ކަޒަކިސްތާނުގައި ހިނގަމުން ދަނީ ކޮން ހަމަނުޖެހުމެއް؟

ކަޒަކިސްތާނުގެ ފުލުހުން. މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހަމަލާ ދިނުމުން ގިނަ ބަޔަކު ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ

ކަޒަކިސްތާނުގެ ފުލުހުން. މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހަމަލާ ދިނުމުން ގިނަ ބަޔަކު ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ

ކަޒަކިސްތާނުގައި އާއްމުން އެއްވެ ކުރަމުން ދިޔަ މުޒާހަރާތައް ރޫޅާލަން ފުލުހުން ކުރި މަސައްކަތުގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އެންމެ ބޮޑެތި ހަމަނުޖެހުން ހިނގަމުން ދަނީ އެންމެ ބޮޑު ސިޓީ އަލްމަޓީގަ އެވެ.

ކަޒަކިސްތާނުގެ ފުލުހުންނަށް އެހީ ފޯރުކޮށްދިނުމަށް ބައެއް ގައުމުތަކުން ފައުޖުތައް ފޮނުވާފައި ވެ އެވެ. އޭގެ ތެރޭގައި ރަޝިއާ އިން ފޮނުވި ފައުޖު ފާހަގަކޮށްލެވެ އެވެ.

ކަޒަކިސްތާން އޮންނަނީ ކޮން ތަނެއްގައި އަދި އެއީ ކޮން ކަހަލަ ގައުމެއް؟

ކަޒަކިސްތާނަކީ މެދުތެރޭ އޭޝިއާގައި އޮންނަ ވަރަށް ބޮޑު ގައުމެކެވެ. އެއީ މުޅި ހުޅަނގު ޔޫރަޕްހާ ބޮޑު ގައުމެކެވެ. ކަޒަކިސްތާން ވަށައިގެން ބޯޑަރުން ގުޅިފައި އޮންނަނީ ރަޝިއާ އަދި ޗައިނާ އެވެ.

ބޮޑެތި ފަރުބަދަތަކާއި އުސް ބިންތައް ގިނަ އަދަދަކަށް ހިމެނޭ ކަޒަކިސްތާނުގެ އާބާދީއަކީ 19 މިލިއަން މީހުންނެވެ. ކަޒަކިސްތާނަށް މިނިވަންކަން ލިބުނީ 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ނިމުމަކަށް އައުމުންނެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ތެލުގެ ރިޒާވް ހުރި އެއް ގައުމަކީ ކަޒަކިސްތާނެވެ. އެ ގައުމުން ދުވާލަކު 1.6 މިލިއަން ފީފާގެ ތެޔޮ އުފައްދަ އެވެ. ބޭރުގެ އިންވެސްޓަރުން ވަނީ ކަޒަކިސްތާނުގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓުކޮށްފަ އެވެ.

ނަމަވެސް ގައުމުގެ މުއްސަނދިކަމުގެ ފައިދާ އާއްމު ރައްޔިތުންނަކަށް ނުލިބެ އެވެ. ކަޒަކިސްތާނުގެ ރައްޔިތަކަށް އަހަރަކު އާމްދަނީގެ ގޮތުގައި ލިބެނީ 3،300 ޑޮލަރެވެ.

ނަވާވީސް އަހަރު ވަންދެން ކަޒަކިސްތާނުގައި ވެރިކަން ކުރެއްވީ ރައީސް ނޫރުސުލްތާން ނަޒަރްބަޔޭވް އެވެ. ކުރީގެ ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލެއްގެ ގޮތުގައި ހުންނެވި ނޫރުސުލްތާނަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ގާތް ބޭފުޅެކެވެ.

ކުރީގެ ރައީސް ނޫރުސުލްތާން ނަޒަރްބަޔޭވްގެ ސްޓެޗޫއެއް. -- ފޮޓޯ: ގެޓީ އިމޭޖަޒް
ކުރީގެ ރައީސް ނޫރުސުލްތާން ނަޒަރްބަޔޭވްގެ ސްޓެޗޫއެއް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކުރީގެ ރައީސް ނޫރުސުލްތާން ނަޒަރްބަޔޭވްގެ ސްޓެޗޫއެއް. -- ފޮޓޯ: ގެޓީ އިމޭޖަޒް

އެމަނިކުފާނުގެ ދިގު ވެރިކަމުގައި އަމިއްލަ ސޫރައިގައިވާ ބޮޑެތި ބުދުތައް ބިނާކޮށް، ވެރިރަށުގެ ގޮތުގައި އާސްތާނާ ސިޓީ ތަރައްގީ ކުރި އެވެ. ފަހުން އެ ސިޓީގެ ނަން ވެސް ވަނީ ނޫރުސުލްތާން އަށް ބަދަލުކޮށްފަ އެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވީ މިހާރުގެ ރައީސް ކަސީމް ޖޮމާޓް ޓޮކަޔޭވް އެވެ.

ކަޒަކިސްތާނުގައި ހުއްދައެއް ނެތި އާއްމު ތަނެއްގައި މުޒާހަރާ ކުރުމަކީ ގާނޫނީ ކުށެކެވެ. މީގެ ކުރިން އެގޮތަށް ކުރި މުޒާހަރާތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާފައި ވެ އެވެ.

ކަޒަކިސްތާނުގައި ހިނގައިގެން އުޅެނީ ކޮން ކަމެއް؟

މުޒާހަރާތައް ފެށީ ޖެނުއަރީ ދެ ވަނަ ދުވަހު ޒަނައޯޒެން އަވަށުގަ އެވެ. ތެލުގެ ސިނާއަތަށް މުހިއްމު އެ އަވަށުގައި މީގެ 10 އަހަރު ކުރިން ވެސް ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ.

އެ ތަނުގައި ފެށި މުޒާހަރާ ވަނީ މުޅި ގައުމަށް ފެތުރިފަ އެވެ. ފުލުހުން ބުނީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އަލްމަޓީ ސިޓީގައި ބަޑި ޖަހައިގެން ބަޔަކު މަރުވެފައިވާ ކަމަށެވެ. ފުލުހުން ތުހުމަތު ކުރީ އާއްމުން ފުލުހުންގެ ސްޓޭޝަންތަކުގެ ކޮންޓްރޯލް ހޯދަން އުޅުނު ކަމަށެވެ.

ރައީސް ކަސީމް ޖޮމާޓް ޓޮކަޔޭވް. -- ފޮޓޯ: އޭއެފްޕީ
ރައީސް ކަސީމް ޖޮމާޓް ޓޮކަޔޭވް. -- ފޮޓޯ: އޭއެފްޕީ

ރައީސް ކަސީމް ޖޮމާޓް ޓޮކަޔޭވް. -- ފޮޓޯ: އޭއެފްޕީ

ރައީސް ކަސީމް ވިދާޅުވީ "20000 ގުންޑާއިން" އަލްމަޓީ އަށް ހަމަލާދީފައިވާ ކަމަށެވެ. އެއްވެސް އިންޒާރެއް ދިނުމެއް ނެތި ބަޑި ޖެހުމަށް އެމަނިކުފާނު ވަނީ ފުލުހުންނަށް އަމުރު ކުރައްވާފަ އެވެ.

މުޅި ކަޒަކިސްތާނުން 1000 މީހުންނަށް އަނިޔާވެފައިވާ ކަމަށް ބެލެވޭ އިރު 400 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގަ އެވެ. އިންޓީރިއާ މިނިސްޓްރީން ބުނީ 3000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ކާފިއު އިއުލާނުކޮށް އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ހަމަނުޖެހުންތައް ފެށީ ކީއްވެ؟

އާއްމުން މުޒާހަރާ ކުރަން ފެށީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމާފައި އޮތް އޮތުން އުވާލުމުންނެވެ.

އެލްޕީޖީގެ އަގު ކޮންޓްރޯލްކޮށްފައި ހުންނާތީ އެހެން ބާވަތްތަކުގެ ތެޔޮ ބޭނުންވާ ކަހަލަ އުޅަނދުތައް ކަޒަކިސްތާނުގެ ރައްޔިތުން ނުގެންގުޅެ އެވެ. އެފަދަ ކާރުތައް ގެންގުޅުނު މީހުން ވެސް ފަހުން ވަނީ އެލްޕީޖީ ބޭނުންވާ ވައްތަރުގެ ކާރަށް ބަދަލުކޮށްފަ އެވެ.

ސަރުކާރުން ބުނީ އެލްޕީޖީގެ އަގު ކޮންޓްރޯލް ކުރުމުން އެ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާން ފަށާފައިވާ ކަމަށެވެ. އެހެންވެ، އަގު ކޮންޓްރޯލް ކުރުން ހުއްޓާލުމާ އެކު ކުއްލިއަކަށް އަގު ދެ ގުނަ އުފުލުނެވެ.

ކާރުތަކުގައި ހުޅު ޖަހާފައި. -- ފޮޓޯ: އޭއެފްޕީ
ކާރުތަކުގައި ހުޅު ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ކާރުތަކުގައި ހުޅު ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

އޭގެ އިތުރުން ވެރިންނާ މެދު ވެސް މުޒާހަރާގެ ބައިވެރިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ބައެއް މީހުން ވަނީ ކުރީގެ ރައީސް ނޫރުސުލްތާން ބްރޮންޒް ސްޓެޗޫއެއް ބިމާ ހަމަކޮށްފަ އެވެ.

ވެރިކަމުން ވަކިވެވަޑައިގެންނެވުމަށް ފަހު ވެސް ނޫރުސުލްތާން ވަނީ ސަރުކާރުގައި ނުފޫޒު ގަދަ ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން ސެކިއުރިޓީ ކައުންސިލްގެ ވެރިޔަކަށް ހުންނެވީ އެމަނިކުފާނެވެ. އޭގެ އިތުރުން ދަރިކަނބަލުން ޑަރީގާ އަށް ރައީސްކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އެނެލިސްޓުން ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން މައިތިރިކުރުމުގެ ގޮތުން ނޫރުސުލްތާން ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.

ރަޝިއާއިން މިކަމުގައި ބައިވެރިވަނީ ކިހިނެއް؟

ރަޝިއާގެ ފައުޖުތައް ކަޒަކިސްތާނަށް ފޮނުވާފައި ވަނީ ރައީސްގެ އެދުމަކަށް "ހަމަޖެހުން" ގާއިމް ކުރުމަށެވެ. އެކަން ކުރީ ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ) ގެ ދަށުންނެވެ.

ސީއެސްޓީއޯ އަކީ ސޯވިއެޓް ޔޫނިއަން ނިމުމަކަށް އައި ފަހުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވި ގައުމުތަކެއްގެ ޖަމިއްޔާ އެވެ. އެ ގައުމުތަކަކީ ރަޝިއާ، ކަޒަކިސްތާން، ބެލަރޫސް، ތަޖިކިސްތާން، ކިރްގިސްތާން އަދި އަރްމީނިއާ އެވެ.

މި ވަގުތު ސީއެސްޓީއޯގެ ރިޔާސަތު ބަލަހައްޓަނީ އަރްމީނިއާ އިންނެވެ. ކަޒަކިސްތާނުގެ ހަމަނުޖެހުމާ ގުޅޭ ގޮތުން އެ ޖަމިއްޔާ އިން ބުނީ އެއީ "ބޭރުގައި ތަމްރީންވެގެން އައި ގުންޑާއިންތަކެއް ގައުމު ހިފަން" ހިންގާ އަމަލުތަކެއް ކަމަށެވެ.

ރަޝިއާގެ ސިފައިން ކަޒަކިސްތާނަށް ފުރަނީ. -- ފޮޓޯ: އޭއެފްޕީ
ރަޝިއާގެ ސިފައިން ކަޒަކިސްތާނަށް ފުރަނީ. -- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ ސިފައިން ކަޒަކިސްތާނަށް ފުރަނީ. -- ފޮޓޯ: އޭއެފްޕީ

ބެލެވޭ ގޮތުގައި ސީއެސްޓީއޯ ގައުމުތަކުގެ 2،500 އެއްހާ ސިފައިން ވަނީ ކަޒިކިސްތާނަށް ގޮސްފަ އެވެ. ނަމަވެސް އެންމެ ގިނަ އަދަދެއްގެ ސިފައިން ފޮނުވީ ރަޝިއާ އިންނެވެ. ސީއެސްޓީއޯ އިން ބުނީ ސިފައިން ކުރާނީ ސުލްހަ ބެލެހެއްޓުމުގެ މަސައްކަތް ކަމަށެވެ.

ކަޒަކިސްތާނުގެ ސަރުކާރުން ދަނީ މުޒާހަރާ ކުރާ މީހުންނަށް ދޫދެމުންނެވެ. އެގޮތުން އެލްޕީޖީގެ އަގު އަލުން ކޮންޓްރޯލް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އުޅަނދު ފަހަރަށް ބޭނުންވާ ތަލުގެ އަގުތައް ކުރިއަށް އޮތް ހަ މަސް ދުވަހަށް ރެގިއުލޭޓް ކުރަމުން ދާނެ އެވެ.

ބައެއް މިނިސްޓަރު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ރައީސް ކަސީމް ވިދާޅުވީ ސަރުކާރުގެ އެންމެ މައި އެއް ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ކަމަށެވެ. އެއީ އިންފްލޭޝަން މަތިވިޔަ ނުދީ ހިފެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox