެޓު ބްރޭކްކުރުން،" ނަސީރު ބުންޏެވެ.

އެއީ ފަޒީލް ވެސް ކުރީއްސުރެ ކުރަން ބޭނުންވާ ކަމެކެވެ.

އެއަށް ފަހު، ފަޒީލް މަޑުމަޑުން މެރެތަން ދުވުންތެރިއަކަށް ބަދަލުކުރުމަކީ ވެސް ނަސީރުގެ އަމާޒެކެވެ. އެކަން ވާނީ އޮތީ މެދު ރާސްތާ ދުވުންތަކުގައި ފަޒީލުގެ ސްޕީޑް ރަނގަޅުވެގެންނެވެ. މިހާރު ރާއްޖޭގެ މެރެތަން ރެކޯޑް އޮތީ 2 ގަޑި 35 މިނެތުން ދުވެފައިވާ ޝިފާޒް މުހައްމަދުގެ އަތުގަ އެވެ.

"އެބަޖެހޭ 2 ގަޑި 30 މިނެޓަށް ވުރެ އަވަހަށް ދިވެހިން މެރެތަން ނިންމަން. އެކަން ފަޒީލް ލައްވައި ކުރުވުން ޓާގެޓަކީ،" ނަސީރު ބުންޏެވެ.

ނަސީރުގެ ކޯޗުކަމުގައި އޭނާ އަށް އެހިސާބަށް ދެވިދާނެ ކަމަށް ފަޒީލް ގަބޫލުކުރެ އެވެ.

"އަހަރެން ވަރަށް ބޭނުންވާނެ އަހަންނަށް ޓައިމް ދޭ ކޯޗެއް. ނަސީރަކީ ވަރަށް ކައިރިން ކަންކަން ބަލާ ކޯޗެއް. އެހެންވެ ވަރަށް ހިތްހަމަޖެހޭ. މިހާރު ވެސް ނަތީޖާ ފެނޭ އެބަ،" ފަޒީލް ބުންޏެވެ.

އަނިޔާ އިން އެނބުރި އައިސް 20 ދުވަހުގެ ތަމްރީނަށް ފަހު ދަބަރު ތަޅާލައި ނުކުމެ ގައުމީ މުބާރާތުގައި 5000 މީޓަރު 16 މިނެޓަށް ވުރެ އަވަހަށް ދުވެވުން އެއީ އޭގެ ހެއްކެކެވެ. ފަޒީލުގެ ބުނީ ނަސީރާ އެކު ބައިނަލްއަގްވާމީ މެޑެއްޔެއް ހޯދިދާނެ ކަމަށެވެ.

"ނުވާ ވަރު ކަމެއް ނޫން އެއީ. ކޯޗު ދޭނެ ޓްރެއިނިން. މިކޮޅުން ގޭނޭނަން،" ފަޒީލް ބުންޏެވެ.

ނަސީރު 1999 ވަނަ އަހަރުގެ ސާފް ގޭމްސް އިން މެޑަލް ނުލިބުމުން މާޔޫސްވެފައި: އޭނާގެ މިހާރުގެ ޓާގެޓަކީ ފަޒީލަށް މެޑަލް ހޯދައިދިނުން.
ނަސީރު 1999 ވަނަ އަހަރުގެ ސާފް ގޭމްސް އިން މެޑަލް ނުލިބުމުން މާޔޫސްވެފައި: އޭނާގެ މިހާރުގެ ޓާގެޓަކީ ފަޒީލަށް މެޑަލް ހޯދައިދިނުން.

ނަސީރު 1999 ވަނަ އަހަރުގެ ސާފް ގޭމްސް އިން މެޑަލް ނުލިބުމުން މާޔޫސްވެފައި: އޭނާގެ މިހާރުގެ ޓާގެޓަކީ ފަޒީލަށް މެޑަލް ހޯދައިދިނުން.

ފަޒީލުގެ ފަރާތުން ފެންނަނީ ކޯޗަކަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ނަސީރަށް ދޭ ތަނެވެ. މިއަދު އޭނާ ފޭސްބުކަށް ލީ ޕޯސްޓުން ވެސް އެކަން އެނގެ އެވެ. ނަސީރާ އެއްވަރަކަށް ދުވަމުން އޭނާ އާ ދިމާލަށް ބަލަހައްޓައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ލައި ފަޒީލު ކެޕްޝަނުގައި ޖެހީ ނަސީރަކީ 800 މީޓަރު ދުވުމުގައި ރާއްޖޭގެ އެފަދަ ދެ ވަނަ އެއް ނެތް ދުވުންތެރިޔާ ކަމަށެވެ.

ފަޒީލުގެ އިހުތިރާމާއި އިތުބާރަކީ ނަސީރަށް އޮތް ހިތްހަމަޖެހުމެކެވެ. އެކަމަކު ހަގީގީ ހިތްހަމަޖެހުމަކަށް ވާނީ ނަސީރަށް ނުލިބުނު މެޑަލް ފަޒީލަށް ހޯދައިދެވުމެވެ.

"އިރާދަކުރެވިއްޔާ އެކަން ކުރާނަން،" ނަސީރު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox